އަދުގެ ޚާއްސަ

Print

ޤައުމީ ދުވަހުގެ އިސްޓޭޖް ޝޯވް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ޝަރީފު، ރޯޒީ، ށ.ފުނަދޫ

1428ވަނައަހަރުގެ ޤައުމީދުވަސް ޤައުމީފެންވަރުގައި ސަރުކާރުން ފާހަގަ ކުރެއްވީ ށ. ފުނަދޫގައެވެ. ރަސްމީ ހުރިހާ ރަސްމިއްޔާތު ތަކެއް އޮތީ ފުނަދޫ ގައެވެ. ރަސްމީ ޖަލްސާއެވެ. ދަނޑުކުޅިވަރު ތަކެވެ.ސުޓޭޖު ޝޯއެވެ. ސިފައިން ނާއި ކެޑޭޓުންގެ ޕެޜޭޑެވެ. މިކަންތައްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެކަމަކަށް އެންމެބޮޑު ޝަވްޤުވެރިކަމެއް ބަހައްޓައިގެން ބެލީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސްޓޭޖް ޝޯވ އެވެ.

ޝޯވގައި ރާއްޖޭގެ މަޝްހޫރު މިޔުޒިކު ބޭންޑެއްގެ މިޔުޒިކު ހިމެނިގެން ދިޔައެވެ. އެއީ ރާއްޖޭގެ ނަން މަޝްހޫރު އެތައް ލަވަކިޔުންތެރިންތަކެއް އެބޭންޑެއްގައި ހިމެނޭ ބޭންޑެކެވެ. މީގެ އިތުރުން އެ ޝޯވ ގައި ށ.އަތޮޅުގެ ބޮޑެތި ސުކޫލު ތަކުންނާއި، ބައެއް ޖަމިއްޔާތަކުން ފޯރިގަދަ ނެށުމުގެ އައިޓަމްތަކާ ޘަޤާފީއައިޓަމްތައް ހުށަހަޅައި ދިނެވެ.

ފާތުންދައިތައާއި،އާގޯތި ދޮންދައިތަ އެމީހުންގެ ގުރޫޕާއި އެކު ޝޯވ ބަލަން ދިޔައީ އެރަށު އެއިޑު ޖަމިއްޔާގެ ޒުވާން އަންހެންކުދިންކޮޅެއް ހުށަހަޅާ ފޯރިގަދަ ނެށުމުގެ އައިޓަމެއް ބަލައިލުމުގެ ނިޔަތުގައެވެ. ގޯތި ކުދިން ވެސް އެ ގުރޫޕުގައި ހިމެނޭތީއެވެ. އެމީހުން ނަށަނީ ވަރަށް ފޯރިގަދަ ލަވައަކަށް ކަމަށްވެސް ވާތީއެވެ.

ޝޯވ ފެށިއްޖެ އެވެ. ކަމާކެމި ހަމަޖެހިފައިވާގޮތުން އެ ބުނާ ލަވައެއް އޮތީ ފަސްވަނަ އަށެވެ. ދިގު އިންތިޒާރަކަށްފަހު އެ ލަވައާއި ޖެހިއްޖެއެވެ. ޝޯވ ހުށަހަޅާފަރާތުން އެދުމާއިއެކު ބައިވެރިން ސްޓޭޖަށް އަރައިފިއެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ މިޔުޒިކު ފެށޭނެ އިރަކަށެވެ. 30 ސިކުންތު ވެއްޖެ އެވެ. 45 ސިކުންތު ވެއްޖެއެވެ. އެއްމިނިޓުފާއިތުވެގެން ހިގައްޖެ އެވެ. މިޔުޒިކުގެ އަޑެއް ނުއިވުނެވެ. އިވުނީ ޝޯވ ހުށަހަޅާ ފަރާތުގެ އަޑެވެ. ޓެކުނިކަލް މައްސަލައެއް ޖެހުނިއްޔޯލައެވެ.

އައިޓަމު ތަކަކަށްފަހު އަނެއްކާވެސް އެއްކަލަޑާންސް ގެންނަން އުޅޭކަން އިޢުލާން ކޮށްފިއެވެ. ފާތުންދައިތަ މެންގެ ގުރޫޕް އުފަލުން ހަޅޭއްލަވައި ގަތެވެ. ފުމެ ގަތެވެ. ނަށައިގަތެވެ. އެކަމަކު މިފަހަރުވެސް......ހަމަ ކުރީފަހަރު ވީގޮތެވެ. ކުދިންތައް ސްޓޭޖަށް އަރާތިބެތިބެ މިޔުޒިކެއް ނައެވެ. މި ފަހަރުވެސް ޓެކުނިކަލް މައްސަލަ އެކެވެ.

ކޮންމެއަކަސް އެރޭ އެއައިޓަމް ގެނެވޭގޮތެއް ނުވިއެވެ. ފާތުން ދައިތަމެން ވަރަށް މާޔޫސްވެ އަދި އެހާމެ ރުޅި އަރައިގެން ގެއަށް ދިޔައީ މާދަމާރޭގެ ޝޯވ ބަލަން ނައުމަށް ނިންމައިގެންނެވެ.

އޭގެ އަނެއްރޭ ފާތުން ދައިތަ އޮތީ ގޭދޮށު ޖޯލި ފަތީގައެވެ.ކުއްލިއަކަށް އެއްކަލަ ލަވަ އަންނައަޑު އިވިއްޖެއެވެ. ހިމޭނަކުން ނޯވެވުނެވެ. ތެދުވެ ކަނޑިކިން އަރުވާޖަހާފައި ދުއްވައިގަތީ އާގޯތި ދޮންދައިތަ ހޯދާށެވެ. ދޮންދައިތަ އާއި އަދިވެސް ގޭކައިރި ރަޙުމަތެރީންނާއިއެކު ދުއްވައިގަތީ ސުޓޭޖާއި ދިމާއަށެވެ. ސުޓޭޖު އެހާ ދުރެއްވެސް ނޫނެވެ. އެކަމަކު ވަކި ހިސާބަކަށް ދެވުނު ތަނާ..... ކަމަކު ދާކަށްނެތެވެ. ދޮންދައިތަގެމުޅިކަނޑިކި އެކީ ތެމިއްޖެ އެވެ. މި ކަމަމަކާއިހެދި ކުރިއަށް ދާކަށް ނުކެރުނެވެ. އަނބުރާލާފައި އައީ ގެއަށެވެ. އެތައް އިންތިޒާރަކަށް ފަހުވެސް ނެށުން ފެނަންގޮތެއް ނުވިއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ