އަދުގެ ޚާއްސަ

ދިރާސާ

Print

އާ ދައުރަކަށް ވަނުމަށްޓަކައި

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

    އެމެރިކާގައި މުއްސަނދިކަން ހައްދުފަހަނަޅައިފައިތިބި މީހުންނާ ބެހޭގޮތުން އެމެރިކާގެ މުޙައްޤިޤަކު ފޮތެއް ލިޔެފައިވެއެވެ. އެފޮތުގައި، އެމެރިކާގެ އެންމެ މުއްސަނދި ތިރީސް މީހުންގެ ތަފްސީލު ބަސްދީގަތުންތައް ޝާއިޢުކޮށްފައިވެއެވެ. އެ ތިރީސް މަހުޖަނުންނަކީ 1987 ގެ އަންދާޒާއަށް ބަލާއިރު، އެބަޔެއްގެ ރައުސުމާލުގައި
425 މިލިޔަން ޑޮލަރު ހަމަވެފައިވާ މީހުންނެވެ. އެ ފޮތުގެ ނަމަކީ:

The Ultra Rich, by Vance Packard, Little Brown; 358 pages
Print

ވަހުމަށް އަޅުކަން ކުރުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

މިސްޓަރ ސޭލަރ  (Sayler)އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ޖީބުފުޅުގައި ރަނުން ހަދާފައިވާ ކުޑަކުޑަ ބޫޓު ކިބައެއް އަބަދުވެސް އޮވެއެވެ. މި ބޫޓު ކިބައަކީ ރޭގަން ރައީސަކަށް ވެވަޑައިގަތުމުގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ރަޙްމަތްތެރި ބޭފުޅަކު ހަދިޔާއަކަށް އެރުވި އެއްޗެކެވެ.
Print

ފިޠުރަތުގެ ދީން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

    ކަރާޗީގައި އިނގިރޭސިބަހުން ޝާއިޢުކުރާ ހަފްތާ ނޫސްތަކުގެ ތެރެއިން އެއް ނޫހަކީ، ޔަޤީން އިންޓަރނޭޝަނަލް އެވެ.
އެ ނޫހުގެ 22 އޯގަސްޓް 1991 ގެ އަދަދުގައިވާ މަޒުމޫނުތަކުގެ ތެރެއިން އެއް މަޒުމޫނެއްގެ މައިގަނޑު ނަމަކީ (?Why did I Embrace Islam) އަހަރެން އިސްލާމްދީން ގަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ މި އެވެ.
Print

އިސްލާމީ ނަޒަރިއްޔާގެ މަތިވެރިކަން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

    އިސްލާމްދީނަކީ ރަޙްމަތުގެ ދީނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އަށް ކީރިތި ޤުރްއާނުގައި ނަންދެވިފައިވަނީ
رحمة لّلعالمين ގެ މަތިވެރި ނަންފުޅުންނެވެ. އެކަލޭގެފާނަކީ ޢާލަމްތަކަށްހުރި ރަޙްމަތެއްކަން ބަޔާންކުރެއްވުމަށްޓަކައެވެ. ކަންމިހެން ހުރުމާއެކުވެސް، އިތުރު ސާހިބާއާ އެދުވަސްވަރުގެ ބައެއް ޤައުމުތަކާ ދެމެދު ހަނގުރާމަތަކެއް ހިނގިއެވެ. އެހެންވެ، ބައެއް މީހުންގެ ހިތްތަކުގައި ސުވާލު އުފެދެއެވެ. އެކަލޭގެފާނަކީ ސަލާމަތާއި ރަޙްމަތުގެ ނަބިއްޔާ ކަމުގައި ވެވަޑައިގަންނަވާއިރު، އެކަލޭގެފާނު އެހެންމީހުނާ ހަނގުރާމަކުރެއްވީ ކީއްވެގެން ބާވައެވެ؟ އެކަލޭގެފާނުގެ މަސައްކަތްޕުޅު، ރަޙްމަތާއި އަމާންކަމުން ފެށިގެން ރަޙްމަތާއި އަމާންކަމުގެ މައްޗަށް ނިމިގެން ނުދިޔައީ ކީއްވެގެން ބާވައެވެ؟
Print

ދުނިޔެ ހޯދަމުންގެންދަނީ އިސްލާމްދީނެވެ.

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އެފް.އެޗް.ބްރެޑްލީ (F. H. Bradley) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1846 ގައި، ލަންޑަންގައެވެ. އޭނާ އަވަހާރަވީ، 1924 ގައި، އޮކްސްފޯޑްގައެވެ. އޭނާއަކީ މިޒަމާނުގެ މަޝްހޫރު ފިލޯސަފަރުންގެ ތެރެއިން ގުނައިލެވޭ ބޭފުޅެކެވެ. ބްރެޑްލީ އޭނާގެ ފޮތެއް ކަމުގައިވާ Essays on Truth and Reality ގައި ލިޔުއްވައިފައިވެއެވެ.
Print

ޖަލު ފާރަވެރިއަކަށް އިސްލާމީ ހިދާޔަތު ލިބުނު ގޮތް

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ދިރާސާ


އަސްލު ލިޔުން:  ޑޭން އެފްރޮން
ތަރުޖަމާ:      ޅޮހީ ޢަބްދުއްރަޙީމު

ގުއަންޓަނާމޯބޭގެ ޖަލުގެ ގާޑަކަށް ހަ މަސްވަންދެން މަސައްކަތްކުރި ޓެރީ ހޯލްޑު ބުރޫކްގެ މުޅި ދިރިއުޅުން ބަދަލުކުރަން މަޖުބޫޫރުވީ 590 ވަނަ ނަމްބަރު ދެވިފައިވާ ޤައިދީއަކާ ދެއްކި ވާހަކަ ތަކަކަށް ފަހުގަ އެވެ. އެ ޤައިދީ އަކީ " ދަ ޖެނެރަލް " ގެ ނަމުން މަޝްހޫރުވެފައިވާ ޤައިދީއެކެވެ.
Print

ތާރީޚީ ތާއީދު

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމްދީން ފާޅުވީ މީލާދީން ހަވަނަ ސައްތައިގެ ފަހުކޮޅުގައެވެ. އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ބޮޑު ރަސްކަމަކީ، ކްރިސްޓިޔަނުންގެ ރަސްކަމެކެވެ. އެރަސްކަން ބެހިފައިއޮތީ ބޮޑު ދެބަޔަކަށެވެ. އެއްބަޔަކީ، އެ ރަސްކަމުގެ ހުޅަނގު ބައެވެ. އަނެއްބަޔަކީ، އިރުމަތީ ބައެވެ. ހުޅަނގު ބަޔަށް (ޔޫރަޕްގެ ބައި) ކިޔަނީ ރޯމަން އެމްޕަޔަރެވެ. އެބައިގެ ވެރިރަށަކީ އިޓަލީގެ ރޯމެވެ. އިރުމަތީގެ ބަޔަށް (އޭޝިޔާއާއި އެފްރިކާގެ ބައި) ކިޔަނީ ބައިޒަންޓެއިން އެމްޕަޔަރެވެ. އެބައިގެ ވެރިރަށަކީ ތުރުކީގެ ޤުސްޠަންޠީނިއްޔާއެވެ.
Print

ނިޢުމަތްތަކާ މެދު ޖަވާބުދާރީ ވުން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


އިބްރާހީމު ރަޝީދު މޫސާ
   
ނިޢުމަތަކީ ހަމައެކަނި މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާއެއްޗެއް ނޫނެވެ. އަދި ނިޢުމަތަކީ ހަމައެކަނި ރަނގަޅުކަންތައްތަކެއް ވެސް ނޫނެވެ. ނިޢުމަތުގެ ތެރޭގައި ނުރަނގަޅުކަންތައްތައް ދުރުހެލިކޮށްދެއްވުން ވެސް ހިމެނެ އެވެ.  މާތްﷲ ހެއްދެވި ހުރިހާ މަޚްލޫޤުންނަށް  މި ދުނިޔޭގައި ތަފާތު ނިޢުމަތްތައް ދެއްވަވަ އެވެ.
Print

ޙަޤީޤީ މުޢުޖިޒާތް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ތިން ހަތަރު މާއްދާއެއް އެކުވެގެންނެވެ. ފެނާއި، ކާރބަނާއި، އޮކްސިޖަނާއި، މީގެ އިތުރުން ބައެއް މާއްދާތައް އެކުވެގެންނެވެ. ބޭރު ފުށަށް ބަލާއިރު އިންސާނާއަކީ މި ދެންނެވުނު ފަދަ ހައެއްކަ މާއްދާގެ މަސްހުނިގަނޑެކެވެ. ރޮބަރޓް ޕެޓިސަން  (R. Pattison)އިންސާނާގެ ހަށިގަނޑުގައި އެކުލެވިފައިވާ މިދެންނެވުނު މާއްދާތަކުގެ އަގުބަލައި ހިސާބުކުރިއެވެ. ބާޒާރުގެ އަގުތަކަށް ބަލާއިރު މިތަކެތީގެ އަގު އަރަނީ ހަ ޑޮލަރު ބަޔަށެވެ. އެއީ ގާތްގަނޑަކަށް ދިވެހި ރުފިޔާގެ އަށްޑިހަ ވަރަކަށް ރުފިޔާއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ