ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން
ޢަލީ ނަސީރު ގދ.މަޑަވެލި
އާދެ! މިދުވަސްވަރަކީ އެކިއެކި ވަޢުދުތަކުގެ ދުވަސްވަރެކެވެ. ރިޔާސީ އިންތިޚާބް ކައިރިވަމުން އަންނާތީއެވެ. މި ވަޢުދުތަކަކީ އިންތިޚާބުގައި ވާދަކުރައްވާ ބޭބޭފުޅުން، އެބޭބޭފުޅުންގެ ޤާބިލުކަމާއި، ކެރިފޯރުންތެރިކަން ހާމަކޮށްދެއްވުމަށްޓަކައި ވިދާޅުވަމުންގެންދަވާ ވާހަކަފުތަކެއްކަމަށް ޤަބޫލުކުރައްވާ މީހުންވެސް މަދެއްނޫނެވެ.
ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ތެޔޮފެނިއްޖެނަމަ، ފަތުރުވެރިކަން ދަށަށްދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުދަންނަވާނީ، ޤުދުރަތީވަޞީލަތްތަކާއި، މަސްނޫޢީ ވަޞީލަތްތަކުގެ ބޭނުމަކީ އިންސާނުން ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކަންކަމެވެ. ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކޮންމެ ވަޞީލަތަކީވެސް "އެވަޞީލަތެއްގެ ސަބަބުން" ދީނާއި ދުނިޔޭގެ މަޞްލަޙަތަށް ގެއްލުމެންނުވާނެ ކަމެއްކަމަށްވާނަމަ، މައްސަލައެއްއޮތް ކަމެއް ނޫނެވެ.




އަޙްމަދު ރަޝީދު ލ. ފޮނަދޫ
"ދިވެހިބަސް މަރުވަނީ ހެއްޔެވެ؟" އަދި "ލެންގުއޭޖް ޑެތް" އާއި ބެހޭގޮތުން އެކިބޭބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތަކާއި ދިވެހިބަހުން މިހާރުކުރެވޭ ބޭނުންތަކީ ކޮބައިތޯ؟ މި މައުޟޫއުގައި ޢިލްމީގޮތުން އެކިބޭބޭފުޅުން ކުރައްވާފައިވާ ދިރާސާތަކުގެ މަޢުލޫމާތު ހިމަނާފައިވާނެއެވެ. މިގޮތުން ދިވެހިބަސް ދިރާސާކުރައްވާ ބޭބޭފުޅުންނާއި ދިވެހިބަހަށް ތަފާތު ގިނަގުނަ ޚިދުމަތްކުރެއްވި އަދި ކުރައްވަމުންގެންދަވާ ބޭބޭފުޅުންގެ ޚިޔާލާއި ޝުޢޫރު ހިމަނާލާފައިވާނެއެވެ. މީގެއިތުރުން ބަހުގެ ފަންނުގައި ފުންނާބުއުސް އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުން މިމަޢުޟޫޢުގައި ކޮށްފައިވާ ދިރާސާތަކަށްވެސް ބަލާލާފައިވާނެއެވެ.
އަހަރެން ސިގިރޭޓެއް ނުބޮމެވެ. ކޮފީއެއް ނުބޮމެވެ. ރައްޓެހިންނާއިއެކު ހީ ސަމާސާ ކުރުމެއް މިހާރަކު ނެތެވެ. ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ދުރުން މަންޒަރު ބަލަން ހުންނަ މީހާވެސް ކޮސްވާނެއެވެ. އަހަންނަށް ކުއްލި މި ބޮޑު ބަދަލު އައީ ކީއްވެހޭ ސުވާލުވެސް ކުރާނެއެވެ. މާޒީގައި އަހަންނަކީ ރަނގަޅަށް އުޅެނު މީހެއް ނޫނެވެ. އަހަންނަށްވުރެ ގިނައިން ދުވާލަކު ސިނގިރޭޓް ކޮފީ ބުއި އުޅުނު އިންސާނަކު ވާނެހެނެއް ހީއެއް ނުވެއެވެ. ނަމާދު ގަޑިއެއް އެހެން ގަޑިއެއް ނުބަލާ، ސައުވީސް ގަޑިއިރުގެ ތެރޭގައި ފަސް ގަޑިއިރު ކޮފީގައި ހޭދަކޮށް މުސާރައިގެ ބޮޑު ޕަރސެންޓެއް ބޭކާރު ކުރެވެއެވެ. ރައްޓެއްސަކު ގުޅާލުމުން ކޮފީ ނުދީއެއް ނުހުރެވެއެވެ. އަހަރެން ރައްޓެހިންދެކެ އެހާވެސް ލޯބިވެއެވެ.

ޖޫން 1984 ގައި އަމްރިތްސަރްގެ ސަވްރަން މަންދިރާ (ފައްޅިއެއް) ޚިލާފަށް ސިފައިންގެ ކޯޓްގައި ޝަރީޢަތެއް ފެށުނެވެ. އިންޑިއާގެ ސިފައިން ހިންގި މި ތަޙުޤީޤު ގެނަމަކަށް ކިޔާފައިވަނީ އޮޕަރޭޝަން ބްލޫސްޓަރ އެވެ. ސަވްރަން މަންދިރަކީ ސިކުންގެ ވަރަށް މުޤައްދަސް ތަނެކެވެ. މި ޙާދިސާގެ ސަބަބުން ސިކުންގެ ތެރޭގައި "ޝަހީދު" ވުމުގެ ފޯރި އުތުރު އަރައިގެންފިއެވެ. އެންމެ ފަހުން ގޮސް 31 އޮކްޓޯބަރ 1984 ގައި އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ގައިކޮޅަށް ބަޑިޖަހާ އަވަހާރަކޮށްލައިފިއެވެ. މިކަމެއް ކުރީ އެކަމަނާގެ ބޮޑީގާޑަކަށް ހުރި ސިކުންގެ މީހެކެވެ.