އަދުގެ ޚާއްސަ

Print

27 ވަނަ އަރަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ޢަބްދުލްމުޢީދު ޙަސަން


މިއަރަތަށް ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ، 31 ޖެނުއަރީ 2010 އެވެ.
މިއަރަތުގެ ރަނގަޅު ޖަވާބު ދެއްވާ ބޭފުޅުންނަށް އެރުވުމަށް ހަމަޖެހިފައިވާ އިނާމަކީ، ވެބްސައިޓެކެވެ.


އަރަތް:

މިއީ މީގެ ކުރިން ގެނެސްދެވިފައިވާ އަރަތްތަކާ ތަފާތު އަރަތެކެވެ.
ތިރީގައިވާ ފޮޓޯގައި އެވަނީ، އިސްލާމީ ދުނިޔޭގެ ވަރަށް މަޝްހޫރު ޝަޚުޞިއްޔަތެކެވެ.
އެސްފިޔަ ނުޖައްސަވާ އެއް މިނިޓް އިރު ވަންދެން ފޮޓޯގެ މެދަށް ބައްލަވާށެވެ.
ދެން ލޯމަރާލެއްވުމަށްފަހު، ސާފު ފާރަކާ ދިމާއަށް ތިބާގެ މޫނު ކުރިމަތިކުރައްވާށެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ފޮޓޯގައިވާ ޝަޚުޞިއްޔަތު ތިބާއަށް ފެނިވަޑައިގަންނަވާނެ އެވެ.
ލޯ ހުޅުވާލައްވާނީ، ޝަޚުޞިއްޔަތުގެ ފޮޓޯ ރަނގަޅަށް ފެނިވަޑައިގަތުމުންނެވެ.
ސްކްރީނަށް މުޅި ފޮޓޯ އަންނަ ވަރަށް ބޮޑުކުރައްވައިގެން ބެއްލެވުން މޮޅުއިތުރެވެ.
(މިކަމަށްޓަކައި، ކޮންޓްރޯލް ފިތަށް ފިއްތަވާލައްވައިގެން، މައުސްގެ ސްކްރޯލް ފިތް ބޭނުންކުރެއްވިދާނެ އެވެ.)

ތިބާއަށް ފެނިވަޑައިގަތީ ކޮން ޝަޚުޞިއްޔަތެއް؟










އެހީ:

ފޮޓޯގައިވާ ޝަޚުޞިއްޔަތުގެ ނަމުގެ ފުރަތަމަ އަކުރު ފޮހެލައިފިނަމަ، ދެން ހުރި އަކުރުތަކުން އުފެދޭ ލަފުޒަކީ ކުލައެއްގެ ނަމެވެ.
ތިންވަނަ އަކުރު ފޮހެލައިފިނަމަ، ދެން ހުރި އަކުރުތަކުން އުފެދޭ ލަފުޒުގެ މާނައަކީ "އިހު" ގެ އިދިކޮޅެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟