އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (5)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ރޭލުދަނގަނޑުމަތީގައި މީހަކު މަރުވެ ޗިސްވެފާ އެބައޮތެވެ.

އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމު                            01 ޖެނުވަރީ 2011 (ހޮނިހިރު) އާ ގުޅޭ..

މިދަނީ، ޕާސްޕޯޓު އޮފިސަރު ފެނޭތޯއެވެ. އަހަރެންގެ ޕާސްޕޯޓުގެ މައްސަލައަކާއި އަރާރުންވެލަން ކަމަށެވެ. "ގުޑް ނައިޓް"..... "ގުޑް ނައިޓް"..... ކާރުގޮސް އަވަދިވެއްޖެއެވެ.

އަންވަރު ފުލުސް ސްޓޭޝަނުން ނުކުމެގެން ދިޔައީ ރޭގަނޑު 8 ޖަހާ ކުޑައިރުކޮޅެއް ވީތަނާ އެވެ. މިހާރު ގަޑިން 10 ޖަހައިފި އެވެ. އަދިވެސް އަންވަރު ހުރީ ބޭރުގަ އެވެ.އެހެންކަމުން. . . . . . . . އާދެ! ހަމަ ޚާއްޞަވެ އޭނާގެ ނައިބު އަދިވެސް އިނީ އޭނާގެ މޭޒުދޮށުގަ އެވެ. އިރުއިރުކޮޅާ ފުލުހުންގެ ކޮންމެވެސް ލޯރިއެއް އައިސް ވަދެ އެވެ. ފެންޑާގެ ކައިރިއަށް ހަމަ މަޑުކޮށްްލުމާއެކު ކޮންމެވެސް އޯޑަރަކަށް ފުލުހުން އަރުވާފައި ފޮނުވާލައެވެ. މިހާރު ދިހަގަޑި ބައި ވަނީއެވެ. އިންސްޕެކްޓަރ ގެ ސެކްރެޓަރީ އިނީ ޖަލުގައި ތިބި މީހުންގެ ރަޖިސްޓްރީއެއް ހިފައިގެންނެވެ. އިރުއިރުކޮޅާ ސިނގިރެޓެއް ރޯކޮއްލަ އެވެ. އިރުއިރުކޮޅާ އެނބުރޭ ފަންކާގެ ސްވިޗް ބާރުކޮށްލައެވެ. އިރުކޮޅަކުން އަތުކުރީގައި އޮތް ގަނޑިބަލާލުމާއި އެކު އޭނާ އެނބުރުނީ ނައިބުއާއި ދިމާއަށެެވެ.

ސެކްރެޓަރ:- އަދިވެސް އިންސްޕެކްޓަރ ޞާހަބް ނުދުރުވަނީ ދޮގެއްތޮއެވެ؟ އަނެއްކާ ކޮންފަދަ އަރާރުމެއް ވާރެއެއް ބާވައެވެ.

ނައިބު:- ހީވަނީ އޭނާގެ އަމިއްލަ މިޒާޖުގެ ކުޅިގަނޑު ކުޅޭން ރަށުތެރެއަށްވެސް ނުކުތީހެންނެވެ. ބަލިވެ އޮންނަން ހަދައިގެން ހުހަށްދިޔަ ދެތިން ރޭގެ ފޫހިކަންވެސް ، މިރޭ ހީވަނީ ފިލުވާލާނެ ހެންނެވެ. އަހަރުމެންންނަށް އަތުނުޖެހޭ ކިތަންމެ ވައްކަމެއްގެ ތަޙްޤީޤު މިރޭ ފެށޭނެހެން ހީވެ އެވެ.

ތެލިފޯނުގެ ރަނގަބީލުވާން ފަށައިފި އެވެ. ވަރަށް ބާރަށެވެ. 

. . . . . ނައިބު ޝިޔާމް އަވަސް އަވަހަށް ފޯނު ނަގައިފި އެވެ.

ޝިޔާމް:- ހަލޯ މިވާހަކަދައްކަނީ ފުލުސް އިސްޓޭޝަނުން! ތިޔައީކާކު؟

އެމީހަކު:- މިއީ ފުލުހުންގެ ނަންބަރ  އެލް.އޯ.އެސް 218 ޢާސިމް އެވެ. އިނިސްޕެކްޓަރ އަންވަރު ކޮބައި ހެއްޔެވެ؟

ޝިޔާމް:- އޭނާވީ ބޭރުގަ އެވެ. އޭނާ އަދި ނުދުރުވެ އެވެ. ދާދި އަވަހަށް ދުރުވެދާނެ އެވެ.

ޢާސިމް :- ޝުކްރިއްޔާ!

ފޯނު އަތްގަނޑު ބޭއްވުމާއިއެކު އެވާހަކަ ދެއްކީ ކާކުތޯއާއި ކީއްކުރަންތޯ ސުވާލު ކުރި އެވެ.

ޝިޔާމް:- އެމީހެއްގެ ނަން ބުނެފާ ބުންޏެވެ. "އޭނާ އެހީ އަންވަރު ކޮބައިތޯއެވެ. އޭގެ ޖަވާބަކަށް      އަންވަރު ނެތްވާހަކަ ބުނުމާއެކު ފޯނު ކަނޑާލައިފި އެވެ. އެހެންނޫންނަމަ ފުލުހުންގެ މައްސަލައެއް ނަމަ ހަމަޖައްސާދިނީމުހެވެ.

އަނެއްކާވެސް ޝިޔާމް އާއި ސެކްރެޓަރީ ދެމީހުންގެ މަސައްކަތުގައި މަޝްޣޫލްވެއްޖެ އެވެ. ނަމަވެސް މިފަހަރު އެއިން އެކަކަށް ވެސް ކަމެއްގެ ތެރެއަށް ޚިޔާލު ދޫކޮށްލެވޭވަރެއް ނުވި އެވެ. އަނެއްކާވެސް ފޯންގެ ރަނގަބީލުވާން ފަށައިފި އެވެ.

" ހަލޯ "  ވާހަކަ ދައްކަނީ ނަންބަރ  އެލް.އޯ.އެސް 218 ޢާސިމް އެވެ. . . . . . . . މިކޮޅުން ފުލުހުންގެ އިނިސްޕެކްޓަރ ގެ ނައިބު ޝިޔާމް އެވެ.

އާޝިމް:- ކުރިން ވެސް އަޅުގަނޑު ފޯނުކުރީމެވެ. ވާހަކަދެއްކީ ޝިޔާމް ދޮގެއްތޯއެެވެ. އަޅުގަނޑު މިހުރީ ސޯބާރ ހޮޓަލުގެ ދެކުނުން އޮތް ޖަންގަލީގެ ތެރޭގައެވެ. އިރުން ހުޅަނގަށް ގޮސްފައިވާ ރޭލު ދަގަނޑު ކައިރީގައި އެވެ. އަޅުގަނޑު ބައްދަލުވާން އެދުނީ ފުރަތަމަ މިސްޓަރ އަންވަރުއާއި އެވެ. މާފުކުރައްވާށެވެ. އެވަގުތު އަންވަރު ނެތްކަން އެނގުމުން ސާހިބާއާއި ވާހަކަދެއްކި ނަމަވެސް މަސްއަލަ ނިމުނީސްކަން ކަށަވަރެވެ. ނަމަވެސް ލިބުނު ކުއްލި ސިހުމަކުން އެވަގުތު އެފަދަ ތެދު ވިސްނުމެއް ނައީއެވެ. ވީމާ، މިހާރު މި ޚަބަރު ދެނީއެވެ. އައްސަވާށެވެ!

ޝިޔާމް:- ކޮންކަހަލަ ޚަބަރެއް ހެއްޔެވެ؟

އާސިމް:- މިތާގެ ފޯރި ބަދަލުވީ 10 ޖެހިއިރު އެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދަންފަޅީގެ ގަޑި ފެށުމާއެކު ރޭލްދަނގަޑުގެ އެއްކޮޅުން އަނެއްކޮޅުން ހިނގާލުމަށް ނުކުމެއްޖައީމެވެ. ތަންކޮޅަކަށް ނުދެވިގެން އުޅެނިކޮށް ދިމާވީ ވަރަށް ބިރުވެރި ހާދިސާއެއް ހިނގައި ނިމިފާ ވަނިކޮށެވެ.

ޝިޔާމް:- (ކުޑަކޮށް ރުޅިއައިސްފައި) ދެންވެސް ތިޔަހިނގި ކަމެއް ބުނެބަލާށެވެ. ވާހަކަތައް ދިގު ނުކުރާށެވެ.

އާސިމް:- ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ރޭލުދަނގަނޑުމަތީގައި މީހަކު މަރުވެ ޗިސްވެފާ އެބައޮތެވެ.  އޭނާގެ މޫނު އޮތީ ފުރޮޅުދިޔަ މަގުމަތީގައި ސީދާވުން މުޅިން މުޅިން ހިމުންވެފައެވެ. އެހެންކަމުން އޭނާގެ ސިފައެއް ކުލައެއް ވަކިވާވަރެއް ނޫނެވެ. ވީމާ، އިތުރު އެއްވެސް ގޮތެއް ނުހަދާ އެތާގައި ބާއްވައިގެން މިތިބީ އެވެ.

ޝިޔާމް:- (ކުޑަކޮށް ވިސްނާލާފައި) ރަނގަޅީވެސް ތިގޮތެވެ. އަންވަރު ދުރުވަންދެން ބާއްވާށެވެ! އެއީ ޚާއްސަކޮށް މިދުވަސްވަރުގެ ގޮތުންނެވެ. . . . . . . .

ނޫނޭ! ތިޔަހެން ތިޔަތާގައި ބާއްވައިގެން ނުވާނެ އެވެ. އަވަހަށް އޭނާވަނީ ނަގާށެވެ. ތިޔައީ، ރޭލުދަތުރުކުރާ ދަނގަޑެއް ކަމުން ލަސްކޮއްގެން ނުރައްކާވެދާނެ އެވެ. މަޑުކޮއްލާށެވެ. އަހަރެން މިދަނީ އެވެ.

ފޯނުބާއްވަމުން ސެކްރެޓަރީ އާއި ދިމާއަށް ވަރަށް އަވަސް ބަލާލުމަކަށްފަހު، ޚަބަރު އައިގޮތް ކުރުކޮށް ކިޔާދީފައި ސިޔާމް ނުކުމެގެން ހިނގައްޖެ އެވެ. .  . . . . . . ގަޑިން 11 ޖަހަނީ އެވެ. ކަޅުއަނދިރިކަން އެވަގުތު  މަގުތަކަށް ވެރިވެފައި އޮތީ، ވަރަށް ވަރުގަދަ އައްޔެއްގެ ތޫނުކަމުން މެނުވީ ފޫއަޅުވާނުލެވޭފަދަ ވަރުގަދަ ގޮތެއްގަ އެވެ. ބައެއް ހިސާބުގެ މަގުތައްވަނީ މުޅީން ނިދާފަ އެވެ. އަމުދުން ބިޔަގަސްތަކުން އުފެދިފައިވާ ފަޅުތަންތަން ވަރަށް ނާމާން ކޮށެވެ. ސިޔާމުގެ ކާރު އަވަސްއަވަސްކޮށް ބަރުގޮނުކުރަމުން ޝޯބާ ހޮޓަލުގެ ދެކުނުން އޮތް ފަޅު ޖަންގަލީގެ ބިޔަ ގަސްތަކުގެ ތެރެއަށް ވަންނަމުން އޮވެދެއެވެ. އެއްވެސްފަރާތަކުން މީހެއްގެ އަސަރެއް ނުފެނެއެވެ. އަލިކަމެއް އަމުދުން ނެތެވެ. އިރުގަނޑެއްގެ ދުއްވުމަކަށްފަހު ކާރު މަޑުކޮއްލީ ރޭލުދަނގަޑުގެ ކައިރިއަށެވެ. އާދެ! އެހިސާބުގައި ފުލުހުންތައް އެއްވެފައި އޮތެވެ. އަލިގަދަ ޗޯޓްތަކުން ހިމުންވެފައިވާ މީހާގެ. . . . . . . ނޫން! ލެޔާއި މަހާއި އެއްކޮށް މޮޑެވިފައިވާ މަސްބޮޑީގެ ވަށައިގެން އަލިކޮއްގެން ތިއްބެވެ.  ޝިޔާމް ކާރުން ފުންމާލުމާއެކު އެތަނަށް ގުދުވެ ހިސާބަކަށް އެމީހާ ހާވާލުމަށް  މަސައްކަތް ކުރިއެވެ. ނަމަވެސް . . . . . . އެކަހަލަ ތަނެއްގައި މާބޮޑު ތަޙްޤީގެއް ކުރެވޭފަދަ މިނިވަންކަމެއް ނެތެވެ. އަދި އޭގެ އިތުރަށް ދެންމެދެންމެ ރޭލެއް އަތުވެދާނެ ކަމުގެ ބިރުވެސް ވަނީ އިންތިހާއަށް ގޮސްފަ އެވެ. އެހެންކަމުން އެމީހާ ނަގައި ފުލުސްލޮރީއަށް ލައިފި އެވެ.
އެވަގުތު ސިޔާމްގެ އޯޑަރުތައް ހުރީ އަވަސްކޮށެވެ. އެހެންކަމުން 5 މިނެޓެއްހައި އިރުގެ ތެރޭގައި މަސްގަނޑު ގޮވައިގެން ފުލުސް ސްޓޭޝަނަށް އައުމަށްޓަކައި ފުރައިފި އެވެ.

ހިމުންވެފައިވާ މީހާ ޚާއްސަ ކޮޓަރިއެއްގައި ބޭއްވުުމަށްފަހު ޝިޔާމް ދެން އިންތިޒާރު ކުރީ އިނިސްޕެކްޓަރ އަންވަރު އަށެވެ. ނަމަވެސް ރޭގަނޑު މެންދަމުން އަލިވެ 2 ޖެހިއިރުވެސް އަންވަރު ނާދެ އެވެ. އެހެންކަމުން ނިމުނީ، ލަސްނުކޮށް މަސައްކަތް ފެށުމަށެވެ.

އަބަދުވެސް އަންވަރު އަންގާފައި ވާނީ، އޭނާ ރޭގަނޑު ބޭރަށް ނިކުމެއްޖެނަމަ އެނބުރި އަންނަންދެން ކަމެއް ލަސްކޮށްފާ ނުބޭއްވުމަށެވެ. ހޯދަން ނުދިއުމަށެވެ. އަދި އަނމުދުން ތެލްފޯނަކުން އޭނާ އުޅޭތޯ ނޭހުމަށެވެ. ސަބަބަކީ އޭނާ ކުރަމުންގެންދާ މަސައްކަތަށް އަތުވެދާނެ ގެއްލުމެއްގެ ބޮޑުކަމުން ސަލާމަތް ވުމަށެވެ. އެހެންކަމުން ދެވެރިންނަށް އެއްބަސްވެވުނީ އެކައްޗެކެވެ. . . . . . . . . . " އަންވަރަށް އިންތިޒާރުވެސް ކުރެވިއްޖެ އެވެ. މެންދަމުން އަލިވެ ދޭއް ޖަހަނީ އެވެ. މިހާ އެއޮތީ ޗިސްޗިސް ވެފަ އެވެ. ގިނައިރު ކޮއްފިނަމަ، އެއްވެސް މަޢުލޫމާތެއް ނުލިބޭފަދަ ދަރަޖައަކަށް އޭނާ ކުނިވެދާނެ އެވެ. މިހާރު އަންވަރު ވާނީ ކޮންމެވެސް ނައިޓް ކުލަބެއްގައި، ނުވަތަ ރާވިއްކާ ފިހާރައެއްގައި ހެދުން ބަދަލުކޮއްގެން ފާރަލާން ގޮހެވެ. އޭނާ ދެން އަންނާނީ މާދަމާ ނޫންކަމެއް ވެސް ނޭގެ އެވެ. ވީމާ، ދެވެރިންނަށް ދީފައި އޮންނަ އިތުބާރުގެ ބޭނުން ހިފަމާ ހިނގާށެވެ." ސެކްރެޓަރީ ފޯރިއާއި އެކު ބުންޏެވެ. . . . . . ޝިޔާމް އަށްވެސް މުޅިން މިޚިޔާލަށް ތާއީދު ކުރެވިއްޖެ އެވެ. އެހެންކަމުން ދެވެރިން އަތުކުރި އޮޅާލުމަށްފަހު އެމީހާ ބާއްވާފައި ކޮޓަރީގެ ދޮރު ލައްޕާލައިފި އެވެ. މިހާރު ދެމީހުންވެސް އެ މަސްގަނޑު ހާވަނީ އެވެ. ބޮލެއް ނެތެވެ. މޫނުވަނީ ޗިސްވެފައެވެ. މުޅިމީހާ އޮތީ ހިމުންވެ ލެއާއި މޮޑެވިފައެވެ. . . . . . .  އަދިވެސް ހާވަމުން ދަނީ އެވެ. . . . . . . . އެކަމަކު ގަމީހުގެ ޖީބުގައި ދެތިން އެއްޗެއް އެބައޮތެވެ. އެއަކަށް އެއްވެސް ކަމެއް ނުވާނެ އެވެ. . . . . . .  މިހާރު އެތަކެތި ފަރުވާތެރި ކަމާއެކު ޝިޔާމްގެ އަތުން އަތުން ނަގަނީ އެވެ. ނެގުމާއެކު ދެމީހުންނަށް އެއްފަހަރާ ބަލާލެވިއްޖެ އެވެ. ދެމީހުން ދެމީހުންގެ މޫނަށެވެ. . . . . . .  ހައިރާންކަމުގެ އިންތިހާ އެވެ. އެކައްޗަކީ ޕާސްޕޯޓް ފޮތެކެވެ. ފޮތް ހުޅުވާލައިފި އެވެ. . . . . . .

ސަމާސާއަށްވުރެ ކަންތައް ބޮޑެެވެ. ބިރާ ހައިރާންކަމުގެ ހައްދެއް އެބައޮތް ހެއްޔެވެ؟ މިއީ ފުލުހުންގެ އިނިސްޕެކްޓަރ އަންވަރުގެ ޕާސްޕޯޓް ފޮތެވެ. މިހުރީ އޭނާގެ ފޮޓޯ އެވެ. އެއޮތީ އޭނާގެ ސޮޔެވެ.

" މިވަނީ ކީއްބާއެވެ! މިއީ އަނެއްކާ ކާކުބާއެވެ! އަންވަރު އަދިވެސް ނާދެ އެވެ." . . . . . . ސެކްރެޓަރީ އަށް ރޮވިއްޖެ އެވެ.

ޝިޔާމް:- ހާސްނުވާށެވެ! އެކުން އަޑުގަދަ ނުކުރާށެވެ. ސާބިތުކަމާއެކު މަސައްކަތް ކުރާށެވެ.
ސެކްރެޓަރީ:- އަހަރެން މި މަސައްކަތް ކުރަނީ ސާބިތުކަމާއެކުގައެވެ. އެކަމަކު ފަޓްލޫން ޖީބުގައި އެއޮތީ ސިނގިރޭޓް ދަޅެކެވެ. މިއިން އަދި ނަގާފައި މިއޮތީ އެންމެ ސިނގިރެޓެކެވެ. މިއީ އަންވަރު މިރޭ ބޭރަށް ނިކުންނަމުން ކަނޑުއްވާލެއްވި ސިނގިރެޓް ދަޅުފިޔަވާ ދެވަނަ އެއްޗެއް ނޫނެވެ.

ޝިޔާމް:- (ދެލޯ ބޮޑުކޮއްލާފައި، ދެބުމަ ކައިރިކޮއްލާފައި، ބޫންއަޑަކުން) ކަލޭ ތިޔަބުނަނީ މިއީ އިނިސްޕެކްޓަރ އަންވަރުހެއްޔެވެ؟

ސެކްރެޓަރީ:- މިއީ ދެން ކާކުހެއްޔެވެ؟ ތިޔަ ޕާސްޕޯޓް ފޮތަކީ، މިރޭ އޭނާ ޖީބަށް ލައްވައިގެން ދުރުވި ފޮތެވެ. . . . . ޖީބުން އަނެއްކާ ކަރުދާސްގަނޑެއް ނަގާފައި . . . . . މިއޮތީ . . . . . . މިއޮތީ . . . . . . . މިއޮތީ މިރޭ އަހަރެން އޭނާ އެދިލެއްވީމާ ދިން ކަރުދާސްގަނޑެވެ. ފުލުހުންގެ އޮފީހުގެ ނަން ޗާޕްކުރި ގަނޑެވެ. ނަން ކޮށާލާފައި މިއޮތީ އަހަރެންނެވެ. ހަމަ އެރަތް ފަންސޫރުންނެވެ. ހަމަ އެގޮތަށެވެ. ނިކަން ބަލާބަލާށެވެ. މިއީ އޭރު އެނދުގައި އިންނަވައިގެން އަންވަރު އިންނަވައިގެން ލިޔުއްވި ގަނޑެވެ. ފުރަތަމަ މިޔޮތީ ގަލަމުން ލިޔެފަ އެވެ. ދެން . . . . . . އަހަރެން ދިން ފަންސުރުބުރިންނެވެ. . . . . . . . ޝިޔާމް އެވެ. އެކަށީގެންވާ ފިޔަވަޅުތައް އަވަހަށް އަޅާށެވެ. މަރުވެފައި މިއޮތީ އަންވަރުކަމަށް އަހަރެން ހުވާކޮއްފާނަމެވެ.

ޝިޔާމް:- ތިޔަ ކަރުދާސްގަނޑުގައި ލިޔެފައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟
ސެކްރެޓަރީ:- އަހަރެން ތަބީއަތު ހަމައިން ނެއްޓިއްޖެ އެވެ. އެހެންކަމުން މިވަގުތު އަހަންނަށް ކިޔުން ދައްޗެވެ. ކަލޭ ސާބިތުކަމާއެކު ކިޔާބަލާށެވެ.

ޝިޔާމް:- ކަރުދާސްގަނޑު ދޭށެވެ. . . . . . . މިހާރު މަޑުމަޑުން އެ ކަރުދާސްގަނޑުގައި ލިޔެފައިވާ އިބާރާތްތައް ޝިޔާމް ކިޔަންފަށައިފި އެވެ.

" މަރުވެފައި މިއޮތީ އަހަރެންނެވެ. ފުލުހުންގެ އިނިސްޕެކްޓަރ އަންވަރެވެ. އަހަރެންގެ ތަދުބީރު ކާމިޔާބު ވެއްޖެނަމަ . . . .  އަހަރެން މަރުވެފައި މިއޮތީ ދުއްވާއައި ރޭލެއް ދަށުވެގެންނެވެ. އަހަރެން ހޯދާ ބަޔަކަށް މީ އަންވަރުކަމާމެދު ޝައްކުވާނަމަ އިތުރު ހެކިތައް ފެންނާން ހުންނާނެ އެވެ. އަހަރެންގެ ވަފާތެރި ޒުވާން ސެކްރެޓަރީކުރެން އަހާށެވެ. މިސިޓީ ލިޔެފައި މިވަނީ، އޭނާދިން ކަރުދާސްގަނޑެއްގަ އެވެ. ލިޔުނީ އޭނާ ކުރިމަތީގަ އެވެ. އެއްބައި ގަލަމުންނެވެ. އަނެއްބައި އޭނާދިން ފަންސުރުންނެވެ. އަހަރެންގެ ޖީބުގައިވާ ޕާސްޕޯޓް ފޮތަކީ އޭނާ ބަލަން ހުއްޓާ މިރޭ ޖީބަށް ލައިގެން ނުކުތް ފޮތެކެވެ. އެކަން އޭނާ ދަންނާނެ އެވެ.

އަހަރެންގެ ޖީބުގައި އަދި މީގެ އިތުރަށް ވެސް ދޭއްޗެއް އޮންނާނެ އެވެ. މިއީ ފުހުންގެ އިނިސްޕެކްޓަރ ކަމުގެ ދެނިޝާނެވެ. . . . . . މިހާރު މިއީ އަންވަރު ކަން ޔަޤީން ވެއްޖެ ދޯއެވެ؟ އަހަރެން މި މަރުވަނީ ގިނަގޮތްގޮތުން ބަލާއިރު ވަރަށް ފިނޑި މަރަކުންނެވެ. މީހުންގެ މަލާމާތާ ވަރަށް ހުތުރު ބަސްތައް ހައްޤު މަރަކުންނެވެ. ނަމަވެސް އަހަރެން މިކަހަލަ މަރަކުން މަރުވާން މަޖުބޫރު ކުރީ ވަގުތުގެ ހާސްކަމާއި ކުރިމަތިވީ މުހިންމު މައްސަލައެއްގެ އުސްކަމުން އެއާއި ޚިލާފަށް އަހަރެންގެ މިފުރުސަތުގެ ބޭނުން ނުހިފާ ހުއްޓާ އެހެން މީހެއްގެ ފިސްތޯލައަކުން މަރުވެގެން ވެއްޓުމަށް އަހަރެންގެ ޒަމީރު އެއްބަސް ނުވީއެވެ. . . . . . . އާއެކެވެ! މިދުވަސްވަރު އަހަންނާއި ކުރިމަތިވެފައިވާ ލީލާގެ ގަތުލުގެ ސިއްރު ހޯދުމަކީ އަހަރެންކަހަލަ މީހަކަށް ފަހަރެއްގައިވެސް ވެވޭނެ ކަމެއް ކަމަކަށް ހއެއްނުވަމެވެ. ވިސްނުމަކަށް ނައެވެ. އެގަތުލުގެ ސިއްރު ހޯދުމަށްޓަކައި ނުކުންނަން ޖެހޭނީ ކޮންމެ މީހެއް ނަމަވެސް މަރުގެ ކުރިމައްޗަށެވެ. ސިފަބަދަލުކުރާ މީހެއްގެ ދަންތުރަ ތަކުގެ ތެރެއަށެވެ. . . . . . . . . އެހެންކަމުން އަހަރެންގެ މަގާމުން އިސްތިޢުފާ ދިނުމަށްވެސް ގަސްތުކުރީމެވެ. ނަމަވެސް، އެއިސްތިއުފާގެ ފަހުން ދެން އަހަރެން ދުނިޔޭގައި ހުރެއްޖެ ނަމަ އެހެންމީހުންގެ ހުތުރު ބަސްތަކަށް ލޯހުޅުވާކަށް ކަންފަތް ދިއްކުރާކަށް އަހަރެންގެ އަމިއްލަ ނަފުސެއް ނުރުހެއެވެ. އަހަރެންގެ މަސްގަނޑު ހާވާ މީހުންނޭވެ! ލީލާގެ ގަތުލުގެ ސިއްރު ހޯދުމަކީ ބޮޑުކަމެކެވެ. ނުރައްކާ ކަމެކެވެ. ފުރާނާއަށް ބިރުހުރި މަސައްކަތެކެވެ. އެހެންކަމުން އަހަރެންގެ ފުރާނަ މިދޫކޮއްލަނީ އިރާދަކުރެއްވިއްޔާ ދުވެފައި އަންނަ ރޭލެއްގެ ރަހުމެއްނެތް ދަނގަނޑު ފުރޮޅު ދަށުވެގެންނެވެ. ހުރިހާވެސް ވަގުތެއްގާ އެދެނީ މަޢާފު ކުރުމެވެ.

އަހަރެންގެ އޮތީ އެންމެ ދެ ވަޞިއްޔަތެވެ. އެއްކަމަކީ އެއްކަމަކަށް މިސްޓަރ އަޙްމަދު އަށް މި ޚަބަރު އެންގުމެވެ. އޭނާއަށް އަހަރެންގެ މަސްގަނޑު ދެއްކުމެވެ. އަދި އޭނާއަށްޓަކައި ކަލޭމެންނަށް ވެވުނު އެހީއެއް ވެދިނުމެވެ. އަހަރެންގެ ދެވަނަ ވަޞިއްޔަތަކީ، އަހަރެންގެ އަންހެނުންނާއި އަންހެން ދަރިފުޅަށް އެންމެ ފަހުގެ ސަލާމް ގެންގޮސްދިނުމެވެ. ލޯބިވާ ދަރިފުޅު މާގުރެޓް ކައިރީ ބުނެދޭށެވެ. " ބައްޕަ މަރުވެއްޖެ އެވެ. ބައްޕަ އެންމެފަހުގެ ވަޞިއްޔަތަކީ މިރޭ އިރާކޮޅު ދިން އިޚްލާސްތެރި ނަޞޭހަތް ދެމެހެއްޓުމެވެ. ބައްޕައަށް ހެޔޮދުޢާ ކޮއްދިނުމެވެ.  " އަހަރެންގެ ނައިބު ޝިޔާމް އެވެ. ކަލޭމައްޗަށް އެހެން މީހަކު އިސްކުރަންދެން ޤައުމަށްޓަކައި ތެދުވެރި މަސައްކަތް ކުރާށެވެ. އަހަރެންގެ ފުރާނަ ހުސްވެފައިވާ މަސްގަނޑު ގިނަ ތަޙްޤީޤު ތަކަށް ހުށަހަޅާ ހުށަހެޅުމަކާ ނުލާ އަވަހަށް ދޮވެލާށެވެ. ވަފާތެރި ސެކްރެޓަރީ އެވެ! އަހަރެންގެ މަރާއި ވިދިގެން އެންމެ ކުއްލި އަސަރެއް ކުރާނީ ކަލެއަށެވެ. ކަލޭ އެހީއާއި ލައިގެން އަހަރެން ކުރި މަސައްކަތުގެ އެންމެ ފަހުގެ ނަތީއްޖާ އަކީ އަހަރެންގެ މަރު ދޯއެވެ. އަހަރެންގެ ހުރިހާ އެދުމަކީ، ޚާއްޞަކޮށް ފުލުހުންގެ އެންމެންނަށާ ނޫސްރިޕޯޓަރުންނަށް އާއްމުކޮށް އެހެން އެންމެންނަށް އަހަރެންގެ މަރުގެ ޚަބަރު ސާފުކޮއްދިނުމެވެ. . . . . . "

އެހެން ކާކުތޯއެވެ. ޝިޔާމް ވެސް ސިޓީކިޔާ ނިމިނުއިރު އިނީ ފެންކަޅިވެފަ އެވެ. ސެކްރެޓަރީ އިނީ ރަނގަޅަށް ރޮވިފަ އެވެ. ހީވަނީ ލޭގަނޑެއް ހެންނެވެ. އޭނާގެ ކަމަކީ އިރުއިރުކޮޅާ އަންވަރުގެ މަސްގަނޑުގައި ހިފައިގަތުމެވެ. ..

(ނުނިމޭ....)


މި ލިޔުން:

    ޓައިޕުކުރުން:   އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    އަލުންބެލުން:     "       "     
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)

އިދާރާ

އެނގޭތަ؟

ވާހަކަ