ޙަސަން ޒަހީން
އަޅުގަނޑުމެންގެ ޤައުމުގައި ހިނގަމުންދާ ކުދި އަދި ބޮޑެތި މައްސަލަތަކަށް ވިސްނުމުގެ ވާފަށް ދޫކޮށްލުމުށް ތަފާތު ގޮތްގޮތަށް އެކަންކަން މާނަކުރެވިދާނެ އެވެ. އެއީ ތަފާތު ބޭފުޅުންގެ ޚިޔާލާއި ފިކުރު ތަފާތުވާތީ އެވެ.
ބިންމާ އިބްރާހީމް ވަޙީދު
24 ޖުލައި(ހޮނިހިރު) އާ ގުޅޭ.....
ހިތްހަމަޖެހިގެން ދިރިއުޅުމަށްޓަކައި، ކާނާ އަކީ ކިހާ މުހިންމު އެއްޗެއްކަން އެންމެންނަށް އެނގެ އެވެ. އެކަމަކު، ކަސްރަތާ މެދު އެހާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. ގިނަ ފަހަރަށް، ކަސްރަތަކީ، ވަގުތު ބޭކާރުވުމުން ކުރާ ކަމަކަށް އޮންނަނީ ވެފަ އެވެ. ކަސްރަތުކުރަން ވަގުތު ހުސްކުރުމަކީ ކުރެވޭވަރުގެ ކަމަކަށްނުވެ އެވެ. ވަގުތު ހުސްކުރެވުމުން ވެސް، އެ ވަގުތުކޮޅުގަ ވެސް ކުރެވެން އުޅެނީ އެހެން ކަމެކެވެ. ރައްޓެއްސަކާ އެކުގައި ކޮފީއަކަށް ދިޔުމެވެ. ނުވަތަ ވަޒީފާއިން ސަލާމަތް ނުވެވުމެވެ. ނިދިއައިސްގެން ޖައްސާލެވުމެވެ.
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ރާގު: އޭ ރަސޫލާއޭ ފުރަ ކީރިތި މާތް.....
ކައުނުގައި ވީހައި ކަމަކާ ތަކެތީން، ފާލުވާނެ ދަލީލު އިލާހުގެ މާތް،
ޢުލޫމުން ޢުލޫމުން ޢުލޫމުން ޢުލޫމު، ޢުލޫމުން ޢުލޫމުން ޢުލޫމުން ޢުލޫމު
އިރު ހަނދާ ތަރިޔާ ވީހައި ފަލަކާ، ޢިލްމުގައި ގުޅިފައި ވެޔެ ކައުނު ފުރައި.
ދަލީލުން ދަލީލުން ދަލީލުން ދަލީލު، ދަލީލުން ދަލީލުން ދަލީލުން ދަލީލު
ޢަބްދުﷲ ފާރޫޤު ޙަސަން
ސުވާލު: އިސްލާމްދީން އަންހެނުން ބުރުގާ އަޅުވައި، އެބައިމީހުން ނިކަމެތިކުރަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު: އިސްލާމްދީނުގައި އަންހެނުންނަށް ލިބިފައިވާ ޙައިޘިއްޔަތަކީ، ސިކިއުލަރ މީޑިޔާއިން ވަރަށް ގިނައިން ޙަމަލަދެމުންގެންދާ ކަމެކެވެ. ބުރުގާ ނުވަތަ އިސްލާމީ ހެދުން މީޑިޔާއިން ސިފަކޮށްދެނީ، ވަރަށް ނާތަހްޒީބު އެއްޗެއްގެ ގޮތުގައެވެ. އިސްލާމީ ޤާނޫނުގައި އަންހެނުންގެ ޙައިޘިއްޔަތު ސިފަކޮށްފައިވަނީ، އަޅުންގެ ދަރަޖަކަމަށް ހީކުރުވާގޮތަށެވެ. އެހެންކަމުން، ބުރުގާގެ އިސްލާމީ ޙުކުމާއި، އޭގެ ޙިކުމަތުގެ މައްޗަށް އަލިއަޅުއްވައިލުމުގެ ކުރީން، އެންމެފުރަތަމަ