އަދުގެ ޚާއްސަ

Print

ލާމެހިފައިވާ ފިޠުރަތު

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާނު (އުތީމު)

އަރާފައި އިރު ނުއޮއްސެއްޏާ ކޮބައި ރޭގަނޑުގެ ފުރުޞަތަކީ؟
    މަރާފައި ލޯ ނުހުޅުވެންޏާ ކޮބައި މަންޒަރުގެ  ޢިބްރަތަކީ؟

ޖެހޭ ގަދަ ބާރު ވައިގެތެރޭ މުލުން ރުއްގަސް ބިމުން ލުހުނަސް،
    ވެހޭ ވާރޭ  ނުހުއްޓެންޏާ ކޮބައި  މި ތަނުގެ  ޠަބީޢަތަކީ؟

ނުވާ ޝައްކެއް މަގުން ކަނޑުގައި، ދަމާ ގަދަބާރު އޮއި  ދެމެމުން
    ނުވާނަމައީ ބަދަލު  ދިޔަވަރު  ކޮބައިބާ  އޮއިގެ   ޙިކްމަތަކީ؟

ދިފާޢު ވިޔަސް ބަލިން ޖެހިދާ  ތަފާތު ދެ ގޮތް ނު ފެންނަންޏާ،
    ޝިފާގައި ހުރި އުފައުވެރިކަން ކޮބައި   އެނގިދާނެ ލަމްޙަތަކީ؟

މިތާ ވޭނާ އުފާ ހިމެނޭ، ޙަޔާތުގެ  ދަންފަޅީގެ  ތެރޭން
    ހިތާމަ ވަޒަން   ނުކުރެވެންޏާ   ކޮބައި  އުފަލެއްގެ ރާޙަތަކީ؟

ބަލާޔާ، އާފަތާ ހިމެނޭ    ޙަޔާތެއްގައި   ނުއުޅެވެންޏާ،
    ސަލާމަތްކަން ވަޒަން ކުރުމަށް ކޮބައި    ބެލިދާނެ ނިސްބަތަކީ؟

އުރާ، ކާންދީ، ބަލައި ބޮޑުކޮށް  ފުރާ ފުރިހަމަ ވުމުން ދަރިޔާ،
    އުރައިގެން މަންމަ ނުހިނގަންޏާ    ކޮބައި ޢުމުރުގެ ޙަޤީޤަތަކީ؟

މަލުން އޮށަކަށް، އޮށުން ގަހަކަށް، ގަހުން އުފެދޭ ފަހުން މަލަކަށް
    އަލުން ފުރުޞަތު    ނެތީވިއްޔާ    ކޮބައިހޭ އޭގެ ފިޠުރަތަކީ؟ 

(ނިމުނީ)
 

އިދާރާ

އެނގޭތަ؟

ވާހަކަ