ދެ ލޯ ޕޮޕްކުރާ އަންހެނާ
ލިޔުނީ: އިބްރާހިމް އަޙުމަދު (ކަކާ) ރ.ކަނދޮޅުދޫ
އެމެރިކާގެ ޗިކާގޯއަށް އުފަން ކިމް ގުޑްމަންއަކީ އޭނާގެ ދެލޯ ޕޮޕްކުރުމަށް މަޝްހޫރުވެފައިވާ މީހެކެވެ. މިއަންހެންމީހާ، ބޮތްކެއް ފަދައިން އޭނާގެ ދެލޮލުގެ ކަޅި 12 މިލިމީޓަރ ހާތަން ބޭރަށް ނެރެއެވެ. ކިމްވަނީ "ފާދަސްޓް އައިބޯލް ޕްރޮޓްރިއުޝަން" ގެ ރިކޯޑްވެސް ހާސިލްކޮށްފައެވެ. ކިމް ބުނާގޮތުގައި އޭނާގެ ދެކަޅި ޕޮޕްކުރުމުގެ ހުނަރު އޭނާއަށް ލިބިފައިވާކަން އެނގުނީ އޭނާގެ މޫނު ހޮކީ މާސްކެއްގައި ޖެހުނު ދުވަހުން ފެށިގެންނެވެ. އެހެންޏާ ކިމްގެ ދެކަޅި ބޭރަށް ނުދާހާ ބޮޑަށް އެދުވަހު އޭނާގެ ދެކަޅި ބޭރަށް ނިކުތްކަމަށް ކިމް ބުނެއެވެ. ކޮންމެއަކަސް މިއަޖައިބުކުރުވަނިވި ހުނަރު ލިބިފައިވާ ކިމް, މިހާރު އާފުރެލިއަސް އޭނާގެ ދެލޯ ބޭރަށް ނިކުންނަކަމަށްވެއެވެ. އެއީ އޭނާއަށް މިހާރު އެހާވެސް ފަސޭހަ ކަމެކެވެ.
(ނިމުނީ)