32 ވަނަ އަރަތް
މުޙައްމަދު ލަޠީފު ށ. މިލަންދޫ
އުދުހިފައި އައި ކޮތަރު ބައިގަނޑެކެވެ. އޭގެތެރެއިން އެއްބައި ތިރިކުރީީ މިސްކިތު ފުރާޅު މައްޗަށެވެ. އަނެއްބައި ތިރިކުރީ މިސްކިތު ގޯތި ތެރެއަށް ބިންމައްޗަށެވެ. މިހެންތިއްބައި ބިންމަތިންް ކޮތަރެއް ގޮވާލިއެވެ. ފުރާޅުމަތިންް އެއް ކޮތަރު ބިންމައްޗަށްް އަންނާށެވެ! އޭރުން ފުރާޅުމަތީ އިން ކޮންމެ ކޮތަރަކަށް ބިންމަތީ ދެ ކޮތަރު ތިބޭނެއެވެ. ޖަވާބުގައި ފުރާޅުމަތީ ތިބި ކޮތަރުތަކުން ކޮތަރެއް ގޮވާލިއެވެ. ތިއަގޮތެއް ކަމަކު ނުދާނެއެވެ. ބިންމަތިން އެއްކޮތަރު ފުރާޅުމައްޗަށް އަންނާށެވެ. އޭރުން ބިންމައްޗާއި ފުރާޅުމައްޗާއި ދެބައި ހަމަހަމަ ވާނެއެވެ.
ސުވާލު: މިސްކިތު ފުރާޅުމައްޗަށް ތިރިކުރީ ކިތައް ކޮތަރު؟ އަދި ބިންމައްޗަށް ތިރިކުރީ ކިތައްކޮތަރު؟ އަދި މުޅިޖުމްލަ ކިތައް ކޮތަރު؟
(ނިމުނީ)