ތައުބާ ވާންވީއެވެ.
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ
ވިލާތަކުގެ ތެރެއަށް ހަނދު ނިވައިވުމާއިއެކު ކަނު އަނދިރިކަން ދުނިޔެއަށް ވެރިކުރުވައިފި އެވެ. އަހަރެން އިނީ އަތިރިމަތީގައެވެ. ބިރުވެރިކަން އިޙްސާސްކުރެވޭމެއެވެ. އެހެނަސް ފަހުން ލިބޭނެ ހިތްހަމަ ޖެހުން ބޮޑުވާނެތީ އިންތިޒާރު ކުރެވެނީ އެވެ. ގޭ މީހުންނަށް އެނގިގެން ހަޅޭއްލަވައި ތަންގަނޑު އެންމެންނަށް ބޭޒާރުވިޔަސް އެ އުފާވެރި އިޙްސާސްތަކާއި ދުރެއްނުވެވޭނެ އެވެ. އެ ބީހިލުމުގައިވާ އަރާމު ހިތަށް އިޙްސާސް ކުރެވުމުން މައިމީހާ ކޮންމެ ދުވަހަކު ކިޔާ އެއްޗިއްސާއި، ކުރާ އަނިޔާގެ ސަބަބުން ހަށިގަޑަށް ލިބޭ ވޭން ފިލައެވެ. އެއުފާވެރި ބައްދަލުވުން ނުބޭއްވިއްޖެ ނަމަ މޫޑު އެއްކޮށް ޚަރާބުވެއެވެ.
ފިރާޝް އަހަރެން ދެކެ ލޯބި ވެއެވެ. ކޮންމެ ގޮތަކުން ވިޔަސް އަހަރެންނާއި ބައްދަލު ކުރާނެއެވެ. އެ ވަރުން އަހަރެންނަށް ފުދެއެވެ. މީހުން ކޮންމެ އެއްޗެއް ކިޔަސް މައްސަލައެއް ނެތެވެ. ވަގުތީ އުފަލުގެ މަރުކަޒަކަށް ހަދައިގެން ފިރާޝް އަންނަނީއޭ ބުންޏަސް އެންމެ ރަނގަޅެވެ. ރަށުގެ އެތަން މިތާގައި ތެޅިތެޅިފައި އެންމެ ފަހުމަންޒިލް ކަމުގައި އަހަރެން ހެދިޔަސް ފަރުވާލެއް ނެތެވެ. ކޮންމެ ގޮތަކުންވެސް އަހަރެން ބޭނުމީ ފިރާޝް އެވެ. ފިރާޝާއެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމެވެ.
އަހަރެންގެ ގައިގެކުލަ އަލިވެ ރޫފަ ރަނގަޅުވާން ފެށުމުން މަންމައަށް ގޮތްތަކެއް ވާންފަށައިފިއެވެ. މިހާރު އެއްގޮތަކަށް ވެސް ނުތެދުވެއެވެ. މަންމަގެ ބަލިވުން އަހަރެންނަށް ލިބުނު ރަނުގެ ފުރުޞަތެއް ފަދަ އެވެ. އެފުރުޞަތުގެ ބޭނުން ހިފޭތޯ އަހަރެން ބެލީމެވެ. އެހެނަސް އެއް ގޮތަކަށް ވެސް އޭނައާ ބައްދަލުވާ ގޮތެއް ނުވިއެވެ. މުޅި ރޭގަނޑު ހަތަރުދަން ހޭދަކުރަން ޖެހެނީ އިންތިޒާރީގައެވެ.
އަހަރެންނާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކާން ފަށައިފިއެވެ. އެ ވާހަކަތައް މަންމަގެ ކަންފަތަށް އެރުމާއެކު ކެތްނުކުރެވިގެން މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. މަންމަ ވަކިވެ ދިއުމަކުން އަހަރެންނަކަށް އަސަރެއްނުކުރެއެވެ. އަހަރެންގެ މަގަށް އެޅިފައިވާ ހުރަހެއް ފިލީކަމަށް ދުށީީމެވެ.
އަހަރެން ނުކެޔަސް ހަށިގަނޑު ބޮޑުވުމަކަށް ބަދަލެއް ނާދެއެވެ. މީހުން ދައްކާ ވާހަކައެއް ވެސް ނުހުއްޓުނެވެ. ކޮންމެ ދެމީހަކު ތުންގުޅާފައިވެސް ދައްކަނީ އެއްވާހަކަ އެކެވެ. އަހަރެންގެ ވިޔާނުދާ ވާހަކައެވެ. އަހަރެންގެ ސަބަބުން ހިތްދަތި ވެގެން މަންމަ ދުނިޔެ ދޫކުރި ވާހަކައެވެ.
އަހަރެން އެކަނިވެރި ވެއްޖެއެވެ. ގެ ފަޅު ވެއްޖެއެވެ. ހާލު ދެކިލާ މީހަކު ނޫޅެއެވެ. އެންމެގާތް އެކުވެރީން ދުރަށް ހިނގައްޖެއެވެ.
އަހަރެން މި އޮންނަނީ ފަޅުގެއެއްގައި އެކަނިމާ އެކަންޏެވެ. ފުޅިބައްތީގެ ފަނޑު އަލިކަން ފިޔަވައި އެހެން އަލިކަމެއްނެތެވެ. އުނދަގޫ ކުރާނެ މީހަކުނެތެވެ. އަހަރެމެން ބޭނުންވި ވަގުތު ޖެހުނީއެވެ. އެކަމަކު އޭނާއެއްނައެވެ. އަހަރެން ވަނީ ވަރަށް ބޮޑަށް ކަރުހިއްކުން ފިލުވަންބޭނުން ވެފައެވެ.
ތަޖުރިބާކާރު މީހަކު ފުރުސަތުގެ ބޭނުން ހިފިއެވެ. އަހަރެންނަށް އެހީތެރިވާނެ ކަމުގައި ބުނެ ކަރުހިއްކުން ފިލުވައިދީފިއެވެ. ކުރިންވެސް އަހަރެންވަނީ ތަޖްރިބާތަކެއް ހޯދައިފައެވެ. ހިތުގައި ބިރުވެރިކަމެއް އޮތްނަމަވެސް މި ނޫން އެހެންގޮތެއް ނެތްކަމުގައި ނިންމީމެވެ.
އަހަރެންގެ ލޯބީގެ ފުރަތަމަ ނިޝާން ދުނިޔެއަށް އައީ އަހަރެން އެކަނިމާއެކަނި ވޭންތަކެއް އުފުލަމުން ދަނިކޮށް ފުރަ މެންދަމުގެ ވަގުތެއްގައެވެ. ދަރިފުޅު ރޯއަޑަށް އަވަށްޓެރިއަކު އައިސް އެހީތެރި ވެދިނެވެ.
އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެންނަށް ވުރެ ނުބައި މީހަކު ނުވެއެވެ. އަހަރެންނަށް މި ނޫން ގޮތެއް ނެތެވެ. އަހަރެންނަކީ ވަރަށް ބޮޑު ކުށްވެރިއެއް ކަމުގެ އިޙްސާސް ކުރެވެއެވެ. ގާތްތިމާގެ އެއްވެސް މީހަކު އަހަރެންގެ ގާތަކަށްނާދެއެވެ. ވާހަކައެއް ނުދައްކައެވެ. އެއްޗެއް ނުދެއެވެ.
އަހަރެން ދުނިޔެ މަތީން ވަރަށް ފޫހި ވެއްޖެއެވެ. ބޭވަފާތެރިޔާ ހެދި ގޮތުން އަހަރެން ދުނިޔޭގައި އުޅެން ބޭނުންވަނީ ވަރަށް ވިޔާނުދާ ގޮތަކަށެވެ. މީހުން އެއްޗެހި ކީ ވަރަކަށް އަހަރެންނަށް ހިތްހަމަ ޖެހުންލިބެއެވެ. އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއް ނުވެއެވެ.
ކުޑަކުއްޖަކު ގެންގުޅުނު ފޮތެއް ކިޔައިލުމުން އަހަރެންގެ ހިތަށް އަސަރުކުރި އެވެ. އެއީ ރަޙުމަތުގެ ވާހަކަ މިނަން ކިޔަފޮތެކެވެ. އެ ފޮތުގައިވާ އެއް ވާހަކާގައި އުޅުނީ މީހުން މަރާމީހެކެވެ. އެމީހާ މެރި މީހުންގެ ޢަދަދު ސަތޭކަ އަށް އަރައެވެ. އެހެނަސް އޭނައަށް ވެސް ތައުބާ ވެވޭނެކަން އެނގުނެވެ.
އަހަރެންވެސް މިކުރެވިފައިވާ ކުށްތަކަށް ތައުބާ ވާންވީއެވެ. އިތުރު ކުށެއް ނުކޮށް ދިރިއުޅެވޭތޯ ބަލަންވީއެވެ. ފާފަތައް ފުއްސެވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަންވީއެވެ. ރަނގަޅު މަގުން ހިނގަން އެދޭމީހަކަށް އެކަމުގެ ފުރުޞަތު ދެއްވަވާނެކަން ޔަޤީނެވެ.

---------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން:
ފޮނުވުން: އަލްފާޟިލް އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު