އަދުގެ ޚާއްސަ

Print

މަސްވެރިކަމާމެދު މަސްވެރިއެއްގެ ޢަޒުމާއި ޝުޢޫރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ފަތުޙުﷲ ޖަމީލު މޫސާ، ނަލަ މަލަ/ލ. މާވަށް

          މަސްވެރިކަމުން ލިބިދޭނަފާ  ޢަޒުމެއްކަމަށް މަހަދާނަމޭ
              މަސްވެރިކަމީ "ރަންދުނިޔެ"އޭ  ތަކުރާރުކޮށް މަބުނާނަމޭ

         "ރަންބިސްއަޅާ ކުކުޅު"ގެބިހާ  ކުކުޅަށްވުރެންވެސް އަގުބޮޑޭ
                ރަންރިހިވިކޭ ބާޒާރުގާ  އަދިވެސްވަނީ މަސްވެރިކަމޭ
   

       ޤައުމުގެ ވަށައިގެންވާ ޚަޒާނާއޭ އެއީ ބަލަހުސްނުވާ
                ޤައުމީ ޞިނާޢަތަކީ އެޔޭ  އޭގައިވަނީ ތަނަވަސްކަމޭ

        މާޒީވެދިޔަ ޞަފުޙާތަކުން  ރަށްވެހިކަމާ މަދަނިއްޔަތާ
                މާރީތިކޮށް ދައްކައިދެނީ  ޝައްކެއްނެތޭ މަސްވެރިކަމޭ

        ކާމޭޒުތައް ފަޅުފިލުވަމުން  ކާނާތަކަށް ރަހަގެނުވަމުން
                ދާނޭކަމެއް ދިވެހިންތެރޭ  އޮތްނަމަ އެއީ މަސްވެރިކަމޭ

        ކަސްރަތުލިބޭ "ކުޅިވަރު"ތަކާ  ޞިއްޙީއެތައް ފައިދާތަކެއް
                މަސްވެރިކަމުން ނޫނީލިބޭން  ނުމެނެތްމެޔޭ މަބުނާނަމޭ

        މަސްވެރިކަމާ ގުޅިލާމެހޭ  އެކިފަންނުގާ ތިބި މާހިރުން
                ލަސްނުވެ މިކަން އާލާކުރަން  ތެދުވަން މިއަދު މަގޮވާނަމޭ

        އުސްތާޛުނާ އަދި ވާޢިޡުން  އުދަބާއުނާ އަދި ޝާޢިރުން
                "ރަސްއައިނު"ގާ ލިޔަމުންދަނީ  "ލޭނާރަކީ" މަސްވެރިކަމޭ

        ކަނޑުފަރުތަކާ ގިރިހާތަކާ  ކަނޑުފަރުދިރުން ހުއްޓާހިލާ
                މަޑުޖެހިފުކެއް ދޫކޮށްނުލާ  ކުރިޔަށްމިކަން ގެންދާނަމޭ

        ނިންމާލަމުން ބުނަމޭ ތެދޭ  ކުރުމަށްއޮތީ މަސްވެރިކަމޭ
                ދިންހާ އުފާ ދިރިއުޅުމުގާ  ހޯދައިދިނީ މަސްވެރިކަމޭ
                           (ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ