ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން
{ޚަލީފާ ހޫރާނުއްރަޝީދު ރަސްގެފާނުންގެ އާދަފުޅަކީ ދެ އަހަރުން އެއް އަހަރު ޙައްޖަށް އަނެއް އަހަރު ހަނގުރާމައަށް ވަޑައިގަތުމެވެ.
އެއް އަހަރު ޙައްޖަށް ވަޑައިގެންފައި އެނބުރި ވަޑައިގެން ބަޣުދާދަށް އަރައިވަޑައިގަތް ދުވަހު ރަށު އެންމެންހެން خلق الله ރަށް ބޭރަށްނުކުމެ އެއްވެފައިވެއެވެ.
ރަސްގެފާނު ވަރަށްބޮޑު ހުދު އެތެއްގެ މަތީގައި ނޫކުލައިގެ ގުއްބެއް ބަހައްޓަވައިގެން އޭގެ ތެރޭގައި ފޮރުވިވަޑައިގެން އިންނެވޫއެވެ.}