އަދުގެ ޚާއްސަ

Print

ޢިލްމާއި ހުނަރަކީ ވަކި ދެބާރު!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު  ބ.ދަރަވަންދޫ


ޢިިލްމަކީ ކޮބައިތޯ އެވެ. ކުރުކޮށް ބުނަނީ ނަމަ ޢިލްމަކީ ތިމާ އުގެނޭ އުގެނުމެވެ. ނުވަތަ ތިމާ ކިޔެވި އެއްޗެކެވެ. ނަމަވެސް ހުނަރަކީ ވަކި ބާރެކެވެ. ކިޔެވިޔަސް ހުނަރު ނެތި ހިނަގައިދާނެ އެވެ. ކުރުގޮތަކަށް ބުނަނީ ނަމަ ހުނަރުވެރިކަމަކީ  ފަންނުވެރިކަމެވެ. އާދެ! ކުޑަވެސް ޝައްކެތްނެތެ. މިއީ ހަމަ ހަޤީޤަތެވެ. މިހާރު ކަންތައް ވަމުން އަންނަގޮތެވެ. މީހެއް ވެއްޖެއްޔާ ކޮންމެވެސް ވަރެއްގެ ޢިލްމެއް ހުންނަންވާނެ އެވެ. އެކަމަކު ކޮންމެ މީހަކީ ފަންނުވެރި މީހަކަށް ނުވާނެ އެވެ. މިސާލަކަށް: ޑިގުރީ ހަދައިގެން ވަޒީފާއަށް ވަންނަ މީހަކާއި މައިޓުން ކޯހެއް ހަދައިން އޯލެވެލް ހަދާފައި ހުރި މީހަކާ ހުރި ތަފާތު ވަރަށް ބޮޑެވެ. ގިނަ މީހުން ދެކޭގޮތުގައި ކަންތައްތައް ކުރަން ނުވަތަ އެންމެ ވިސްނޭ މީހަކީ ޑިގުރީ މީހާކަމަށް ވެދާނެ އެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އޭނާގެ ހުނަރެއް ނެތްނަމަ އެއްކަލަ މައިޓުން ކޯސް ހަދައިގެން ވަޒީފާއަށް ވަންނަ މީހާގެ ވިސްނުމަށްވުރެ ގިނަ ފަހަރަށް އެއްވެސް ހުނަރެއްނެތި ޑިގުރީ ހަދައިގެން ވަޒީފާއަށް ވަންނަ މީހާގެ ވިސްނުން ކޮށިވެދާނެ އެވެ. މިއީ ވަކި މީހަކަށް ނިސްބަތްކޮށް އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ ހިޔާލެވެ. އަޅުގަނޑުގެ ވިސްނުން ހުރިގޮތެވެ. ހިޔާލަކީ ތަފާތު އެއްޗެކެވެ. މިކަމާމެދު އަޅުގަނޑުގެެ ހިޔާލު ހުރިގޮތް މިއާރޓިކަލް ކިޔާލުމުން ތިޔަބޭފުޅުންނަށްް އެގިގެންދާނެއެވެ. މިހިޔާލުތައް އަޅުގަނޑަށް ލިބުމަކީ އަޅުގަނޑުގެ ލިއުންތަކުން އިތުރު ގޮފިތަށްް ފަޅާ ގިނަމީހުންގެ ހިޔާލާތާއި ފިކުރު އެކުލެވިގެންވާ ގޮތަށް ލިއުންތަށް ބައްޓަންކުރުމަށް އެޅޭނެ އިތުރުފިޔަވަޅެކެވެ.
 
މީހުން ބުނެއުޅެއެވެ. ކިޔެވިކިޔެވިހެން ވާނީ މޮޔައެވެ. ނަމަވެސް   އަޅުގަނޑު ދެކޭގޮތުގައި އެވަނީ މޮޔައެއްނޫނެވެ. ކިޔެވިކިޔެވިހެން ކަންތައްތަކާމެދު މާބޮޑަށް ވިސްނެނީއެވެ. ކަންތައްތައް ކުރާ ހިތްވަނީ އެވެ. ނަމަވެސް ކިޔެވުމާއެކު އެކަމުގެ ޢަަމަލީ ތަޖުރިބާ ހޯދައިފިނަމަ ނުވަތަ އެ ކިޔެވިއެއްޗަކުން ހުނަރުވެރިކަމެއް ލިބިއްޖެނަމަ މިކަންކަމާ މާބޮޑަށް ވިސްނާކަށް ނުޖެހޭނެ އެވެ. ދެބާރު އެކުވުމުން ނުކުންނާނެ ނަތީޖާ ފޮނިވާނެ އެވެ. ތިމާއަށް ލިބިފައިވާ ހުނަރާ ގުޅޭ ކަމަކާ ކިތަންމެ ބޮޑުކޮށް ކުރިމަތިލާން ޖެހުނުނަމަވެސް ކެރިހުރެ އެކަން ނިންމާނެކަން ޔަޤީނެވެ.

އާދެ! ކުޑަވެސް ޝައްކެއްނެތެވެ. މިހާރަކަށް އައިސް ގިނަ އޮފީސްތަކުން ޤަބޫލުކުރާގޮތުގައި އޮފީހަށް އެންމެ ބޭނުން ހިފޭ މީހުންނަކީ މޮޅަށް ކިޔަވައިގެން ތިބޭ މީހުންނެވެ. އޯލެވެލް ސްޓޭންޑަޑަކީ މިހާރު ގިނަ އޮފީސްތަކުން ޤަބޫލްކުރާ ފެންވަރެއްނޫނެވެ. އޯލެވެލް ހަދައިގެން މަސައްކަތްކުރުމުގައި ކިތަންމެ މުރާލި ނުވަތަ މޮޅަށް ޑިޒައިންކުރާ ނުވަތަ ޓެކްނީޝަން ކުއްޖަކު އޮފީހަކަށް ވަންނަން ކުރިމަތި ލިޔަސް ގިނަ ފަހަރަށް ވާގޮތަކީ އެއްކަލަ އޯލެވެލް ކުއްޖާ އެއްކިބާކޮށްފައި އޭލެވެލް ނުވަތަ ޑިގުރީ ކުއްޖާ ވަޒީފާއަށް ހޮވައެވެ. އެއްވެސް ހުނަރެއް ލިބިފައިނެތަސް ވަރިހަމަ އެވެ. ދެންވާގޮތް ވިސްނާ ބައްލަވާށެވެ. އެއޮފީހަކީ ޑިޒައިންކުރާ ތަނެއްނަމަ އެއްކަލަ ޢިލްމު ލިބިގެން ހުރި މީހާއަށް އެކަން ކުރަން އުދަގޫވާނެކަން ޔަޤީނެވެ. ނަމަވެސް ހުނަރުވެރި މީހާ ހުރިނަމަ އެއީ ވަރަށް ފަސޭހަވެގެންދާނެކަމެކެވެ.

އެހެންކަމުން އަޅުގަނޑުދެކޭގޮތުގައި ޢިލްމެއް ލިބިފައި ހުއްޓަސް އަދި މިހާރަކު ނުފުދޭނެއެވެ. ޙިލްމެއްވެސް ހުންނަންޖެހޭނެއެވެ. މިދެބާރު އެކުވެއްޖެނަމަ ހަމަޔަޤީނުން ވެސް ދެކޮޅުވެރި ބަޔަކަށް ފޫވައްޓާލުމަކީ ދަތި އުދަޤޫކަމަކަށް ވެގެންދާނެކަން ޔަޤީނެވެ.
    
(ނިމުނީ)
މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް
އަޙްމަދު ނާފިޢު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
   ޝާއިޢުކުރުން: ''          ''

އިދާރާ

އެނގޭތަ؟

ވާހަކަ