އަންވަރު އިބްރާހީމް
އެ އަލިގަދަ ނޫރު އިސްލާމީ ހެމުން ފެތުރިއްޖެ މައްކާގައި
އެ އަގުހުރި ފަތަޙަ ރަން އަކުރުން ފަވައިފިޔެ އުންމަތުގެ ހިތުގައި
ކުދާގެ މަގަށް އިތުރު ޝަރަފެއް ލިބެވި ތާރީޚު ވެސް ނުދެކޭ
ނުދާން ވަރުދެއްކި ހުރި ބިޔަ ތަދު ފިލައިފިޔެ އުންމަތުގެ ބޮލުގައި
ޝަހާދަތު މާތްވި ކަލިމައިގައި އެވާ ޢިއްޒަތް އުފުލިގެން ގޮސް
ޖަހާލަތު އިސްޖަހައިފި ރޮމުން ބަލިވެ އުންމަތުގެ ސިކުނޑީގައި