އަދުގެ ޚާއްސަ

Print

ވިޔަ ދޭށެވެ!

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަސްލު: މުޙްސިން ނަޤުވީ
ތަރުޖަމާ: މުޙަންމަދު ޝާހިދު ޙަލީމު (1994)

ހިތުގެ ލައްގަނޑު ދޮވެލިޔަ ދޭށެވެ.
މި އަދު އަޑު ވީއްލައި ރުޔަ ދޭށެވެ.

އެއްވެސް ފާރުގަނޑެއް ނުހިކޭނެ ހެން،
ހިތަށް ކަށި ހެރިޔަ ދޭށެވެ.


ވޭނުގެ އޮއިބާރު ކަނޑުތެރޭގައި،
ކަރު ހިއްކައިގެންފައިވާ ލޯ، ތެންމިޔަ ދޭށެވެ.

މިހާރު އިރު ވެސް އޮއްސުނީ އެވެ.
ދެން ހަނަފަސް ސަހަރާގައި ނިދިޔަ ދޭށެވެ.

ތަދުމަޑުކަމުގެ މޫސުން ބަލަހައްޓާ މީހުންނޭވެ!
ދަނޑުގައި ބަނޑުހައިހޫނުކަން އިންދިޔަ ދޭށެވެ.

އުންމީދުގެ ބަލި ރޮދިފަށުގައި،
ހިކި މާމެލާމެލި ގެތިޔަ ދޭށެވެ.

މުޙްސިނު ދެކެ ހިތާއި ފުރާނަ އިން ލޯބި ވާށެވެ.
ވާގޮތެއް ވިޔަ ދޭށެވެ.
----------
(ނިމުނީ)

 
            ނޯޓު؛ މިއީ އުރުދޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ޅެމެކެވެ.

ޙަވާލާ؛

އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު(1994). ފަތްތޫރަ (184). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

މި ލިޔުން؛

   ޓައިޕްކުރުން: އާދަމް ނަޞީރު އިބްރާހީމް
   އަލުންބެލުން:  ''          ''
   ޝާއިޢުކުރުން: '' 
         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ