އަދުގެ ޚާއްސަ

ދިވެހި

Print

އަޅި ކުލައިގެ އެތުގެ ރޫޙް

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ވާހަކަ



އަޙްމަދު ރަޝީދު  އެސްޖެހިގެ ލ. ފޮނަދޫ

ދުނިޔޭގައިވާ އެންމެ ބައިބޯ، މެމްބަރުންގެ ޢަދަދު ގިނަ ޖަމާޢަތަކީ ސްކައުޓުން ނެވެ. ސްކައުޓް ޙަރަކާތަކީ އެ ޙަރަކާތުގެ ސަބަބުން އިންސާނާ ހެޔޮމަގަށް ބައްޓަން ކޮށްދޭ ޝައުޤުވެރި ކުރުވާ ޙަރަކާތެކެވެ. ސްކައުޓް ޙަރަކާތުން ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެން ދެއެވެ. ސްކައުޓް ޙަރަކާތް ޝައުޤްވެރި ކުރުވުމަށް ތަފާތު ލަވަތައް ދަސްކޮށްދެއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއް ލަވައަކީ "ގިންގެން ގުލި ގުލި ގުލި ގުލި ވޮއްޗާ ....” މިލަވައެވެ. މިލަވަ އުފެދިގެން އައިގޮތާއި މެދު ކިޔާ އުޅޭ ވާހަކައެެއް އޮވެއެވެ. މިތާނގާ މިވާހަކަ ލިޔެލާނަމެވެ.
Print

ޙާފިޡުގެ 198 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

1. ސިކުންތެއްވާ ހިތާމައިގާ ނުވޭ ޢާލަމް އެއާ އެއްވަރު،
                          ހެދުން ރާތަށްޓަކަށް ވިއްކާލެވިއްޖޭ ވާކަމުން އެއްވަރު!
2. އެއިން ތަށްޓެއްގެ ރަހަބެލުމުން މުޞައްލާ އަގުކަމަށް އަތުލީ،
                          މަގޭ ތަޤުޥާގެ ރަމްޒާއޭ! ތިބާ ވޭހޭ؟ އެއާ އެއްވަރު.
3. މަގޭ ބޯކޮޅު ބަލާ މީހާ މަލާމާތްތައް ކުރަން ފެށްޓީ،
                          ޝަރާބަށް އެދި އެ ޙާނޫތަށް ހިނގައިދާތީ ނިކަން ދަންވަރު.

Print

ޗުއްޓީ

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


  ބިންމާ އިބްރާހީމް ވަޙީދު
 
ކަމެއްގެ އުނދަގޫ އިހްސާސް ކުރެވޭނީ، އެ ކަމެއް ދިމާވެގެން އުޅޭ މީހަކަށް އެކަންޏެވެ. އަހަރެންގެ ގައިގަ އަޅާ ވޭން އެނގޭނީ ކާކަށް ހެއްޔެވެ؟ ހަށިގަނޑުގެ ބޭރުން ޒަޚަމް ފެންނަ ނަމަ، ދުނިޔެ ވެސް އަހަންނާ އެކުގައި ރުއީހެވެ. ރައްޓެއްސެއްގެ ގާތުން އެހީއަކަށް އެދެވޭކަށް ވެސް އަހަންނަކަށް ނެތެވެ. ކޮންމެ ދުވަހަކު އަހަރެން ހީކޮށްގެން ހުންނަނީ، ކޮންމެވެސް ރަނގަޅު ގޮތެއް އަހަންނަށް މެދުވެރިވާނެ ކަމަށެވެ. އެހެން ހުއްޓައި އިރު އޮއްސެނީ އެވެ. އަނެއްކާ އަނެއް ދުވަހަށް އިރުއަރަނީ އެވެ.
Print

ޙާފިޡުގެ 125 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

1. ތިޔަ ރީތި ދެތުންފަތުގައި މިހިތުން ބޮސްދީ ހެދިދާނީ ކޮންއިރަކުން؟
              "ތިޔަ ހިތް ބުނި ކޮންމެ ކަމެއް ކުރުމަށް މި ދެ ތުންފަތް މިވަނީ ތައްޔާރަށް!"
2. ފުދިދާނޭބާ ބޮހަކަށް އަގަކަށް މިޞްރުގެ ވާރު އެކީގައި ދިނުމުން؟
              "ވިޔަކޮށްލީމާ ނުވެދާނޭބާ ތިޔައީ ވެސް މާ މަދު މިންވަރަކަށް!"
3. އެއްވެސް ކަތަކަށް އެރިފައިވޭހޭ؟ ތުންފަތު ހިޔަލަށް ހިންމަތަކުން،
              "ތިޔައީވާ އަދި ނޭގޭ އަރަތެއް އޭގެ ޖަވާބެއް ފާލާ ރަމަލަށް!"

Print

ފިއްލޯމަންޖެއާއި، ތަކަހަސަނުގެ ވާހަކަ -03

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ



މުޚްތާރު ޢަބްދުއްރަޙްމާނު - ނޫރާނީގެ ށ. މިލަންދޫ

މިދުވަސްވަރަކީ މަސްވެރިކަން މާރަނގަޅު ދުވަސްވަރަކަށް ނުވުވުމާއިއެކު މާވަހަރުގޭ މާވަހަރު ދޯނި ބާވިނަމަވެސް އެދޯނި މަހަށް ތޫނުކަމުން ރުއްވަލުތެރެއަށް ދިރުނބާކޮޅު އެއްގަމަށް އެހެލަން ނުކެރިގެން އެދޯނި މަރާމާތު ކޮށްލައިގެން އޮޑި ހަރުގެއަށް ލައިގެން އޮޑިހެދުމުގެ މަސައްކަތް ހިނގަމުންދާ ދުވަސްވަރެކެވެ. މުއްސަނދި ހަސަނު މިހާރު އެއް ވެސް މަސައްކަތެއް  ނުކުރައްވައެވެ. އޭނާ ދެކިލައްވާގޮތުގައި މުއްސަނދިވީމައިވާނީ މުއްސަނދިކަމުގެ މީރުކަމާއި އަރާމު ލިބިގަންނާށެވެ. ދެން މީރުކޮށް ކައިގެން އުޅެނީ ރޯހަމެއް ނުފެޅޭނޭ ބުނާބަހުގައި ރަނގަޅަށް ހިފައިގެން ނެވެ.
Print

ދޮންބަންޑާރައިންގެ ޖިހާދު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އާދަމް ނަޞީރު އިބްރާހީމް (2002)
    (ޝާޢިރުލްމަޤުތޫލު)

މަންޒަރު 1


އިލާހިއްޔަ ޤުދުރަތުގެ ކީރިތި އަސަރުގާ
        ވިލާތައް އެތުރިލައިފި، ނޫ ދިވެހި އުޑުގާ
              ކިލާކަން މިޖައްވުން ފިލައިގޮސް މިހިނދުގާ
                            ދިލާސާކަމޭ ވީ   މި  ލޮބުވެތި  ވަޠަނުގާ


ޒަމާން ދެއްކި މިނިވަންކަމުގެ ފިނި ހިޔަލުގާ
        އަމާން ކަންމަތީ ދިވެހި އުއްމަތް އުފަލުގާ
               އޮމާން ފޮނި ޙަޔާތެއްގެ ނިޢުމަތް ލިބުމުގާ
                            އަމާންކަން މަތީ ދެމި އޮތީ މާތް ޝަރަފުގާ

Print

ތިންއޮޑީ މުދަލަށް ތިން ނާޅި!

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ
    
މަކުނުފުށީ މަހުޖަނު ޞާބިރު ނިޔާވެގެން މި ފަހަރު މާލެއައީ މަހުޖަނު ޞާބިރުގެ ދަރިކަލުން ކުޑަމަހުޖަނެވެ. ތިންއޮޑި މާލެފަޅަށް ވަނުމުން ވޯރާ ވިޔަފާރިވެރިންތައް ފިހާރަތަކުން ނިކުމެ (ކޮށި ދިވެހިބަހުން ) ކޮންތާ އޮޑިތަ؟ ، ކާކިޔާގެ އޮޑިތަ؟ ، ކޯތި ގެނަތަ؟ އޮޑިތަކުގެ ވަނަވަރު އަހައި އޮޅުންފިލުވަމުން ވޯރާ ވިޔަފާރިވެރިން ކުރެ ބަހާއުއްދީނޭ ކިޔާ މީހަކު ބުނެފިއެވެ. މަހުޖަނު ޞާބިރަކީ މަގޭވަރަށް އެކުވެރި ގާތް ރަޙުމަތްތެރިއެކެވެ. އެހެންވީމައި މަހުޖަނު ޞާބިރުގެ ދަރިފުޅު ވެސް މަށާއި ރަޙުމަތް ގަންނަން ވާނެއެވެ. ކުޑަމަހުޖަނަކީ އަލަށް އައި ކުއްޖަކަށް ވެފައި މަގޭ ރަޙުމަތްތެރިޔާގެ ދަރިފުޅަކަށް ވާތީ އަދިވިޔަފާރިއާއި ބެހޭ ތަޖުރިބާއެއް ނެތުމާއި އެކު ކޮންމެ ވެސް މަކަރުވެރިއެއްގެ އަތްދަށު ވެދާނެތީވެ މަށާ އެކު މަގޭ ފިހާރައަށް އަންނާށެވެ.  ވިޔަފާރީގެ ކަންތަކާއި އުޅޭނީ މާދަމާއެވެ.
 
Print

ޙާފިޡުގެ 7 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން

1. އޭވަޔާ ފަތިހުގެ ނަޔާ، ޣައްޒާލުއަށް އެދެމޭ ބުނުން:
                       "މަގު މަށަށް ތިޔަ އޮޅުވަނީޔޭ ބިންތަކާ ފަރުބަދަތަކުން."

Print

އެނބުރި އައުން...

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ



ލިޔުންތެރިޔާ: އަބޫ ރުމައިޟާ
 ފޮނުވީ: އެން


ހަސްފަތާލުގެ ލެބޯޓަރީއާއި ދިމާޔަށް ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ފަޒުނާ އިނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ މީގެ ތިން ދުވަސްކުރިން އޭނާ ހެދި މެޑިކަލް ޓެސްޓެއްގެ ނަތީޖާ ލިބޭނެ ވަގުތަކަށެވެ. ފަޒުނާއަކީ މާލޭގެ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ޒުވާން އަންހެންކުއްޖެކެވެ. ލައިގެން ހުރީ ހުޅަނގުގެ ފެޝަނަށް ލޯބިކުރާ ޒުވާން އަންހެންކުދިން ޕާޓީތަކަށް ދާން ލާފާޑުގެ ނިވައިކަންކުޑަ ހެދުމެކެވެ. އެހެދުމުގެ އަތެއް ނެތްތާ އެހެދުން އޭނާގެ ކަކުލާ ހަމައަށް ކިރިޔާ ފޯރަނީއެވެ. މީގެ އިތުރުން އެހެދުމުގެ ތުނިމިނާއި ގަޔަށް ހިފާފައި ހުރިވަރު ހެވީ ނުދެއްކިއްޔާއެވެ. އޭނާއަށްވެސް މުސްލިމު އަންހެނާގެ އައުރައަކީ ކޮބައިކަމާއި މުސްލިމު އަންހެނުން ނިވައިވާންޖެހެނީ ކިހާވަރަކަށްކަން ނޭނގެނީއެއްނޫނެވެ. ނަމަވެސް ދުނިޔެއަށް ލޯބި ޖެހިފައިވާލެއް ބޮޑުކަމުން އާޚިރަތުގެ މަތިން ޣާފިލުވެވެނީއެވެ. އޭނާ ކުރަމުން ގެންދިޔަ އިންތިޒާރު ދިގުލައިގެން ހިނގައިދާނެތީ ފަޒުނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެހެނީ ފަޒުނާ ހަސްފަތާލަށް އައީ އޭނާގެ ޢާއިލީ ރަޙުމަތްތެރިއެއްގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ޕާޓީއަކަށް ދިޔުމަށް ތައްޔާރުވުމަށްޓަކައި ޝެރީއަށް ދިޔަ މަގުމަތީގައި ކަމަށްވީތީއެވެ. މެޑިކަލް ޓެސްޓުގެ ނަތީޖާ ނެގުމަކީ އޭނާ މާމުހިއްމުކަމެއް ދޭކަމެއްނޫނެވެ. ނަމަވެސް ގޭމީހުން ކިޔާވަރުން އައީއެވެ.
Print

ހިތެއްގެ އުދާސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ފާރޫޤު ޖުވައިދާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ތިބާ ކައިރިޔަށް އެނބުރި ދިއުމަށް ހިތައި،
          ފުރަން މިޖެހެނީ އަދު ޒަމާނާ ތަނުން،
                    ހިތާ މޭގެ ޒަޚަމުގެ ތުރާލާ ތަދުން،
                              ހަނދާންތައް އައިސް އާވުމުން މާދުރުން.

Print

ފިއްލޯ މަންޖެއާއި، ތަކަހަސަނުގެ ވާހަކަ - 02

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


10 ޖުލައި (ހުކުރު) އާއި ގުޅޭ...

މުޚްތާރު ޢަބްދުއްރަޙުމާނު/ ނޫރާނީގެ ށ. މިލަންދޫ


ދެން އޮޑީ ޛިކުރަށް ކެއްކުމުގެ ކަންތަކުގައި ރަށުގެ ގިނަބަޔަކު މަޝްޣޫލުވެގެން އުޅެމުން ދެއެވެ. އެރޭ އިޝާނަމާދުން އައިސް ރަށުގެ ކުދިބޮޑު އެންމެތަކުން ޛިކުރު ކޭންކައި އޮޑީގައި ޛިކުރު ކިޔަން ފަށައިފި އެވެ. ފަތިސްނަމާދަށް ދިއުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޛިކުރު ކިޔައި ނިންމައިފިއެވެ. ދޮންކާސިމްބެއްޔާ ފަތިސްނަމާދުން ދުރުވެ އޮޑީ ޞަލަވާތް ކިޔަވާން އޮޑިއަށް އަރުއްވަވައިފި އެވެ. އޮޑީގައި ޞަލަވާތް ފާތިހާ ކިޔަވައި ކަނޑުމަތީ ފާތިހާ ކިޔަވައި އޭގެފަހުގައި ޝާޛުލީ ބަހުރު ކިޔަވަން ފަށައިފި އެވެ. ދެން އިރުވަރު ގާތްވުމުން ކާސިމްބެއްޔާ އޮޑިން ފައިބައި އޮޑިވަށައި ދުންބުރުވައި އެގާރަ ފިޔަވަޅު ބައިގައި އާއޮޑި މޫދުފެނުއަޅުވައިފި އެވެ. ދެން އޮޑިބައިލަން އައިމީހުން އޮޑީގެ ފަރިބަލަމުން ފާޑުކިޔަމުން ދެއެވެ. ބައެއް މީހުން ބުނަނީ އޮޑީގެ ދިރުނބާކޮޅު މާ ހިމަބޮޑުކަމުގައެވެ. ކަނޑުގަދަވެއްޖެނަމަ ކަނޑަށް ދެރަވާނެ ކަމަށެވެ. އަނެއްބަޔަކު ބުނަނީ އެގޮތަށް ހުރީމައި އައިނުގައި ދާއިރު އެނަކުރި ހިފާނެކަމުގަ އެވެ. ފަހަތުން އަންނަ އޮޑިއަކަށް އަރައި ހަމަ ކުރުމަކީ އުނދަގޫކަމަކަށް ވާނެކަމުގައެވެ. އަނެއްބަޔަކު ބުނަނީ ކުނބު ވަނޮޅުން ކުރިއަށް ޖެހިފައި އޮތީމައި އެނަކުރި ހިފިކަމުގައިވިޔަސް ކޮޅުގަންބާނެކަމުގަ އެވެ. މިކަހަލަ ވާހަކަތަކެއް ދައްކަމުން ބައެއްމީހުން ގެއަށް ހިނގައްޖެއެވެ.
Print

ޙާފިޡުގެ 324 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ޖަހާ  ތިޔަ ޗާލު   އެސްފިޔައިން    ހެރިއްޖޭ   ތީރުތައް   މިހިތަށް!
                    ލޮލުން   ތިޔަ  ތޫނު  ނަޒަރެއް ދެން     ނިކަން  ދޭށޭ   މަގޭ  ދެލޮލަށް.
2. ހިތާ  މޭގައި   މިވާ   ވޭނަށް،     އެއިން   ފުރިހަމަ  ޝިފާ  ލިބެޔޭ،
                   އަރާމާ     ޢައިޝު    ހޯދައިދޭ،        އެއީ     ފަރުވާއެކޭ     މިހިތަށް.

Print

ސާދާގަރުގެ ހަތަރު އަނބިން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ.

އެއް ޒަމާނެއްގައި ވަރަށް މުއްސަނދި ސާދާގަރަކު އުޅުނެވެ. އޭނާ އުޅުނީ ހަތަރު މީހުނާ އިނދެގެންނެވެ. އެއީ އޭނާއާ އެންމެ ކައިރިން މުޢާމަލާތްކުރާ އޭނާގެ "ޙަޔާތުގެ ހަތަރު ބައިވެރިންނެވެ." އޭގެ ތެރެއިން އޭނާ އެންމެ ލޯބިވަނީ، ހަތަރުވަނަ ބައިވެރިޔާ ދެކެއެވެ. ހިސާބެއް ކިތާބެއް ނެތި، އެ ބައިވެރިޔާ އަށް ރީތި ފޭރާމާއި އަގުބޮޑު ގަހަނާ ގަނެދެއެވެ. ހަމައެފަދައިން، މި ދުނިޔޭގައިވާ އެންމެހައި މީރު ކާނާއާއި ޝަރުބަތް، އޭގެ އަގާމެދު ވިސްނުމެއް ފިކުރެއް ނެތި ހޯދައިދެއެވެ. އަދި އެ ބައިވެރިޔާ ގޮވައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށް އަގުބޮޑު ހޮޓާތަކުގައި ދުވަސްތައް ހޭދަކުރެއެވެ. ސާދާގަރު އެ ބައިވެރިޔާ އަށް ހުރިހައި ކަމެއް ކޮށްދެނީ ނުހަނު ލޯބިންނެވެ.

Print

ޙާފިޡުގެ 49 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން

1. މާ ތަޤުޥާވެރިކަމަށް ހެދިގެން އުޅޭ ދީންވެރިޔާއެވެ! އެހެން މީހުންނާ ނުބެހޭށެވެ!
އެހެން މީހުން ކުރާ ކުށްފާފަތައް ތިބާގެ ފަތުގައި ނުލިއުއްވާނެކަން ކަށަވަރެވެ!

2. އަހަރެން ކުރާ ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައްތައް ލިއުއްވާނީ އަހަރެންގެ ފަތުގައެވެ.
ތިބާ ކުރިޔަށް ދާންވީ ތިބާގެ މަގުގައެވެ. އާޚިރުގައި ކޮންމެ މީހަކަށް ލިބޭނެ މޭވާ އަޅާނީ އެމީހަކު އިންދާ ގަހުގައެވެ!!!

Print

އެއްވަތް ދަށުން އަނެއްވަތް މަތިން

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ވާހަކަ


ޅޮހީ ޢަބްދުއްރަޙީމް /މަނަދޫގެ

އިރުއޮއްސުމަށް ފަރިކޮށްލަމުން ދާއިރު، ގައިބާރު ދެރަވެ މުސްކުޅިވެފައިވާ އަންހެނަކު ފުންވިސްނުމަކަށް ގެއްލިފައި، އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މޫނުމަތީން ފެންނަމުން ދަނީ މާޔޫސްކަމާއި ނާއުންމީދެވެ.

އުފަންވީ ބިމުން ބޭރުކޮށްލެވި، ނުވެސް ދަންނަ ބައެއްގެ ތެރޭގައި، އެހެންތަނެއްގައި އުޅެން ޖެހުމަކީ ހާދަ ވޭނެއް އަޅާނެކަމެކެވެ. ހާއްސަކޮށް މުސްކުޅިވެ ގައިބާރުދެރަވެ، އަދުތޯ މާދަންތޯ ވުމުން އެ ކުއުޅުނު ރަހުމަތްތެރިންނާއި، އާއިލާކަމަށް ދެކިގެން އުޅުނު މީހުން ދޫކޮށްފައި އައިސް މުސްކުޅިން ބަލަހައްޓާ ގުރައިދޫގައި އެކަނި ހުންނަން ޖެހުމަކީ ހާދަބޮޑު އަނިޔާއެކެވެ. ބަރުދާސްތުކުރެވޭ ވަރަށްވުރެ ހިތްދަތި ތަޖުރިބާއެކެވެ.
Print

ޙާފިޡުގެ ފުރަތަމަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން

1. ޝަރާބުގެ އާރަކުން ސާޤީ މަށަށް ކޫޒެއް އަޅައި ދެއްޗޭ!
                 އެއަށްވާ ޝައުޤަކުން ވަޖިދުވެ މަވީތީ ލަސްނުކޮށް ދެއްޗޭ!

2. އިހަށް ކައިރީގަވީ ޢިޝްޤީގެ މަންޒިލު މާދުރަށް ދިއުމުން،
                 ހިތަށް މިލިބުނު ތަދަށް ފަރުވާ، ތަފާތެއް ނެތި މަށަށް ދެއްޗޭ!

Print

ބުނަން ނުކެރިފައި..

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު

   
ސްކޫލް ބަދަލުވުމަކީ، ނުވަތަނަވަސްކަން ހިތަށް ވެރިވާ ކަމެކެވެ. އެކަން އެނގޭނީ އަހަންނަށް އެކަންޏެވެ. ސީއެޗްއެސްއީ އަށް ވަންނަން ފުރުސަތު ލިބުމުން، ގޭގެ އެންމެން އުފާކުރި އެވެ. އަހަރެން ވެސް އުފާވި އެވެ. އެކަމަކު ހިތަށްއެރި އެވެ. އަހަންނަށް ރައްޓެއްސެއް ލިބޭނީ ކިތައް ދުވަހުންބާ އެވެ؟ ފުރަތަމަ ދުވަހު އަހަރެން ކުރާނީ ކީއްބާއެވެ؟
Print

ފިއްލޯމަންޖެ އާއި ތަކަހަސަނުގެ ވާހަކަ - 01

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ



މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

     
ފިއްލޯމަންޖެއަކީ ދާދި ކުޑައިރު މައިންބަފައިން ނިޔާވެ ބަލާނެމީހެއް އަޅާލާނެ ޔާރެއް އިޔާރެއްނެތި އެއްބަދިގޭދޮށުން އަނެއް ބަދިގޭދޮށުން ސަލާންޖަހައި  ކައިއުޅޭ ކުއްޖެކެވެ.  މަސްކައްކާމީހުން ލޯގަނޑު ދޮންނަން ދާއިރު ލޯގަނޑުގައި ވަރަށްގިނަ ފުނޑުމަސް ހުރެއެވެ. އެމަންޖެ ލޯގަނޑުގައި ހުންނަ މަސްކޮޅު ހާވައި ނަގަން އުޅުމުގެތެރޭގައި ގައިގައި ފިއްލޯ އުނގުޅި ތަތްތެޅިގެން އުޅޭތީ ފިއްލޯމަންޖެ ކިޔައި އުޅެނީ އެވެ.
Print

އިބޫ....!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ



އާދަމް ނަޞީރު އިބްރާހީމް (2009)

މި ރެޔަކީ  ކާއްޓޭގެ 18 ވަނަ އުފަން ދުވަސް ފާހަގަ ކުރެވޭ ރެ އެވެ.   ގިނަ ދުވަސްތަކެއް ވަންދެން ބޭރު ވިލާތެއްގައި ރަސްމީ އިސްމަގާމެއް ފުރުމަށްފަހު، ކާއްޓޭގެ ބައްޕަ ވެސް މި ރެޔަށް  އޭނީ ވަޒަނަށް އެނބުރި އައިހެވެ. ކާއްޓޭ އުފަންވުމަށްފަހު، މިއީ  ނާޝިދު  ރަށަށް އައި  ފަސްވަނަ ފަހަރެވެ.  ގޭ މެދުގެ ތެރޭގައި ހުރި ބޮޑު ސޯފާގައި ދެ މަފިރިން އެ ތިބީ މިރޭ ޤާނޫނީގޮތުން ބާލިޣުވާ ދަރިފުޅުގެ އިންތިޒާރުގަ އެވެ.  ނާޝިދަށް ނޭނގުނަސް، ކާއްޓޭގެ ބެސްޓު ފުރެންޑް އިބޫ، ކާއްޓޭގެ ކޮޓަރިތެރޭގައި އުޅޭކަން މަރީނާޔަށް އެނގެ އެވެ. ކާއްޓޭ މި ވަގުތު ވެސްވީ  އިބޫ ފޮނުވި ތަނުގައިކަމާއި، ބާރަ ޖަހަންވާއިރަށް އަންނާނޭކަމާއި، ''އަންނަ އިރުން ގެންނާނޭ'' ކަން އިބޫ އަށް ޔަގީންވެ އެވެ.   ގުރޫޕުގެ އެހެނިހެން މެންބަރުން ވެސް އެ ވަގުތައް އެއްތަންވާނެ އެވެ.  މި އިޙްތިފާލަށްޓަކައި ކާއްޓޭގެ ބައްޕަ އައިސް އުޅޭކަން އޭނާއަށް ސިއްރު ކުރެވިފައި އޮތީ، ސަޕްރައިޒެއް ދޭންވެގެންނެވެ. 
Print

ރަސްގެފާނުގެ އިނގިލިފުޅު

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ
     
ޒުވާން ރަސްކަލަކު އެރަސްގެފާނުގެ އަމީރުންނާއި ވަޒީރުންނާއި އެކު ވަރަށް މަޖާކަންތައް ކުރައްވަ އެވެ. އެއްދުވަހަކު ރަސްގެފާނު ވިދާޅުވެއްޖެއެވެ. ކޮންމެމީހަކުވެސް ތޫނު ފިޔޮއްސެއްގައި ހިފާށެވެ. ކޮންމެމީހަކު ވެސް އެމީހަކު އަތުން އަނބު މަށައިގެން ކާންވީއެވެ. ވަގުތު ހަމަވާއިރު އެންމެގިނައިން އަނބު މަށައިގެން ކެވުނުމީހަކަށް އިނާމެއް ލިބޭނެއެވެ. މި ވަގުތު މިތާގައި ނެތީ ހަމައެކަނި ބޮޑުވަޒީރެވެ. އެއީ ތަންކޮޅެއް މުސްކުޅި ބޭކަލެކެވެ.
 

ހަމަމިގަލަމުން

އިދާރާ

ވާހަކަ