އަދުގެ ޚާއްސަ

Print

ޙާލިސް ތަޢުރީފު

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަމްމަދު ނަސީމު
          (ތަރުވާޒު)



އައިބެއް ނުވާ ޖިސްމުން ދުވާ ހައިކަން ފިލާފަދަ މީރުވަސް
           ވައިރޯޅިއާ އެކު  ފެތުރުމުން  ހައިރާންވެއޭ  ޅެންވެރިޔަކަސް
ފިނިފެންމަލެއް ފަދަ ނަލަ ޕަރީ ހިނިތުންވެލައި ފިއްޔާ ތެދޭ
           ފިނިކަން ހިތަށް ލިއްބައިދެއޭ ގިނިހިތުތެރޭ އަނދަމުން ދިޔަސް
އިރިގެން ހިތާ އަދި މޭ  އެކީ  ވިރި އޮހޮރި ދާހެން ހީވިޔޭ
           ދިރިހުރުމުގައި އުނދަގޫވެޔޭ ކިރިޔާ ލޮލަށް ފެންނަން ނެތަސް
ފިރުމާލުމާއެކު ތިޔަ އަތުން  ދިރުމެއް  ލިބޭނޭކަން ޔަޤީން
           ނިރުތައް އަލުން ހަމަރޯވެގެން ދިރުމެއް ނުވާ ހިތަކަށް ވިޔަސް
މަސްތީ ލޮލާ އެސްފިޔަތަކާ ރަސްރީތި ތިޔަ ތުނި ތުންފަތެއް
           އަސްތާ ނުކުރެހޭނޭ  ޔަޤީން  ތަސްވީރު  ކުރަހާ  މީހަކަސް
އުނިގަހު މަލެއް ފަދަ  ނާޒުކީ ތުނި ޖިސްމު ފެނުނީމާ ތިއީ
           ދުނިޔޭގަ   ލެއްވެވި  ހޫރެކޭ  ބުނެވޭނެއޭ  ފަންމިންޏަކަސް
ފަނޑުވުން ނުވާ  އަލިނޫރަކުން  މަޑުމަޑު ތި ކޯތާފަތުގަވާ
           ރޭގަނޑު ބިމަށް އަލިކޮށްދެއޭ އުޑުގައި ހަނދާތަރިތައް ނެތަސް
މަލަކާގެ ފުރިހަމަކަން  ބަޔާން ގަލަމާ  ދުލުން  ކުރެވޭނެހޭ
           ނަލަކަން  ފެނިފަ  ފަރުދާވެޔޭ  ފަލަކުގަ ވިދާހާ ތަރިޔަކަސް


އިދާރާ

ވާހަކަ