ރޯދަމަސް އަންނާތީ!
ކަނީރު ޢަބްދުއްރަޙީމު
ރޯދަމަސް އަންނަނީއޭ ހިނގާ! އެއްމެނޭ ގަދައަޅާން
ރޯދަތައް އޭގެ ގޮތުގައި ހިފާ ހެޔޮ ޢަމަލުތައް ކުރާން
ހަސަދަޔާ ފޫހި ނަފުރަތު ދުރަށްލާށެ ހެޔޮމީސްވެލާން
އަސަރު ރޯދައިގެއެދެވޭ ކުރާނޭ ގޮތުން ކަން ކުރާން
މުޅިމިގައުމަށް މިއަދުފެތުރިފައިވާ މިބައްޔަށް އަމާން
ރުޅިފިލާ ބޭހަކަށް ރޯދަ ފަރުވާ ދެވޭތޯ ބަލާން
ހާރުކައިގެން ނުކައިފެންނުބޮއި ހުއްޓަކަސް ހައިކުރާން
އާރުނުލައޭ އިނގޭ ރޯދަ ހެޔޮއަމަލު ނުކުރާ ހިފާން
ފަސްނަމާދާއި ޒިކުރުކޮށްއުޅެން އަންގަވާކަން ހަނދާން
ވެސްކުރާށޭ ދުނިޔެވީ މަޖާތައް ދުރަށްލާ ހިނގާން
ދެއްވަވާކަން ވަކިން ޚާއްސަކޮށް ރޯދައަށް ރަންއިނާމް
ދެއްވަވާހެން ހިފޭތޯ ބަލަންވީ އުފާވެރި ވެދާން
މިފަހަރުގެ އަޒުމަކީ ރޯދަ ގައިމޭ ހަގީގީ ހިފާން
އުފަލުގައި އޭގެ ދަރުމައިން އަދާ މާދަމާ މޮޅުކުރާން---------------
(ނިމުނީ)
(ނިމުނީ)