ޙަޔާތުގެ ފަސާނާ
މުޙަންމަދު ނަސީމު
(ތަރުވާޒު)
އަޅުގަނޑަކީ ދެރަ ނިކަމެތި މީހެއް ބާރެއް ނެތް ބަލިކަށި ވެސް މީހެއް
ފަޅުކަމުގައި މިލަމުންދާ މީހެއް އަޅުގަނޑަކީ ދެރަ ނިކަމެތި މީހެއް
ރޭތައް އެތަކެއް އަހަރާ މަސްތައް އެކަހެރިކަމުގައި އުޅުނު ދުވަސްތައް
ވޭތުވެ ގޮސް އެކަހެރި މި ހަޔާތަށް އަތުވެއްޖޭ ފާގަތިވި ބަހާރެއް
އެޒުވާނާއީ ހިތްހެޔޮ ކުއްޖެއް ދީންވެރި އަޅުވެރި ނިޔަނެތި ކުއްޖެއް
އެ ޒުވާނާއީ ރީތި ޒުވާނެއް ލޮބުވެތި ނާޒުކް ޖިންސުއްލަތީފެއް
ރޭތައް އެ ޒުވާނާޔާ އެކުގައި ހޭދަކުރީމޭ އުފަލާ އެކުގައި
ރޭތައް ދިޔަ މާޒީއާ އެކުގައި ކުރިމަތިނުވެ ދެހިތަށް ތޫފާނެއް
ބަދަލުވެ ދާހެން މޫދުގެ ދިޔަވަރު ބަދަލުވެދާހެން ކަނޑުގައި އޮއިވަރު
ބަދަލުވެދާ ފަދައިން ގަދަ ހިތްވަރު މި ހަޔާތަށް އަތުވެއްޖޭ ބަދަލެއް
މިގޮތުގަ އުފަލުގަ އުޅެމުންދަނިކޮށް ދަތިނުވެ ތަނަވަސްކަމުގައި ވަނިކޮށް
ދެގޮތެއްނުވެ ދިރިއުޅެމުންދަނިކޮށް ލިބުނީ ބުނެދޭން ނޭނގޭ އުފަލެއް
ކުއްޖަކު ލިބުމުން އަންހެން މޫރިތި ހެޔޮނިޔަތާއެކު ލޮބުވެތި ޅަރިވެތި
ކުއްޖެއް ފިލުވަން އަންބަށް ވާދަތި ގެނައީމޭ ދިން ޚިޔާލުން ޅިޔަނެއް
ގޭގައި ކޮށްލަން ހުންނަ މަސައްކަތް އަނބިމީހާޔާ އެކު ކޮށްދޭނޭ
ގޭގައި ގެންގުޅުމަށް ހަމަ ގެނައީ އެ ޚިޔާލުމެދިން ޅިޔަނުގެ ދަރިއެއް
ކޮންމެއަކަސް ކަންތައްވާނޭގޮތް އެނގެނީ ފަހެ ކާކަށްބާއެ ކުރިން
އޮންނަ އުސޫލެއް ހަމަޖެހި ނިމިފައި ނޫޅޭނޭ އެނގިފައިވާ މީހެއް
ނައިލޯނުވަލުން މަރުދަންޖެހުނަސް ނުހިނގާނަމެ ގޯސްމަގަކުން ބުންޏަސް
ޝައިޠާނާއަށް ހެއްލެނިވެވިގެން އަހަރެންނަށްމެ އެޅިއްޖެ ޅައެއްޗެއް
އަނބިމީހާއަށްވެ ޙިޔާނާތްތެރި ޅިޔަނުގެ ދަރިޔާ ހިންގުނު ގުޅުމެއް
އަނބިމީހާއަށް އެނގި ބޭޒާރުވެ އުފެދިއްޖޭ ވަރުގަދަ ހައިޖާނެއް
ކަންތައް ދިޔައީ ގޯހުން ގޯހަށް އަނބިމީހާ ދިޔައީ ރަށު ކޯޓަށް
އަންނަންޖެހުނީ އެކަނިވެގޯއްޗަށް ގެއަކަށްނައިއަންބެއް އަދި ދަރިއެއް
ވަރިކުރުމަށް އަނބިމީހާޖެހުމުން ދަރިފުޅު ވެސް އޭނާ ގެންދިޔުމުން
މަރިޔަބު،ކަތިވަޅި އަދި ކޮށިދަނޑުވެސް ގެއްލިވެބާކީ ލިބުނީސިހުމެއް
ވިސްނާނުލުމުން އަހަރެންގެ ޙަޔާތް ކުދިކުދިވި ގޮތުން ހޯދާ ޢިބުރަތް
ވިސްނާލުމަކީ ޅެން މިކިޔާލައި އެންމެންގެ ކިބައިން މައެދޭ އެދުމެއް
އަޅުގަނޑަކީ އޭރުގަ ދެރަ މީހެއް ބާރެއްނެތް ބަލިކަށިވެސް މީހެއް
އަޅުގަނޑަކީ މިއަދުމެ ދެރަމީހެއް އުޅެވުނު ގޮތަކުން އެކަނިވި މީހެއް
(ނިމުނީ)