އަދުގެ ޚާއްސަ

Print

މާތްﷲ، އިންސާނާ ޚަލްޤުކުރެއްވި މަރްޙަލާތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުލްމުޢީދު ޙަސަން

މާތްﷲ، އިންސާނާ ޚަލްޤުކުރެއްވި މަރްޙަލާތައް ބަޔާންކުރައްވާފައިވާ ބައެއް އާޔަތްތައް އަލްމުއުމިނޫން ސޫރަތުގައި ވެއެވެ. މި ލިއުމުގައި ހިމަނާފައިވާނީ އެ ސޫރަތުގެ 12 ވަނަ އާޔަތުން ފެށިގެން 16 ވަނަ އާޔަތުގެ ނިޔަލަށެވެ. އެ އާޔަތްތަކާއި އޭގެ މާނައިގެ އިތުރުން މުނާސިބު ވީޑިއޯކްލިޕްތައް ހިމަނާފައިވާނެއެވެ.


وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ(12)
(12) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ ޚުލާޞާއިން (އެބަހީ: މަށީން އުފެއްދެވި އުފެއްދެވުމަކުން) އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވީމެވެ.



ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ(13)
(13) ދެން ތިމަން ރަސްކަލާނގެ އެ އިންސާނާ، ރައްކާތެރި ތަނެއްގައި، ނުޠުފާއެއްގެ ގޮތުގައި ލެއްވީމެވެ.



ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَاماً فَكَسَوْنَا الْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ(14)
(14) ދެން ތިމަންރަސްކަލާނގެ އެ ނުޠުފާ، ގަނޑު ލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑު ލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ ﷲ، މަތިވެރިވެވޮޑިގެންވެއެވެ.






ثُمَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ(15)
(15) ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ.




ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ(16)
(16) ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުން ދިރުއްވައި މަޙުޝަރަށް ފޮނުއްވާނެތެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ