އަދުގެ ޚާއްސަ

Print

ބޭނުންވެއްޖެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ފަރިއްސެއް

ރާގަކީ؛   ދިޔަވަތްރަނގަޅު އޮޑި
ޝާޢިރު؛  އަބޫބަކުރު ލުޠުފީ – ރ. އުނގޫފާރު


ކައްކާފަ ކާންދޭނެ އަންހެނަކު މިރަށުން،    
    އަސްތާކަތުންނޭ         ބޭނުންމަވެއްޖޭ!
މަސްކައްކަމުން ރޯނު، ފަރު، ދަރު، ވަލަށްދާނެ،
    އަންހެނަކު      މި ރަށުން ބޭނުންވެއްޖޭ!

ކެއްކުމުން ބަތް، ކާލަން ކެރޭވަރު
    ކައްކަން އުދާތެލި އަންދާ ނުލާވަރު
             އެއްކޮށް ހަދަންލޮނު، ފެން، ރަހަ، އެނގޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ފަނަރަޔާ ފަންސަވީހާއި އުމުރުން
    އަނަރޫފަ މާ ނޫން، ބޮނޑި މަސް އެހާނޫން،
             ތަނަކަށް ނުގޮސްދުރު، ގޭތެރެ ބެލޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ރަނގަޅު ޞިއްޙަތު ހުރިއްޔާއި ރަނގަޅޭ
   އަނގަމަޑުވުމީ  ދެން ޒަރޫރީ ކަމެއްމޭ
          ހަގަކަސް މަށަށްވުރެ ދޮށި ނޫން ފުރާވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ބުނިކަމެއް ހަމަކޮށްލަން އެނގޭވަރު
    ދުނިޔޭތެރޭން   ރީތި ހޯދާލެވޭވަރު
          ތުނި، ދޮން، އޮމާންކަން، އެކަށޭނަ މިންވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ފިރިހެނުން ކުރިކަނޑަމުން ނުދާވަރު
    ފިރިޔާ އިތުރުކަން އިޙްސާސް ކުރާވަރު
         ހިރިލާނެ ހަރަކާތް ހަށިގަނޑުގެ ހުރިވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

އަންނައުނު ސާފުކޮށްލަން އެނގޭވަރު
    އަންނަން ބުނީމާ، ވަންނަން އެނގޭވަރު
         ދަންނަންވި ފަރުޟާ ސުންނަތް އެނގޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ލާހެދުންގަނޑު އަތުން ދޮވެލެވޭވަރު
      ލާއްސާއި ބައިލާހި ވަކިކޮށްލެވޭވަރު
          ފާލަށް މި ގޮސް ރޯނުކޮޅު ވެސް ވެށޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ރާގުތައް ރީތި އަޑަކުން ކިޔޭވަރު
      ނާޒުކު ހިތުން ހިތްބުނެދޭން އެނގޭވަރު
          ފައިހަމަ މި ކޮށްލާ ނަށާލަން އެނގޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ގޭތެރޭ ކަންތައް ކޮށްލެވޭވަރު
     ގޭގައި މި ރެޑިޔޯ ޖަހާލަން އެނގޭވަރު
          ރޭ ދަންގަޑީ   މަސްކައްކާ ލެވޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ބިޑިއަތުން ދެން އަނބުރަން އެނގޭވަރު
    ބިޑިއަށް ނުޖެހި އިނދެ ދުންފަތް ކޮށޭވަރު
          ބިޑި ރޯކުރަން ލައިޓަރަށް ހިލަލެވޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ބޮލުއުކުނު ސާފުކޮށްގެން އުޅޭވަރު
    ބޮލުގާ ދެ ދަޅައަށް ފުނާވެސް އެޅޭވަރު
          ކޮލުގައި ވިދުންހުރި އޮފުކޮށްލެވޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ހައިވިޔަސް ކުދި ނުކިޔާ ކެވޭވަރު
    މައިދައިތައާއެކު ގުޅިގެން އުޅޭވަރު
           ފަތިހާ ތެދުވެ ގޭމަގު ކުނިކެހޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ހުޅިނަގާފާ ފަހަތުން ނުދާވަރު
    މުޅިއާއިލާ ފުނޑުފުނޑުކޮށް ނުލާވަރު
         ރުޅި އިސްނުކޮށް ކަންނިންމަން އެނގޭވަރު
                           އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

ކެކުޅުމަށް ކެތްތެރިވާން އެނގޭވަރު
      ދެކުދިން އެކީގައި ގެންގުޅެލެވޭވަރު
          އެކުގާ ހަޔާތެއް      ނިންމާލެވޭވަރު
                            އަންހެނަކު މި ރަށުން ބޭނުން މަވެއްޖޭ

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ