ނޮކިއާ 6790
ނޮކިއާ 6790
Nokia 6790
ޢަބްދުﷲ ފިރާޤު
• ނޮކިއާގެ މިފޯނަނީ 2009 ޖުލައި މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. ނޮކިއާ 6790 ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ.
• ނެޓްވޯރކް:-
o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900
o 3 ޖީ ނެޓްވޯރކް: 1900 /HSDPA 850
• މިފޯނުގެ ބަރުދަނަކީ 123.9 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 97.5 މިލިމީޓަރެވެ. ފުޅާމިނަކީ 57.9 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 15.5 މިލިމީޓަރެވެ.
• މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ، ކުލަ އިސްކިރީނެކެވެ. އެކަމަކު މީ ޓަޗް އިސްކިރީނެއްނޫނެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.4 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 240 × 320 ޕިކްސެލްސް އެވެ.
• ނޮކިއާ 6790 ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
• އާންމުކޮށް ބަލާއިރު ފޯނުނަންބަރުތައް ރައްކާ ކުރާކަށް ވަކިމިންވަރެއް ނެތެވެ. ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ. 30 ދުވަސް ވަންދެން ފޯންކޯލްތަކުގެ ރެކޯޑްސް ފޯނުގައި ހުންނާނެއެވެ.
• މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 128 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް ކާރޑްވެސް ބޭނުންކުރެވޭ ފޯނެކެވެ. މިގޮތުން ބޭނުންކުރެވޭނީ މައިކްރޯ އެސް.ޑީ ކާޑެވެ. 8 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ސަޕޯޓް ކުރާނެއެވެ.
• ނޮކިއާ 6790 ގައި ވައި-ފައި ގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި، މިނީ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ.
• މިފޯނުގައިވަނީ 2 މެގަރ ޕިކްސެލް، 1200 × 1600 ޕިކްސެލް ގެ ކެމެރާއެކެވެ. މި ކެމެރާއިން ވީ.ޖީ.އޭ ކޮށް ވީޑިއޯވެސް ކުރެވޭނެއެވެ. ނަމަވެސް 3ޖީ ވީޑިއޯ ކެމެރާއެއް މިފޯނުގައި ނުވެއެވެ.
• ނޮކިއާގެ މިފޯނުގައި ބޭނުންކޮށްފައިވަނީ ސެމްބިއަން އޮޕަރޭޓިންގ ސިސްޓަމެވެ.
• މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ.
• ނޮކިއާގެ މިފޯނުގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބަލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ.
• މިފޯނުގައި ޖީ.ޕީ.އެސްގެ ޚިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން މިފޯނަށް އޭ-ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ.
• ނޮކިއާ 6790 ގައި ބޭނުންކޮށްފައިވަނީ 1500 މިލިއެމްޕެއަރގެ ބެޓެރިއެކެވެ. މިފޯނުން 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 4 ގަޑި 50 މިނެޓް އިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 4 ގަޑި އިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 400 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައިވެސް 400 ގަޑިއިރު ބޭނުން ކުރެވޭނެއެވެ.
• ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.