މޯބައިލްފޯނަށް އާ އިންޤިލާބެއް....
ޢަލީ މަނިކު (ދާރީ)
" ފޯނުކުރާ އެކުވެރިޔާ ފޯނުންބޭރަށް ނިކުމެ ހަރަކާތާއެކު ވާހަކަދައްކާނެ..." IBM
ޤަބޫލުކުރުމާ ނުކުރުން ކިޔުންތެރިންނަށް ދޫކޮށްލީ!
މިއީ މޯބައިލް ފޯނަށް އަންނަންއޮތް ކުރިއެރުމެއްގެ ވާހަކައެކެވެ. ޚާއްޞަކޮށް ޑިސްޕްލޭ ނުވަތަ ގްރެފިކްސްގެ ވާހަކަ އެވެ. ޤަބޫލުކުރަން ދައްޗެވެ. ނަމަވެސް ވުޖޫދަށް އަތުވެއްޖެނަމަ އަޅުގަޑުމެންގެ ދިރިއުޅުމަށްވެސް ބަދަލު އަންނާނެކަމެކެވެ. އެވާހަކައިގެ ކުރިން މިހާތަނަށް ވުޖޫދަށް ނެރެވުނު މޯބައިލް ފޯނުގެ ޑިސްޕްލޭތަކަށް އަވަސް ނަޒަރަކުން ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.
މޯބައިލް ފޯނުގެ ޑިސްޕްލޭ ކަޅާއިހުދުން ކުލަޔަށް ބަދަލުވީ ވެސް ދާދި އިހަކަށްދުވަހު އެވެ. އަދި އޭގެފަހުން ފޯނަކަށްފަހު ފޯނެއް ޑިސްޕްލޭ ރިސޮލިޔުޝަން މަތިވަމުން އަ އެވެ. 2001 ވަނައަހަރު 256 ކުލަޔާއެކު Motorola_Accompli_009 ނުކުތެވެ. މިއީ ބެލެވޭ ގޮތުގައި އެންމެފުރަތަމަ ކުލަޑިސްޕްލޭއަކާއެކު ނިކުތް ފޯނުތަކުގެ ތެރެއިން ފޯނެކެވެ. އޭގެކުރިން ނިކުތްފޯނު ތަކުގެ ޑިސްޕްލޭ ހުންނަނީ ގުރޭސްކޭލް ނުވަތަ މޮނޯކުރޯމް ކޮށެވެ. އެހެންގޮތަކަށް ދަންނަވާނަމަ ކަޅާހުދުންނެވެ. ނުވަތަ ކޮންމެވެސް އެއްކުލަޔަކުންނެވެ.
މަތީގައިވާ ތަފާތު ވައްތަރުތަކަށް ވިސްނާލައްވާށެވެ. ކުރުމުއްދަތެއްގެތެރޭގައި އައި ކުރި އެރުމާއި ބަދަލުތައް ދެކެވަޑައިގަންނަވާށެވެ.
މިހާތަނަށް ނިކުމެފައިހުރި ޑިސްޕްލޭގެ ބާވަތްތަކުގެތެރޭން އެންމެފަހުގެ ދެބާވަތެއްކަމަށް ބެލެވެނީ iPhone4 ގައި ބޭނުންކޮށްފައިވާ LED-backlit IPS TFT ރެޓީނާ ޑިސްޕްލޭ އާއި Samsung GalaxyS ގައި ބޭނުންކޮށްފައިވާ Super AMOLED ޑިސްޕްލޭއެވެ. މިދެފޯނަކީވެސް 16 މިލިޔަންކުލަ އެކުލެވޭ ދެފޯނެވެ. ވީމާ 2001 ގައި 256 ކުލައިން ތަޢާރަފުވި އޭރުގެ މޮޅު ޑިސްޕްލޭ އޭގެ ދިހަވަރަކަށް އަހަރު ފަހުން މިވަނީ އެތައް މިލިޔަނަކަށް ކުލަ އިތުރުވެފައެވެ.
3D ފިލްމާއި ވީޑިއޯއަކީ މިފަހަކަށް އައިސް ވަރަށް މަގުބޫލުކަން ލިބިފައިވާ އެއްޗެކެވެ. މިވަގުތު އާންމުކޮށް ނިކުންނަ 3D ފިލްމާއި ވީޑިއޯބެލުމަށްޓަކައި ވަކިވަށްތަރެއްގެ އައިނެއްއަޅަންޖެހެ އެވެ. 2010 ވަނައަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައި ޖަޕާނުގެ އިލެކްޓްރޯނިކް ފާރމެއްކަމަށްވާ NTT DoCoMo އިން އެ މަހުބޭއްވި ސީޓެކް އިލެކްޓްރޯނިކްޝޯގައި ޑިސްޕްލޭއަށް އަންނަ އިތުރު ކުރިއެރުމެއްގެ ވާހަކަ ހާމަކުރިއެވެ. އެއްވެސް އައިނެއްބޭނުންނުކޮށް 3D މަންޒަރުފެންނަ މޮބައިލް ޑިސްޕްލޭއެއް އެޝޯގައި އެމީހުން ދައްކާލިއެވެ.
އަދި މިޑިސްޕްލޭއަކީ ޚާއްސަ ސްޓައިލަސްއެއް (ދަގައްފާނު ގަލަމެއް) ބޭނުންކޮށްގެން ފޯނުބޭނުންކުރާ މީހާއަށް މަންޒަރާގުޅޭ ބައެއް އިހުސާސްތައް ލިއްބައިދިނުމުގެ ޤާބިލްކަން ހުރި އެއްޗެއްކަންވެސް ހާމަކުރިއެވެ. މިޓެކްނޮލޮޖީ އާއެކު މޮބައިލްފޯނެއް ބާޒާރަށްނެރެވޭނެ ތާރީޚެއްހާމައެއްނުކުރެއްވެ. އަދި އެއްވެސްވައްތަރެއްގެ 3D ޑިސްޕްލޭއެއްހިމެނޭ ފޯނެއް ބާޒާރަށް ނެރެފައިވާކަމެއް އެނގޭކަށްނެތެވެ. އެހެންނަމަވެސް އައިނުނާޅާ ބަލާވައްތަރުގެ ޓީވީ ތިންކުންފުންޏަކުން އުފައްދައިފި އެވެ. އެއީ ޓޮޝިބާ، ސޮނީ އަދި ފިލިޕްސް އެވެ.
1924 ވަނައަހަރު ނިއުޔޯކުގައި އުފެދުނު އައި.ބީ.އެމް (އިންޓަރނޭޝަނަލް ބިޒުނަސް މެޝިން) ކުންފުންޏަކީ ކޮމްޕިއުޓަރާއި ޓެކްނޮލޮޖީއާ ގުޅުންހުރި އާލާތްތައް އުފެއްދުމުގައި ދުނިޔޭގެ ނިސްބަތުން ގުނާލެވޭބައެކެވެ.
އައިބީއެމް ސައިންޓިސްޓުންގެ އަމާޒަކީ ކުރިޔަށްއޮތް 5 އަހަރުގެދުވަހުގެ ތެރޭގައި މޮބައިލްފޯނަށް 3D ހޮލޯގުރެފިކް ޑިސްޕްލޭ އީޖާދުކުރުމެވެ. މިބަދަލާއެކު ފޯނުގެ ޑިސްޕްލޭއިން ފެންނަމަންޒަރު ފޯނުންބޭރަށް (ވައިގެތެރޭގައި) 3D ކޮށް އަސްލުސައިޒަށް ފެންނާނެކަމަށް އައިބީއެމްގެ ސީޓީއޯ ފޮރ ޓެލެކޮމިޔުނިކޭޝަން ރިސާރޗް ޕައުލް ބުލޫމް ދާދިފަހުންދެއްވި އިންޓަރވިއުއެގައި ވިދާޅުވި އެވެ. މި ކަންއެންމެފުރަތަމަ ހާމަކޮށްފައިވަނީ 27 ޑިސެމްބަރ 2010 ގައި އައިބީއެމް ވެބްސަޓްގައި އާންމުކުރި ނޫސްބަޔާނެއްގަ އެވެ. އޭގައިވަނީ އައިބީއެމް އިން ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ވުޖޫދަށްނެރޭނެ އަޖާއިބުކުރުވަނިވި އާކަންތައްތަކެވެ. މިމަޒުމޫނުގައި މިއަލިއަޅުވާލީ އޭގެތެރެއިން ހަމައެކަނި އެންމެކަމެކެ.

ޑިސްޕްލޭގެ ވައްތަރުތައް
TFT (Thin Film Transistor)
TFD (Thin Film Diode)
OLED (Organic Light-Emitting Diode)
AMOLED display (Active-matrix organic light-emitting diode)
Capacitive Touchscreen
Resistive touchscreen
Retina display

3D ޑިސްޕްލޭ
3D ފިލްމާއި ވީޑިއޯއަކީ މިފަހަކަށް އައިސް ވަރަށް މަގުބޫލުކަން ލިބިފައިވާ އެއްޗެކެވެ. މިވަގުތު އާންމުކޮށް ނިކުންނަ 3D ފިލްމާއި ވީޑިއޯބެލުމަށްޓަކައި ވަކިވަށްތަރެއްގެ އައިނެއްއަޅަންޖެހެ އެވެ. 2010 ވަނައަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައި ޖަޕާނުގެ އިލެކްޓްރޯނިކް ފާރމެއްކަމަށްވާ NTT DoCoMo އިން އެ މަހުބޭއްވި ސީޓެކް އިލެކްޓްރޯނިކްޝޯގައި ޑިސްޕްލޭއަށް އަންނަ އިތުރު ކުރިއެރުމެއްގެ ވާހަކަ ހާމަކުރިއެވެ. އެއްވެސް އައިނެއްބޭނުންނުކޮށް 3D މަންޒަރުފެންނަ މޮބައިލް ޑިސްޕްލޭއެއް އެޝޯގައި އެމީހުން ދައްކާލިއެވެ.
އަދި މިޑިސްޕްލޭއަކީ ޚާއްސަ ސްޓައިލަސްއެއް (ދަގައްފާނު ގަލަމެއް) ބޭނުންކޮށްގެން ފޯނުބޭނުންކުރާ މީހާއަށް މަންޒަރާގުޅޭ ބައެއް އިހުސާސްތައް ލިއްބައިދިނުމުގެ ޤާބިލްކަން ހުރި އެއްޗެއްކަންވެސް ހާމަކުރިއެވެ. މިޓެކްނޮލޮޖީ އާއެކު މޮބައިލްފޯނެއް ބާޒާރަށްނެރެވޭނެ ތާރީޚެއްހާމައެއްނުކުރެއްވެ. އަދި އެއްވެސްވައްތަރެއްގެ 3D ޑިސްޕްލޭއެއްހިމެނޭ ފޯނެއް ބާޒާރަށް ނެރެފައިވާކަމެއް އެނގޭކަށްނެތެވެ. އެހެންނަމަވެސް އައިނުނާޅާ ބަލާވައްތަރުގެ ޓީވީ ތިންކުންފުންޏަކުން އުފައްދައިފި އެވެ. އެއީ ޓޮޝިބާ، ސޮނީ އަދި ފިލިޕްސް އެވެ.
3D ހޮލޯގުރާމް ޑިސްޕްލޭ

(ނިމުނީ)