އަދުގެ ޚާއްސަ

Print

ވިކަންތައް ވެނިމުނީ - އަލުން އައުކޮށް ފަށަންވީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމު


ގައުމުދެކެ ލޯބިވާންވެއްޖޭ ގައުމުކުރިއަށް ނެރޭން ވެއްޖޭ
           ފައުޖުތައް ރުކުރުވާން ވެއްޖޭ ގައުމުގެ ގޮވުން އަހާން ވެއްޖޭ

ކިހާ ކޮންފަދަ ނަސީބެއް ހޭ  ކިހާ އުފަލާ  އަރާމެއް ހޭ
           މިހާމަދު މީސްކޮޅެއް އުދުހޭ   މިހާރު ޔަގީން ކުރާން ވެއްޖޭ

ދުނިޔެވީ ވެށި ބަލައިލާއިރު ހުނިޖެހޭ  ގައުމަކަށް ވީއިރު
           ފުނިފުނިންރަނގަޅު މޮޅުއޮތްއިރު އުނިނުވާމަގުހިނގާން ވެއްޖޭ

ވަސީލަތްތައް މަދޭ ނުކިޔާ   ދަށޭ ދެރައޭ އަބަދު ނުގޮވާ
           ވަސީލަތްހުރިނެތެއް ނުބަލާ   ފަސޭހަ ނުކޮށް އުޅޭން ވެއްޖޭ

ވަށައިއޮތްކަނޑު މިކުދިރަށްތައް ފަޅާއިމޫދާ އަތިރިމަތިތައް
           ވަށައިގެން ހުރި މި ހަދިޔާތައް މޮޅަށް ބޭނުން ކުރާން ވެއްޖޭ

ނިކަންހިތްހެޔޮކަމާއިއެކުގައި މިކަންމިގޮތަށްކުރަންހިތުލައި
           ވިކަންތައްވެ ނިމުނީއެ ކިޔައި އަލުން އައުކޮށް ފަށަން ވެއްޖޭ

ނެތޭބުނެވޭކަށެއް ނެތް ނެތް  ގޮތޭ ކަންއޮތް ކިއޭކަށްނެތް
           ފެތޭތީ ހަން ޖެހޭކަށް ނެތް ސަތޭކައިން ގައިމުވާން   ވެއްޖޭ

އަމިއްލައެދުން އިހަށްބާއްވާ! އަމިއްލަ ގައުމު އަމިއްލަހުވާ
           އަމިއްލަގޮތުން ވަޒަންކޮށްލާ ދަމެއް ނުޖެހޭން އުޅޭން  ވެއްޖޭ

މަގޭ ގައުމޭ ދިވެހިގައުމޭ  ދިވެހި އެއްމެންގެވެސް ގައުމޭ
           އިނގޭ! ތެދެކޭ ދިވެހިއެއްމެން  ގައުމުގެ މިއަޑު އަހާންވެއްޖޭ



އިދާރާ

އެނގޭތަ؟

ވާހަކަ