30 ވަނަ އަރަތް
ޢަބްދުލްމުޢީދު ޙަސަން
އެއް ކަމެއްގައި ތަފާތު އެތައް ގޮތަކަށް ޢަމަލުކުރެވޭނެ މަގު މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައިވެ އެވެ. އެކަމަކީ، މި މާތް ދީނުގެ ތަނަވަސްކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ.
މިއަރަތުގައި ގެނެސް ދީފައި ވާނީ، އެއް ކަމެއް ކުރި ފަސް މީހެއްގެ ވާހަކަ އެވެ. ނަމަވެސް އެ ފަސް މީހުންގެ މައްޗަށް އޮތީ އެއް ޙުކުމެއް ނޫނެވެ. އެއިން ކޮންމެ މީހެއްގެ ޙާލަތު ތަފާތުވުމުން އެމީހެއްގެ މައްޗަށް އޮތް ޙުކުމް ތަފާތުވެފައިވެ އެވެ.
އަރަތް:
ފަސްމީހަކު، މުސްލިމު އަންހެނަކާއެކު ބޮޑު ފާފައެއް ކުރި އެވެ.
އޭގެތެރެއިން ފުރަތަމަ މީހާގެ މައްޗަށް ވާޖިބުވީ ޤަތުލުކުރުމެވެ.
ދެވަނަ މީހާގެ މައްޗަށް ވާޖިބުވީ ރަޖަމްކުރުމެވެ.
ތިންވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދު ޤާއިމުކުރުމެވެ.
ހަތަރުވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދުގެ ދެބައިކުޅަ އެއްބައި ޤާއިމުކުރުމެވެ.
ފަސްވަނަ މީހާގެ މައްޗަށް އެއްވެސް އަދަބެއް ނެތެވެ.
އެ ފަސް މީހުންނަކީ ކޮބާ؟