އަރަތް: 22
ޢަބްދުލްމުޢީދު ޙަސަން
ޢިމާރާތެއްގެ އެންމެ މަތީގައި ހަދާފައި ހުރި ހަރުގަނޑަކަށް މީހަކު އަރައި ހުއްޓާ، އެހެން މީހަކު އައިސް އޭނާއާ ދިމާއަށް ފިސްތޯލައެއް ދިއްކޮށްލާފައި ބުންޏެވެ.
"ހަމަ މިހާރު ފުންމާލާށެވެ! ނޫންނަމަ ތިބާ މަރާލާނަމެވެ."
އެއީ ދިހަ ފަންގިފިލާގެ އުސް ޢިމާރާތެކެވެ. އެތަނުން ބިންމައްޗަށް ފުންމާލައިފިނަމަ އޭނާ މަރުވެދާނެއެވެ.
އޭނާ އެތަނުގައި ހުރެއްޖެނަމަ، އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާނެ ކަމުގެ އިންޒާރު އެބަދެއެވެ.
ނަމަވެސް، އެއްވެސް އަނިޔާއެއް ނުލިބި އޭނާ ސަލާމަތްވެގަތެވެ.
އޭނާ ސަލާމަތްވެގަތީ ކިހިނަކުން؟
<>
ޖަވާބު ހުށަހެޅުއްވި ބޭފުޅުންނަށް އިޚުލާޞްތެރި ޝުކުރު އަރިސްކުރަމެވެ.
ދެން ލިޔާ އަރަތްތަކުގައި މާހިންގެ ޚިޔާލަށް ރިޢާޔަތް ކުރެވޭނެއެވެ.