އަދުގެ ޚާއްސަ

Print

ޤައުމީ ދިދައިގެ އަޑު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އޯޑިއޯ




ޅެން: ޖައުފަރު ޢަބްދުއްރަޙްމާން
ރާގު / މިޔުޒިކު: ޢަލީ މަނިކު (ދާރީ)


ފަޚްރުވެރިކަން ހާމަކޮށް ދިނުމަށްޓަކާ ތާއަބަދުގާ
 ވިހުރިލަން ފުރުސަތު ލިބޭތޯ ލާށެ ތިދަރިން އަތުގުޅާ

ލިބުނު ފަޚުރާ ޢިއްޒަތުގެ ރަމްޒެއްކަމަށް ވެވިގެން މިތާ
 އިހުގެ ކާބަފައިންގެ ޤުރުބާނީ އެދިން މިނިވަންކަމާ
  ލިބުނު ނަޞްރުގެ ޙައްޤުގާ ވިހުރޭނަމޭ އަބަދަށްޓަކާ

ހިޔަލަށް ނުފުދޭހެ ފެއްސާ ހުދު ރަތާއި ގުޅާލުމުން
 ދިޔަ އެތައް އަހަރެއް މިގޮތުގާ ދުނިޔެއަށް ދައްކާލުމުން
  ހިޔައެތައްހާސް އަހަރަކަށްވެސް ވާނަމޭ ޤައުމަށްޓަކާ

ހެއްލިގެން ބައިބައި ނުވާށޭ މީއެދޭއެދުމޭ އަހާ
 ދެއްވި ނިޢުމަތުގާ ވެ ދޭށޭ މީ ނަޞޭޙަތެކޭ ހިތާ
  އެންމެ މަތިވެރި ހައިބަތާއެކު ވިހުރިލާނަމެ ޝަރަފުގާ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ