އަދުގެ ޚާއްސަ

Print

ޘާބިތު ހެކި

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


ކުދިވާހަކަ

މުޚްތާރު ޢަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ދަނޑުވެރި އަވަށެކެވެ. އެ އަވަށުގައި ދިރިއުޅޭ މީހުންނަކީ އާދައިގެ ފަޤީރު ބައެކެވެ. ތަޢުލީމީގޮތުންނާއި އިޤުތިޞާދީ ގޮތުންވެސް މާފެންވަރުމަތީ މީހަކު މިއަވަށަކު ނޫޅެއެވެ. އެބައެއްގެ އާއްމުޙާލަތު ހަމަޖެހުމާއި ނުޖެހުން އޮންނަނީ ކުރެވޭ މަސައްކަތެއްގެ މައްޗަށް ބިނާވެފައެވެ. މި އަވަށުގައި ކަންނެތް ކަމަށް ހުނިޖެހިފައިވާ ޒުވާނަކު އުޅުނެވެ. އޭނާގެ ނަމަކީ ސައިފެވެ. ސައިފު މަސައްކަތުގައި ކަންނެތެއްކަމަކު އޭނާގެ އަނގަ ކަންނެތެއް ނޫނެވެ. ބުއްދިއެއްވެސް ކަންނެތެއް ނޫނެވެ. މި އަވަށުގައި މުރާލި ދަނޑުވެރި ދެމަފިރިއަކު އުޅެއެވެ. މިދެމީހުންގެ އަންހެން ދަރިފުޅު ކާމިނީ އަކީވެސް ކެރޭ ހީވާގި މުރާލި ކުއްޖެކެވެ. ކާމިނީގެ ދިރިއުޅުން ފަޤީރުނަމަވެސް ފިޠުރަތުން އޭނާއަށް ދެއްވާފައިވާ ޞޫރައަކީ މުއްސަނދި ޞޫރައެކެވެ. ޕަރީޒާދުންގެ ބަގީޗާއަކުން ފޮޅުނު ފިނިފެންމަލެކެވެ.

ނަމަވެސް ދުނިޔޭގައި މީހުންގެ ރީތިކަން މަޝްހޫރު ވެފައިހުންނަނީ ދުނިޔަވީ އެހެން ސަބަބުތަކާއި ގުޅިގެންނެވެ. ކާމިނީގެ ލޯބި ވަޤުފުކޮށްގެން އުޅެނީ ސައިފަށެވެ. ކާމިނީގެ މައިންބަފައިންނާއި ލަފާދޭންތިބި މީހުން ސައިފުގެ ކަންނެތްކަމާއި ވިޔާނުދާކަމުން އެކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެ އުޅުނުނަމަވެސް ކަމުފޮޅާގޮތެއް ނުވިއެވެ. [ލޯތްބަކީ ކަނުއެއްޗެކޭވެސް ބުނެއުޅެއެވެ.] މައިންބަފައިންނަށްވެސް އެންމެފަހުންޖެހުނީ ހަތިޔާރު ބަހައްޓާފައި އެމީހުންގެ ލޯތްބަށް މަރުޙަބާކިޔާށެވެ. ހުރި އެންމެ އަންހެން ދަރިފުޅުގެ އުފަލަށްޓަކައެވެ. ސައިފާއި ކާމިނީގެ ކައިވެނިވީތާ ދެތިންމަސް ވީއިރުވެސް ސައިފުހަމަ އެއްވެސްބާވަތެއްގެ އާމްދަނީއެއް ލިބޭކަހަލަ އެއްވެސްކަމެއް ނުކުރެއެވެ. ކާމިނީ ވެސް މިހާރު ސައިފާ ދިމާއަށް ނުރުހުމުގެ ބަސްބުނެއެވެ. [ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯތްބަކުން ދިއުޅުމުގެ ހުރިހާކަމެއް ހަމައެއްނުޖެއްސޭނެ އެވެ.

ދިރިއުޅުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޟަރޫރީ ޚަރަދުތަކެއް ހުރެއެވެ. ] ކާމިނީ ކޮންމެދުވަހަކު ވެސް ސައިފަށް ކާންދީފައި ކޮންމެވެސް މަސައްކަތެއް ހޯދާށޭ ބުނެއެވެ.] ސައިފުބުނަނީ [އަދިތިޔަހައިވަރުން ނޫޅުނެއްކަމަކު ކަންތައްތައް ކުރަންޖެހުމުން ހުންނާނީ ކުރެވިފައެވެ.] މިކަހަލަ ކަންފޮޅާ ކުރު ޖަވާބެއްނޫނީ ނުދެއެވެ.

މިހާރު މި ލޯބީގެ ކައިވެނިވެސް ޤުދުރަތުގެ އުޞޫލާއި އެއްގޮތްވާގޮތުގެމަތިން ލޯބީގެ ރަނގަ ބާވާންފަށައިފިއެވެ. ދަވާދުގެ ކުލަ ފަނޑުވާން ފަށައިފިއެވެ. ހަމައެކަނި ކާމިނީއަކަށް ލޯބީގެ ރަނގަ އާކޮށް ދަވާދު އާކުރެވޭކަށްވެސް ނޯންނާނެތާއެވެ. މިހާރު ބައެއް މީހުން ކޮބާ! ކޮބާ! މަބުނީމެންނުން! މިހެންވެސް ބުނެލައެވެ.

ދުނީޔޭގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކާމިނީ ހެނދުނު ސައިފަށް ކާންދީފައި މި އަދު ކޮންމެވެސް މަސައްކަތެއް ކޮށްގެން އެއްޗެއް ހިފައިގެން ނޫނީ ނާނާންނާށޭ، ބައްޕަމެންވެސް ކަލޭތިއުޅޭ ގޮތަކާއި ޤަބޫލެއްނޫނޭ ބުނެފިއެވެ. ސައިފު މި އަދުގެ އިރު އަސްތަވީއިރު ވެސް ގެއަކަށް ނާދެއެވެ. ރޭގަނޑު ނިދާވަގުތު ވީއިރުވެސް ނާދެއެވެ. ކާމިނީއަށް މި ރެއަކު ނުވެސް ނިދުނެވެ. ޖެހިގެން އައި ރެއަކު އަނެއް ދުވަހަކުވެސް ސައިފުނާދެ އެވެ. ކާމިނީ ވ ާދެރައިން ނުވެސްކެވެއެވެ. ފެންވަރާ ހިތެއް ނުވަތަ ގޭތެރޭ ކަމެއް ކުރާހިތެއްވެސް ނުވެއެވެ.

ސައިފު މީގެ ތިންދުވަސްކުރިން ގެއިން ނުކުމެގެން ހިނގަމުން ހިނގަމުން ދިއައީ ޖަންގަލީގެ ތެރެއިންނެވެ. ދެތިންގަޑި އިރުން  ހިނގާފައި ދެވޭ އަވަށްގަނޑުގަނޑު މިހިސާބުގައި ހުރެއެވެ. އެއަވަށް އަވަށަށް ހިނގާފައި ގޮސްއުޅުމަކީވެސް ކޮށްއުޅޭކަމެކެވެ. ސައިފުއަތުގައި ތިލަދިގު ވަޅިއެއް އޮވެއެވެ. ސައިފު ހިނގާފައި ދަނިކޮން ޖަންގަލީތެރެއިން މޮޔަވެގެންއުޅޭ އެތެއް އޭގެ ހޮނުގަނޑު ހޫރަމުން އެބަ އާދެ އެވެ. ސައިފު ބިރުން ބިޔަގަހަކަށް އަރައިފި އެވެ. އެގަސްދަށުގައި އެތް ކަހަލަ ވިނަބޮނޑިތަކެއް ހުއްްޓެވެ. ގަހަށް އަރަނިކޮން ސައިފުގެ ވަޅިވެއްޓި އެތަނުން ފަތްބޮޑިއަކަށް ތިލަ އެކަށް ވަދެއްޖެއެވެ. އެބިޔައެއް އެގަސްދޮށަށް ނުކުމެ އެފަތްތަކުގެ ތެރެއިން ދެތިންބޮނޑިވަރު ހޮނޑުންނަގައި އަނގައަށް ކޮއްޕާލިއެވެ.  ދެންތަންކޮޅަކަށް ދެވުނުތަނައި އެބިޔަ އެތް ވެއްޓި ނުތެދުވެވި ތެޅިތެޅިފައި ހަރަކާތް ހުއްޓިއްޖެއެވެ. ދެން އެތް މަރުވެއްޖެކަން އެނގުމުން ސައިފު ގަހުން ފައިބައިގެން އައިސް އެތުގެ ދަތުގައި ތަޅައިގަތުމުންވެސް ބިނދުނީ އެންމެދަތެކެވެ. އެދަތްބުރި ފޭރާމަށްލައި ފޮރުވައިގެން ގަހަށްއަރައި އިނީއެވެ. މިހެން އިން އިރު އޭނާގެ ވަޅިލިބޭނެނަމަ ކޮންމެވެސް އިތުރުފައިދާއެއް ލިބޭނޭ ހިތަށް އަރައެވެ. މިހެން އިންދައި ކުޑައިރުކޮޅަކުން ބަޔަކުއަންނައަޑު އިވިއްޖެއެވެ. އެއީ ތިންމީހެކެވެ. އެމީހުން އަންނަނީ ވަލުތެރެ ހޯދަމުންނެވެ. އެމީހުންނަށް މަރުވެފައި އޮތް އެތް ފެނިއްޖެއެވެ. ދެން އެމީހުން ވީއުފަލުން ވަރެއްނެތެވެ. އެތަނުން ދެމީހުން އެތުގެ ކައިރީގައި ބައިތިއްބާފައި އެ އެތް ގެންދާނެ މީހުންނާއި ސާމާނުބަލައެވެ. ދެންތިބި ދެމީހުންގެ ވާހަކައިން މިއެތާއި ބެހޭ ޚަބަރު ސައިފަށް ސާފުވެ އެނގިއްޖެއެވެ. އެތަނުން އެކަކު ބުނެފިއެވެ. މަބުނީމެންނުންތަ؟

މިޒަހަރު ކައިފިއްޔާ އެސޮރު މަރުވާނެއޭ! އަހަރުމެން ރަށުގެ ވެރި ސަރުދާރު ވަނީ މި އެތް މަރައިލި ފަރާތަކަށް ބައިތުލް މާލުން ދެބައިކުޅައެއްބައި ދިނުމަށް އިޢުލާން ކޮށްފައެވެ. އެހެން ވާނެތާއެވެ. މިއެތް މޮޔަވެގެން ވާހާލު ރަށުތެރެއަށް އަރައި އެސޮރުގެ ހޮނޑުން ޖިފުޑިތަކާއި ގަސްރުއް ވަނީ ހަލާކު ކޮށްފައެވެ. އެ ސޮރުގެ ފައިދަށުލައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް މަރާފައިވަނީ މަދެއްކޮށެއް ނޫނެވެ. މި ސޮރު އަތުލުމަށްޓަކައި މިހާރުވެސް އެތައް ބަޔަކު މަސައްކަތް ކުރަމުން އެބަގެންދެއެވެ. ނަޞީބު ރަނގަޅުކަމުން މިކަން މިކާމިޔާބުވީ އަހަރުމެންނަށެވެ.

ދެން އަވަށުތެރެއަށް ދިޔަމީހާ ގާޑިޔަލަކާއި މީހުންނާއި ގޮވައިގެން އަތުވެއްޖެއެވެ. އެ އެތް ގާޑިއަޔަލަށް އަރުވައިގެން އަވަށުގެ ޙާކިމު ސަރުދާރުގެ ގޭދޮށަށް ހިނގައްޖެއެވެ. ސައިފުވެސް މި މީހުންގެ ފަހަތުން ދިޔައެވެ. ދެން ބަލާންހުރިމީހުން ބަލަންހުރިގޮތަކަށް ބަލައި އެއީ މޮޔަ އެތް، ކަމަށް އެއްބަސްވެއްޖެ އެވެ. ވީމައި ސަރުދާރު އެމީހުންނަށް އެ އެތް މަރައިލިކަމުގެ އިނާމު ދިނުމަށް ނިންމައިފިއެވެ. މިވަގުތު ސައިފު ސަރުދާރުގެ ކުރިމައްޗަށް އައިސް އަދަބުވެރިވެފައި ނަންގަތެވެ. އެ މޮޔައެތް މަރައިލީ އަޅުގަނޑެވެ. އެމީހުން އެ ހަދަނީ،  ދޮގެވެ. ދެން މައްސަލައަކަށްވެ މައްސަލަބެލުމަށް ޖަޖުންގެ ބަޔަކާއި ހަވާލުކުރެވިއްޖެއެވެ.
ޖަޖުން ، އެތްމެރިކަމަށް ބުނާ މީހުންނާއި މުޚާތަބްކޮށް : [މިއެތް މަރައިލީ ކަލޭމެންގެ މަސައްކަތުންކަމަށް ޘާބިތުކޮށްދޭށެވެ. ހެއްކެއް ، ދަލީލެއް ، ޙުއްޖަތެއް އެބައޮތްތަ؟ އޮތްނަމަ އެކަން ގަބޫލުކުރެވޭކަހަލަ ގޮތަކަށް ބަޔާންކުރޭ!]

އެތް މަރައިލަކަމަށް ބުނާ ތިންމީހުން : މި މޮޔަ އެތް މަރައިލި ފަރާތަކަށް އިނާމުދެއްވުމުގެ އިޢުލާން ކުރި ދުވަހުން ފެށިގެން އެ އެތް މަރައިލުމަށް އުޅުނު ޖަމާޢަތްތަކުގެ ތެރެއިން އަޅުގަނޑުމެން ތިންމީހުން ވީމުއެވެ.
ޖަޖުން : ކަލޭމެން އެ އެތް މަރައިލުމަށް ބޭނުންކުރީ ކޮންކަހަލަ ހަތިޔާރެއް ނުވަތަ ކޮންބާވަތެއްގެ އުކުޅެއް؟

އެތް މަރައިލި ކަމަށް ބުނާ ތިންމީހުން : އަޅުގަނޑުމެން ހަތިޔާރެއް ބޭނުމެއް ނުކުރަމެވެ. އަޅުގަނޑުމެން ބޭނުންކުރީ ޒަހަރެވެ.  އެޒަހަރު އެތްކާބާވަތުގެ ފަތުގައި އުނގުޅާފައި ހުއްޓައި އެފަތް ކައިގެން އެ އެތް މަރުވީ!

ޖަޖުން : އެ ޒަހަރުލީފަތް އެ އެތް ކޭކަން ޘާބިތުކޮށްދެވިދާނެތަ؟

 އެތް މަރައިލަކަމަށް ބުނާ ތިންމީހުން : އެޒަހަރުލީފަތް ކައިގެން ނޫނީ އެ އެތް މަރެއް ނުވާނެއެވެ.

ޖަޖުން ސައިފާއި މުޚާތަބުކޮށް : ކަލެއަކީ ކާކުތަ؟ ކަލޭ އެ އެތް މަރައިލިކަމަށް ތިޔަބުނަނީ! ، އެކަމުގެ ޘާބިތު ހެއްކަކީ ކޮބައި ؟ އެ މޮޔަ އެތް މަރަން، ކަލޭ ކުރި ކަމަކީ ކޮބައި؟

ސައިފު: އޭނާގެ ތަޢާރަފަށް ފަހު [ އަޅުގަނޑަކީ މާމޮޅު މީހަކުނޫން ނަމަވެސް އަޅުގަނޑު ކުރިމަތިލީ ކަމެއް ކުރުމަށްޓަކައި ހިތްމަތާއި އެކު މަސައްކަތް ކުރަމެވެ. އަޅުގަނޑުވެސް އެ އިނާމުގެ އަޑު އެހިދުވަހުއްސުރެ އެކަމާ އުޅެނިކޮށް މި އަދު ވަލުތެރެއިން މި މޮޔައެތް އަންނަނިކޮން ފެނިއްޖެއެވެ. އަޅުގަނޑު ފެނިފައި އެ އެތް ހަޅޭލަވައިގަތް ވަގުތު އެސޮރަށް ދިގު އާފުރުމެއް އައިސްގެން ތަންމިނަށް އަނގަހުޅުވި ދެލޯމެރުނު ވަގުތު އަޅުގަނޑު އަތުގައިއޮތް ވަޅިއެއް ކަރުބުޑަށް އެއްލީމައި ވަދެގެން ހިނގައްޖެ އެވެ. އެސޮރު އެ އާފުރުންގަނޑު ހަމަޖެހުމުން އަގަލައްޕައިލައި ހިންދިރުވައިލުމުން އެވަޅިން އެސޮރުގެ ގޮހޮރު ފަޅައިގެންދާނެ އެވެ. އެ ސޮރު ތަންގަނޑަކަށް ހިނގާފައި ރޫރޫ އަޅާފައި ވެއްޓިއްޖެ އެވެ. ދެން އަޅުގަނޑު ލަކުޑިގަނޑަކުން އޭގެ ތަލަމަތީ ތަޅައި މަރައިލީއެވެ. ]

ސައިފުން މިހެންބުނުމާއި އެކު އެތިންމީހުންކުރެ އެކަކު ބުނެފިއެވެ.: އަޅުގަނޑުމެން ފަތްކަނޑައި ހަދަން ގެންގުޅުނު ވަޅި ވަނީ ގެއްލިފައެވެ. ވީމައި އެ ފަތް ކޭއިރު އެވަޅިކެވުނުތަން މީނާއަށް ފެނިގެން ވަޅިއެއްގެވާހަކަ ދައްކަނީ އެވެ.

ޖަޖުން : ކަލޭ ތިޔަބުނާ ގޮތް ވެސް ވެދާނެއެވެ. ވީމައި ކަލޭތިބުނާ ވަޅިއެއްގެ ސިފައާއި މިންތަކާއި ފާހަގައެއްވާނަމަ އެފާހަގައެއް ބަޔާންކުރާށެވެ.

އެމީހުން  އެވަޅީގެ ސިފަތަކާއި ފާހަގަތައް ބަޔާންކޮށް ނިމުމުން ޖަޖުން ސައިފާއި ދިމާއަށް.

ޖަޖުން :ސައިފު ތިބުނާ ވަޅިއެއްގެ މިންތަކާއި ، ސިފައާއި ، ފާހަގައެއްވާނަމަ އެކަން ރަނގަޅަށް ބަޔާންކުރާށެވެ.

ދެންސައިފު އޭނަގެ ވަޅީގެ ސިފައާއި އޭގައިވާ މިންތަކާއި ވަޅީގެ މުށްގަނޑުގައި ލިޔެފައިވާ އޭނަގެނަމާއި ހުރިހާކަމެއް ބަޔާންކޮށްދީފިއެވެ.

ޖަޖުން : ކަލޭމެން ތިންމީހުން ދެން އިތުރަށް ދައްކާނެ ހެއްކެއް ނުވަތަ އިތުރަށް ސާބުތުކުރާނެ އެއްވެސް ކަމެއް ވޭތަ ؟

ތިންމީހުން : ދެން ނެތެވެ.

ޖަޖުން : ސައިފު އިތުރަށް ދައްކާނެ ހެއްކެއް ނުވަތަ ގަރީނާއެއް ވޭތަ؟

ސައިފު : އަޅުގަނޑު އެ މޮޔަ އެތް މަރައިލަން ތެޅިއިރު އެ އެތުގެ އެއް ދަތް ވަނީ ބިނދިފައެވެ. ، ވީމައި އެ ދަތްބުރި އަޅުގަނޑުގެ ބަހުގެ ތެދުކަން ޘާބިތު ކޮށްދޭނެއެވެ.

ދެން ބެލިއިރު ސައިފު ދެއްކި ހެކި ޘާބިތުވެ އެމޮޔަ އެތް މަރައިލީ ސައިފުކަމަށް މައްސަލަ ނިމި ފައިޞަލާވީއެވެ. އެތާގެ ބައިތުލްމާލުގައި މާއަގުބޮޑެތި ތަކެއްޗެއް ނުހުރެއެވެ. ފައިސާ ވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ. ގިނައީ ގޮވާމުގެ ބާވަތްތަކެވެ. ސައިފަށް ލިބުނު ތަކެތި 70 ޖަމަލުގައި ހިފައިގެން އައިދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. ސައިފާއެކު އެތަކެތި ހިފައިގެން އައިމީހުން ގާތުގާތުގައި ވެސް އެ ދުވަހު އެ ތަނުގެ އަހުލުވެރިން ދައްކައި އުޅުނީ ސައިފުގެ ކުޅަދާނަކަމާއި ، މުރާލިކަމާއި ، މޮޅުކަމުގެ ވާހަކައެވެ.

ހީލަތާއި މަކަރުހުރި
ޑީއަ މުޅި ހިތުތެރޭ ފުރި
އޭނަގެ ވެތިބަހުން ޅުރި
ކީކީ ކިހަނަތޯ އެނގޭހުރި
ޖީލުތަށްވެސް މިހެން ހުރިކަ
މީ މިސާލު ވިސްނާކަ


(ނިމުނީ)

25.5.2007

ހަމަމިގަލަމުން

އިދާރާ

ވާހަކަ