އަދުގެ ޚާއްސަ

Print

އަޚާޔަށް ދޭށެ ގަލަމާ ތިޔަ ދުލުން ޙުރުމަތުގެ މާތްވި ޙިޖާބު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

        
އާދަމް ނަޞީރު އިބްރާހީމް (2006)  

ދިމާޔަށް ފެންނަމުންދާއިރު، އެހެން މީހުންގެ ހުރިހާ އައިބު
     ތިމާހުރި  ޙާލު  ކުޑަކޮށް ވެސް   ނުވިސްނޭތީ،   ނުވޭހެ އަޖައިބު

ގިނައިން ޒަމްޒަމްފެނޭ އޭނާ ބޮނީ  ވިސްނާށެ  ހިތްމޮޅުކަން،                          
     ބުނާ ދުލުގައި ބުނާ އިރު ވެސް ހުރޭ ރަހަ   ހޫނު  މަސްތު ޝަރާބު

ފަށައިގެން، ލަވަ ނަގައި ކިޔަނީ އެކަކު ނޫންހޭ އަބަަދު ބުނި އިރު                             
        ނަށައި ތިޔަ ގަނެވެނީ ނަހަމައިންނެ  އޮޅުވާލާ  ލަވައިގެ   ޒުވާބު

އަނދާނެ އެ މޫނު ނަރަކައިގައި    ގޮވާއިރު، ހާމަޔަށް ފެނުމުން،                         
      ވަދާޢު ތިމާގެެ ވީ ކޮށްފައެ  ކުރީން      ޢިއްފަތުގެ ސާފު  ނިޤާބު

އެހެންމީހުންގެ  ޙައްޤު ތަކަށް އަރައިގަތް ބަޔަކު  ފެނުނުލޮލުން
       އެހެން ދިރިއުޅުމަކަށް ކަޅިއެއްލިގެން އެެ ޙަޔާތް ނުވޭހެ    ޚަރާބު
   
ކަމެއް ކުރެވޭ   އެކަކު ނޫޅޭ   ކަމަށް ބުނުމުން ލަފާ އެހުމުން،                            
       ކަމެއްގައި ޙައްލު  ބުނެލައިދޭން،  ދަމެއް ހޭދަވެޔެ ނުލިބި  ޖަވާބު

ބަރީއަވެ، ބަޔަކު ޒިންމާއިން،   ވެޔޭ މަތިފަޑިމަތީ  ބުނި އިރު،   
       ދަރީންނަށް ހޮޓަލަކުން،  ދޮންމަންމަ މެންދުުރު ގެންދިނީ  ދެ ކަވާބު  
   
ކިހާ "ހަޑި"ހޭ މިހެން ރަނގަޅަށް    ތިމާގެ ދެފުށް  ބަލައިލާއިރު،                         
       އަޚާޔަށް، ދޭށެ ގަލަމާ ތިޔަ ދުލުން،   ޙުރުމަތުގެ މާތްވިި   ޙިޖާބު
   
ދިމާކޮށްގެން އެތަށް ބަޔަކާ   ހަސަދައިން  ހިތް   ފުރާލީމާ                            
       ތިމާގެ އަމިއްލަ ނަފުސަށް ނޫންހެ   ލިބެނީ އޭގެ ރައްދު   ޢަޒާބު
   
ބަލާށޭ  ކީރިިތިވި ދުސްތޫރު  ދެން ދާން އޮތް  ޙަޔާތާ މެދު،   
       ސަލާމަތް ރަނގަޅު  ހިތަކަށް  ނޫންހެ ލިބެނީ ރަޙްމަތާއި  ސަވާބު
   
ޙަޤީޤަތުގައި ތިބާއާ    އަޅުގަނޑާ    ވެސް   ފާފަޔާ ކުށުގާ،
       ޔަޤީނޭ ދެފުށުފެން އެއްވަރު ކުރާނޭ     އެންމެ   ބޮޑެތި ގުރާބު
                       -------------------
                        16 ޖޫން 2006  


މި ލިޔުން:

    ޝާއިޢުކުރުން: އާދަަމް ނަޞީރު އިބްރާހީމް (ފަންވަތުގެ ދާއިމީ ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ