އަދުގެ ޚާއްސަ

Print

މަސްޖިދުލް އަޤުޞާ އާއި ޤުއްބަތުއް ޞަޚުރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ޤުއްބަތުއް ޞަޚުރާގެ ފޮޓޯ ވަރަށް ގިނައިން ފެނެ އެވެ. އޭގެ ބޮޑެތި ޕޯސްޓަރުތައް ވެސް ހަދާފައި ހުރެ އެވެ. ނަމަވެސް މަސްޖިދުލް އަޤުޞާގެ ފޮޓޯ ފެންނަނީ ވަރަށް މަދުންނެވެ. މިއަހަރު، ޙައްޖާޖީން ކުޑަކުދިންނަށް ގެނައި ބައެއް ހަދިޔާތަކުގައި ވެސް، ޤުއްބަތުއް ޞަޚުރާގެ ފޮޓޯ ޖަހާފައިވެ އެވެ.

ޤުއްބަތުއް ޞަޚުރާގެ ފޮޓޯ މުސްލިމުންގެ ތެރޭގައި ޢާއްމުކުރަނީ، ކޮން ބޭނުމަކު ބާވައެވެ؟ މިހާރު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ހީކުރާ ގޮތުގައި، ޤުއްބަތުއް ޞަޚުރާ އަކީ، މަސްޖިދުލް އަޤުޞާ އެވެ. މާދަމާ، ޔަހޫދީން މަސްޖިދުލް އަޤުޞާ ތަޅާލައިފިނަމަ، މުސްލިމުން ހީކުރާނީ، އަދިވެސް މަސްޖިދުލް އަޤުޞާ އެބަހުރި ކަމަށެވެ.

ތިރީގައި މިވަނީ މި ދެ މިސްކިތުގެ ފޮޓޯ އެވެ. މީގެ ތެރެއިން ޤުއްބަތުއް ޞަޚުރާގެ ފޮޓޯ، ބައެއް ޣައިރު މުސްލިމުން ފަތުރަނީ މުސްލިމުންނަށް އޮޅުވާލުމަށްޓަކަ އެވެ. ގިނަ މުސްލިމުންނަކަށް މިކަމެއް ނޭނގެ އެވެ.



ޤުއްބަތުއް ޞަޚުރާ




މަސްޖިދުލް އަޤުޞާ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ