އަދުގެ ޚާއްސަ

Print

އެއީ މިލިޔަނުގެ މީހެކެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

އާމިނަތު ބޭނުންވީ މުޙައްމަދާ ކައިވެނި ކުރާށެވެ.
ނަމާދުން އަވަދިވުމަށްފަހު މައިން ބަފައިންގެ ގާތުން މިކަމުގެ ލަފަޔަކަށް އެއްސެވެ.
އަޅުވެރިއެއްގެ ކިބައިންވެސް މިކަމުގެ ލަފަޔަކަށް އެހުނެވެ.
އާމިނަތު މަޝްވަރާ ފެށީ މިގޮތަށެވެ.
" ކައިވެނީގެ ރަނަށް ދޭނެ އެއްޗެއް މުޙައްމަދު އަތަކު ނެތެވެ."
އަޅުވެރިޔާ ނޯޓްފޮތް ނެގިއެވެ. އަދި ސުމެއް ލިޔެލިއެވެ.
" އެހެނަސް މުހައްމަދު ވަރަށް ރީއްޗެވެ"
އަޅުވެރިޔާ ސުމެއް އިތުުރު ކުރިއެވެ.
" އޭގެ އިތުރުން ވަރަށް ރީތިކޮށް ކުރަހާ އަދި ޕިޔާނޯވެސް ކުޅެއެވެ"
ސުމެއް އިތުރު ކުރިއެވެ.
އޭނާގެ ޢާއިލާ ބޮޑެވެ. މެމްބަރުން ގިނައެވެ.
އިތުރަށް ސުމެއް ލިޔެލިއެވެ.
" އޭނާ ޑިޕްލޮމާއެއް ޙާޞިލް ކޮށްފައި ވެއެވެ."
އިތުރު ސުމެއް ލިޔެލިއެވެ.
" އޯވ! ހަނދާންނެތުނީ ! މީގެ އިތުރުން އޭނާއަކީ ދީން ވެރިއެއް!" އާމިނަތު ބުންޏެވެ.
މިވާހަކަ އިވުމާއެކު އަޅުވެރިޔާ ލިޔެފައިވާ 6 ސުމެއްގެ ކުރިއަށް އެކެއް އިތުރު ކުރިއެވެ. އަދި ބުންޏެވެ.
" އަވަހަށް އޭނާއާއި އިނުމަށް އެއްބަސް ވާށެވެ. އެއީ އެއް މިލިޔަނުގެ މީހެކެވެ."

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ