އަދުގެ ޚާއްސަ

Print

އަންހެނުންގެ ސިފަތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


އަންހެނުންގެ ރީތިކަން ބެހެނީ ތިން ބަޔަކަށެވެ. އެއީ

1- ފިރިހެނާގެ ހިތަށް ފެންނަ ރީތިކަން
2- ފިރިހެނާގެ ލޮލަށް ފެންނަ ރީތިކަން
3-  ޒީނަތްތެރިވުމަށާއި ހަށިގަނޑަށް އަޅައިލުމަށް އަންހެނާ ދޭ އަހައްމިއްޔަތުގެ ސަބަބުން އުނިއިތުރުވާ ރީތިކަން



އަންހެނުންގެ ހިތްތައް  ބެހެނީ ތިން ބަޔަކަށެވެ. އެއީ

1-    ފިރިހެނާގެ ސިކުނޑި އަށް ހިތްކިޔާ އަންހެނާ
2-    ފިރިހެނާގެ ޖީބަށް ހިތްކިޔާ އަންހެނާ
3-    ފިރިހެނަކަށް ވާތީ ހިތްކިޔާ އަންހެނާ



އަންހެނުންގެ ސިކުނޑިތައް ބެހެނީ ހަތަރު ބަޔަކަށެވެ. އެއީ

1-    ވިސްނާ ފިކްރުކޮށް ޢަމަލުކުރާ ސިކުނޑިތައް
2-    ވިސްނާފިކްރުކޮށް  ޢަމަލު ނުކުރާ ސިކުނޑިތައް
3-    ފިކްރު ނުކުރާ ޢަމަލުކުރާ ސިކުނޑިތައް
4-    ފިކްރު ނުކުރާ ޢަމަލު ނުކުރާ ސިކުނޑިތައް



ޢުމުރުން ދުވަސްވެފައިވާ  ނަމަވެސް އޭނާގެ ރީތިކަމާއި ލޫޅާފަތިކަމާއި ބަނިޔާދަންކަން މަތީގައި އިން އަންހެނާ ސުވާލުކުރެވުނެވެ. ތިބާ އަށް ތިޔަ ރީތިކަންމަތީ ތިޔަ އިނދެވުނީ  ކޮންކަހަލަ ރީތިވާ  އެއްޗެހިތަކެއް ބޭނުންކޮށްގެންހެއްޔެވެ؟ އެ އަންހެނާ ޖަވާބުގައި ބުންޏެވެ.

•    އަހަރެންގެ ތުންފަތަށް ބޭނުންކުރަނީ ތެދުވެރިކަމާއި ޙައްޤެވެ.
•    އަހެރެންގެ އަޑަށް ބޭނުންކުރަނީ ދުޢާއާއި ޛިކްރެވެ.
•    އަހަރެންގެ ލޮލަށްޓަކައި އޯގާތެރިކަމާއި ކުލުނުވެރިކަމެވެ.
•    އަހަރެންގެ އަތަށްޓަކައި އިޙްސާންތެރިކަމެވެ.
•    އަހަރެންގެ ބައިމައްޗަށްޓަކައި ތެދަށްހުރުމެވެ.
•    އަހަރެންގެ ހިތަށްޓަކައި ލޯތްބެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ