Print

އެހެން ނޫންތޯ އެވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙުމާނު ހއ. އުތީމު

އަލި ވިޔަސް އަލި ނުވިލި އަލިވުން، އަލި ދުވާލު ކަމަށް ނުވޭ
     އަލިވެލައިފާ އިރުއެރީމާ، ބަނަވިޔަސް   ރެޔަކަށް ނުވޭ

ރުހުމަކީ، ރުހެވޭ ފަރާތުން ފުހެވިގެން ކުށް ދާކަމެއް،
    ރުހުމުގައި ލޮލަކުން ބަލާނަމަ، ރުހުމަކަށް އައިބެއް ނުވޭ

ކަންރަނގަޅު ނަމަވެސް ކުރާކަން ކުރިފަރާތާ ނުރުހުމުން،
      ރަންކަމަށް ވިޔަކަސް އެ ކަންކަން ރަންކަމަށް ބެލުމެއް ނުވޭ

އަތުގެ ފުށަތުން ބީހިލުން ވެސް ހަތުރުގައި ބަދުނާމުވޭ،
       ޤަތުލުކުރިޔަސް،  ލޯބިވަންޏާ   ޤަތުލަކަށް އަމުދުން ނުވޭ
 
ތަދު ތިމާ ދޭހިނދު އެހެނިހެން މީހުނަށް ތަދަކަށް ނުވޭ،
       ތަދު ލިބޭ  ނަމައީ   ތިމާޔަށް     ތަދު ނުވާކަމަށް ނުވޭ

ގަދަ ހިތެއް އޮތް ގަދަރުވެރިޔަކު، ގަދަރަކުން ގަދަރެއް ދިނަސް،
       ބަދަލު ހިތް ދެން ވެއްޖެ ނަމައީ،  ގަދަރަކަށް ބެލުމެއް ނުވޭ

ބަލިކަލޯ ހުއްޓަސް ބަލީގައި، ބަލި ތުޅާ ހަމަ ބަލަބަލައި،
       ބަލިކަލޯގެ ބޮލަށް   ތުޅާ ނޭޅޭ ގޮތެއް      ދުވަހަކު ނުވޭ

ގޮތް ގޮތަށް ލިޔެ ހާމަ  ކުރެވޭ ފޮތްފޮތުން ގޮތްކިޔަކިޔާ
       ފޮތްފޮތުން ގޮތް ދަސްވިޔަސްވެސް ފޮތްފޮތެއް   އެދުރެއް ނުވޭ

ކަނޑުވެގެން ކަނޑުގައި ވިޔަސް އަދި ކަނޑުގެ ލޮނުފެން ބޯންވިޔަސް،
      ކަނޑުގެ ލޮނުގަނޑު ހަކުރު އެޅިޔަސް،   ލޮނުކަމަށް ނޫނީ ނުވޭ

ސިއްރަކަށް ސިއްރެއްވަނީ ހިތުގައި އޮތީމައި ސިއްރުގައި
      ސިއްރު ބުންޏަސް ސިއްރު ސިއްރުން، ސިއްރަކަށް ސިއްރެއް ނުވޭ

(ނިމުނީ)


އިދާރާ

އެނގޭތަ؟