އަދުގެ ޚާއްސަ

Print

މިޒަމާނުގައި ނަބީކަމަށް ދަޢުވާކުރި ބައެއް އަންހެނުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ވޭތުވެ ދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ފަންސާހަށްވުރެ ގިނަ މީހުން ނަބީކަމަށް ދަޢުވާކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެ އެވެ.

މިލިޔުމުގައި ކުރުކޮށް ގެނެސްދީފައިވާނީ، އޭގެ ތެރެއިން ހަތަރު އަންހެނެއްގެ ވާހަކަ އެވެ. އެއީ، ޒަހުރާ އުންމުލް އަންބިޔާ އާއި، ސުރައްޔާ މަންޤޫޝާއި، އަލީސް ލުކުނާ އާއި، މަނާލު ވަޙީދެވެ. މި ލިޔުމާއެކުގައިވާ ފޮޓޯގައިވަނީ، މަނާލު ވަޙީދެވެ.


ޒަހުރާ އުންމުލް އަންބިޔާ


މިއީ، ޓިއުނީޝިއާގެ އަންހެނެކެވެ. މީނާއަކީ، ސާނަވީ މަދުރަސާއެއްގެ މުދައްރިސާއެއް ކަމުގައިވި އެވެ. ދިރިއުޅުނީ، ވެރިރަށް ޓިއުނީޝިއާގަ އެވެ. ތިން އަހަރު ދުވަސް ވަންދެން މީނާ ނަބީކަމަށް ދަޢުވާކުރި އެވެ. މީނާއަކީ، ހުރިހައި ދީންތަކެއް އެއްކޮށް، އެއް ދީނެއް އުފައްދައި، މުޅި ދުނިޔެއަށް ޞުލްޙަ މަސަލަސްކަން ގެނައުމަށް ފޮނުއްވުނު ރަސޫލު ބޭކަނަލެއް ކަމަށް ގޮވާލި އެވެ. ވަރަށް ގިނަ ބަޔަކު މީނާއަށް އިޖާބަދިނެވެ. މީނާ، އާ ޤުރުއާނުގެ ނަމުގައި އާފޮތެއް ހެދި އެވެ. އަދި މީނާގެ ވިސްނުމާއި ފިކުރު ފެތުރުމަށްޓަކައި ނޫސްކޮންފަރެންސްތައް ބާއްވައި ހެދި އެވެ.


ސުރައްޔާ މަންޤޫޝް


މީނާގެ ލަޤަބެއް ކަމަށް އިޚުތިޔާރުކުރީ، "ރަސޫލަތުއް ސަލާމް" އެވެ. މީނާއަކީ، ޔަމަނުކަރައިގެ ބާހިސާ އެކެވެ. މީނާ ބަހުސްކުރީ، ތާރީޚާއި ފަލްސަފާގެ ދާއިރާގަ އެވެ. މީނާ ބުނާ ގޮތުގައި، 1982 ވަނަ އަހަރު ވަރަށް ވަރުގަދަ ރައްބާނީ ކަންތައްގަނޑެއް މީނާއާ ކުރިމަތިވި އެވެ. ވިދިވިދިގެން ދެ ރޭ އެކަމެއް ހިނގި އެވެ. އެއަށްފަހު، މީނާގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ދޮގު ދަޢުވާކުރަން ފެށި އެވެ.


އަލީސް ލުކުނާ


މީނާއަކީ، ސޫދާނުގެ ދެކުނުގެ ޤަބީލާއެއްގެ އަންހެނެކެވެ. މީނާއަކީ، ނަޞާރާދީނުގެ ކެތޮލިކް މަޒުހަބުގެ މީހެއް ކަމުގައިވި އެވެ. އެއަށްފަހު، ނަބީކަމަށް ދަޢުވާކޮށް، "ރައްބުގެ ޖައިޝު" ގެ ނަމުގައި ލަޝްކަރެއް އުފެއްދި އެވެ. މީނާ ބުނާގޮތުގައި، އައްރޫޙުލް ޤުދުސް ވަނީ، މީނާގެ ގާތަށް ފައިބާވަޑައިގެންފަ އެވެ.


މަނާލު ވަޙީދު މަންނާޢު


މިނާއަކީ މިޞްރުގެ އަންހެނެކެވެ. ތަޢުލީމު ޙާޞިލުކުރީ ފަރަންސޭސި ސްކޫލްތަކުގަ އެވެ. ފާޅުގައި މީނާ ނަބީކަމަށް ދަޢުވާކުރި އެވެ. މީނާ ބުނާ ގޮތުގައި، މީނާގެ ގެއަކީ، އަޞްޙާބު ބޭކަލުންނާއި ވަލީވެރީންގެ މިސްކިތެކެވެ. މިޞްރުން މީނާއާ ތަބާވި މީހުންނަކީ، މަހުޖަނުންނާއި ޔުނިވަރސިޓީތަކުގެ އުސްތާޛުންނާއި ޑަކުޓަރުންކާއި ދައުލަތުގެ އިސްމަޤާމުތައް އަދާކޮށްފައިވާ މީހުން ކަމުގައިވީކަމީ ޙައިރާންވާވަރުގެ ކަމެކެވެ. މީނާގެ އަންހެން ދަރިފުޅުގެ އަދާކުރި ވަޒީފާއަކީ، ލަވަތަކަށް ނެށުމެވެ. މައްކާއަށް ގޮސް ޙައްޖުވުމެއް ނެތި، ޙައްޖާއި ޢުމްރާގެ ދަރުމަ ލިބުން ފަދަ، ބާޠިލު އެތައް ކަމަކަށް މީނާ ގޮވާލި އެވެ.


މަޞްދަރު:
މުންތަދާ އައްތައުޙީދު.


ހަމަމިގަލަމުން

އިދާރާ

ވާހަކަ