އަދުގެ ޚާއްސަ

Print

އަމިއްލަ ކުރިއެރުމަށް ދުވާލަކު 15 މިނިޓް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އެނގޭތަ


އާދަމް ޝަރީފް މުޙައްމަދު،ރޯޒީ ށ.ފުނަދޫ

އަހަރެމެންގެ ތެރެއިން ގިނަމީހުންނަކީ އެމީހުންގެ އުމުރުގެ ގިނަ ވަޤުތުތަކެއް ބޭކާރު ގޮތުގައި ހޭދަކުރާމީހުންނެވެ. އެވަގުތުތައް އަމިއްލަ ކުރިއެރުމަށް ނުވަތަ އަމިއްލަ ނަފުސު މުއްސަނދިކުރުމަށް ހޭދަކުރާނަމަ މަދު އަހަރުތަކެއްގެ ތެރޭގައި މަޢުލޫމާތު މުއްސަނދި މީހަކަށްވެ ، ޙަޔާތުގައި ކާމިޔާބު މީހަކަށް ވެދާނެއެވެ.
ދުވާލަކު 15މިނިޓް އަމިއްލަ ކުރިއެރުމަށް ހޭދަކޮށްފިނަމަ އަހަރު ނިމޭއިރު ވަރަށް ގިނަ މަޢުލޫމާތު ލިބޭނެއެވެ. ރަނގަޅުޚިޔާލުތައް ލިބި ، ރަނގަޅު ތަޖުރިބާތައްކުރެވި އަދި ރަނގަޅު ރަޙުމަތްތެރިން އެއްވެސް އަގަކާއި ނުލާ ލިބޭނެއެވެ.

ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އާދަކޮށްފިނަމަ ، ލިބޭ ހުސްވަތުގުތައްވެސް ފައިދާހުރިގޮތުގައި ހޭދަ ކުރެވޭނެއެވެ. އޭރުން އަމިއްލަ މަސައްކަތްތައް ބަރާބަރަށް ކުރެވޭނެއެވެ. ވަކި އިންތިޒާމެއްގެ މަތިން ކަންކަން ކުރުމަށް އާދަވާނެއެވެ.

ރަނގަޅުގޮތުގައި ވަޤުތުގެ ބޭނުން ނުކުރެވުމުން ކަންކަމާ އަވަސްވެ ގަނެވި، ކަންކަމާ ޝައްކުކުރެވި، އަދި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެއެވެ. އޭގެ ސަބަބުން ހަޔާތުގައި ދެރަގޮތްތަކެއް ދިމާވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ލޯޑް ނެލްސަން ބުނެފައިވެއެވެ. " އަހަރެންގެ ޙަޔާތުގައި ލިބިފައިވާ ހުރިހާ ކާމިޔާބީއެއް ލިބިފައިވަނީ ދުވާލަކު 15 މިނިޓް އަމިއްލަކުރިއެރުމަށް ހޭދަކުރާތީއެވެ."

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ