އަދުގެ ޚާއްސަ

Print

ފިނިފެންމާ

ޝާޢިއުކުރީ މުޙައްމަދު އާދަމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙައްމަދު އާދަމް  /ހދ.ކުމުންދޫ

މާތަކުތެރޭން ފާހަގަވަނީ ރަނިކަންކުރާ ފިނިފެންމަލޭ   
             މާތައް އެހެން އެމަލަށްޓަކައި ކުރުނީސްކުރާފަދަ "ރަސް"މަލޭ

ފިނިފެންމަލުގެ ތެރެއިންވިދާ ފިނިފެން ފިޔާތޮށި ކުލައަރާ
            މިނިވަން ދިވެހި ޖައްވުން ނަޔާ ހިނިތުންވަނީ ފިނިފެންމަލޭ

ޅަޒުވާން ކުދިން އިސްތަށިގަނޑަށް ވެދުމެއް ކަމަށް ހަދިޔާކުރާ
             ޅަޒުވާނަކަސް މުސްކުޅިޔަކަސް ޒީނަތްކުރާ ފިނިފެންމަލޭ

އުނިކަން މަލުން ފެނުނަސްހެވޭ ތަޢުރީފުތައް އޮހެމުންދެޔޭ
            ދުނިޔޭގެ ލޯތައް ހުއްޓިދާ  މާތަކުގެފަރި  މޫރިތިމަލޭ

ފިނިފަތިހުގައި ފޮޅެމުންދެޔޭ ފިޔަތައް ހުޅުވި ޒީނަތްވެޔޭ
           ފިނިހިތްތަކަށް ލިބެމުންދެޔޭ  ފިނިވައިތެރޭންވާ ފަރިމަލޭ

އެކިއެކި މުނާސަބަތުގެ ތެރޭން ދެކިފަރިތަ މިތުރުންނާގުޅޭ
            ހެކިކޮށް އެމާޙައުލުގެ ތެރޭ  ދެކެފާވަނީ  ފިނިފެންމަލޭ

އިންދާ އެހައްދަން އުނދަގުލޭ ހިތްމަތް އެހެންނަމަވެސްކުރޭ
          ބިންނަން އުޅޭނަމަ ކަށިހެރޭ  އެހެނަސް އެއީވާ ނަލަމަލޭ

ރިއްސާ ހިތަށް ލޯތްބެއްލިބޭ ޢިޝްޤުގެ ދަނޑަށް ރޯކަންލިބޭ
           ހިއްސާވެގެން ހެއްވާލަދޭ   އިންޢާމަކީ  ފިނިފެންމަލޭ


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ