މި ދަނީ ހަމަ ރަނގަޅަށް ބާ!؟
ޙަސަން ޒަހީން
މިފަހަރު މުޅިން އެހެން ވާހަކައެކެވެ. ދުވަސްވަރާ މާބޮޑު ގުޅުމެއް ނެތިދާނެ އެވެ. އެހެންނަމަވެސް ވިސްނައިވަޑައިގަތުން ރަނގަޅު ވާނެ އެވެ. އަޅުގަނޑުމެންގެ ކުދިން ކިޔެވުމަށް މޮޅެއް ނޫން ހެއްޔެވެ؟ މީގެ އަހަރުތަކެއް ކުރިން ގަދަ 10 އަކުން ޖާގަލިބޭ ކުދީން ނިސްބަތުން ވަރަށް މަދެވެ. އެހެންނަމަވެސް މިއަދު އެއީ އެތައްް ސަތޭކަކުދިންނެއް ޖާގަ ހޯދާ މަޤާމެކެވެ. މިއިން ދައްކައިދެނީ ތަޢުލީމީ ގޮތުން އަޅުގަނޑުމެންގެ ކުދިން "މޮޅުވަމުން" އަންނަ ކަމެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ހިތްވާގޮތެވެ. މި ނަތީޖާ ފެންނަ އެހެން ސަބަބެއް ނެތެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އެކަމަކު އަޅުގަނޑު ޤަބޫލުކުރާ ގޮތް ދަންނަވައިލީ އެވެ. ހަމަ ކަށަވަރުންވެސް ކަރުދާހުން ފެންނަ ނަތީޖާ ރަނގަޅެވެ. އެހެންނަމަވެސް މިއާއެކު ވިސްނުމުގެ މިސްރާބު އެހެން ނަޒަރަކަށް ދީލައިލާން އެބަޖެހެއެވެ. ދެވަނަ ވިސްނުމަކަށް ދާން އެބަޖެހެއެވެ.
މިރާއްޖޭގައި ކިޔަވައިގެން ނުކުންނަ ކުދިން އިތުރުވެފައިވާ އިރު، އެ ކުދިންގެ ބޭނުން ޖަމާޢަތަށް ކުރަނީ ކިހާވަރަކަށް ތޯއެވެ؟ މުޖުތަމަޢު ބޭނުންވާ ފަދަ ކުދިބަޔެއްގެ ގޮތުގައި މިއަދުގެ ކިޔަވާ ކުދިން ނިސްބަތުން ވޭތޯއެވެ؟ ނުވަތަ އަޅުގަނޑުމެން ބޭނުންވާފަދަ އަޚުލާގަކާއި، އުޅުމެއް މިއަދު ޒުވާނުންގެ ގައިގައި އެކަށީގެން ވާ މިންވަރަށް އެބަ ހުރިތޯ އެވެ؟ ކޮންމެއަކަސް މިއީ ދެވަނަ ވިސްނުމަކުން އަޅުގަނޑުމެން އެނެމެން ވެސް ވިސްނައިލުން ރަނގަޅު ނުކުތާއެއް ނޫން ތޯއެވެ.
ތަޢުލީމީ ނަތީޖާއަށް ބެލުމަށް ފަހު ވަޒީފާ ތަކަށް ކުދިން ނަގަކީ އުންމީދާއެކުގައެވެ. އެހެންނަމަވެސް މިއަދު އެންމެ ގިނަ ވެރިންގެ ނުވަތަ އިސްބޭފުޅުންގެ ޝަކުވާއަކަށް ވެފައިވަނީ ޒިންމާދާރު މުވައްޒަފުން ލިބުން މަދުވާހަކަ އެވެ. ވަޒީފާތަކަށް "އެކަށީގެންވާ" ކުދިން ލިބުން މަދު ވާހަކައެވެ. ޒިންމާ ދާރުކަމާއެކު މަސައްކަތުގައި ހީވާގި ކުދިން ނުލިބޭ ވާހަކައެވެ. މި ވަނީ ކިހިނެއްތޯ އެވެ؟ މިއީ އަނެއްކާ އަޅުގަނޑަށް ގޮވޭ ކޮހެއް ތޯއެވެ؟
ކޮންމެ އަކަސް މިފަދަ އެތައް ކަމެއް އެބަހުއްޓެވެ. މީހުން ބިނާކުރުމުގައި އެތައް ހުރަސް ތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް ތަޢުލީމީގޮތުން "ވަރަށް މޮޅު" އެތައް ކުދިންނެއް ކޮންމެ އަހަރަކު އެބަ ނުކުމެއެވެ. އަޅެ ވިދާޅުވެބައްލަވާށެވެ. ހިނދުކޮޅަކު ވިސްނައިލެއްވުމަށްފަހު ތިބާ އަމިއްލަފުޅަށް ފިކުރު ކޮށްލައްވައިބައްލަވާށެވެ.
އަޅުގަނޑުމެންގެ މުޖުތައަށް ނުކުންނަ ގިނަ ކުދިންގެ އަޚުލާގީ ފެންވަރު އިންތިއާއަށް ދަށް ނޫންތޯއެވެ؟ ޒިންމާ ދާރުކަމާއެކު ވަޒީފާ އަދާކުރާ ހީވާގި ޒުވާނުން މަދެއް ނޫންތޯއެވެ؟ ލިބިފައިވާ ޢިލްމާ އެއްވަރުގެ ހުނަރެއް ހުންނަ ކުދިން މަދެއް ނޫންތޯއެވެ؟ އެކުދިންގެ އުނގެނުނު ތަޢުލީމަކީ ކުރިމަގަށް ކޮށި މަގެއް ނަމަ، އެ މަގުގައި ހިނގަން އެ ކުދިންނަށް އެނގެން ޖެހޭނެއެވެ. މިއީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތެވެ.
އަޅުގަނޑަށް ވިސްނޭ ގޮތުގައި މިއަދުގެ ތަޢުލީމީ މުޤައްރަރު ދިވެހި މުޖުތައަށް ފައްތަން ޖެހިއްޖެ އެވެ. ހަޤީގަތުގައި ވެސް މިއީ ބަހުސްކުރާ މަޢުލޫމާއަކަށް ނުހަދައި އަމަލީގޮތުން ޤައުމަށްޓަކައި ދުރަށްވިސްނައި ދިވެހި މުޖުތަމަޢު ބޭނުންވާފަދަ މުޤައްރަރަކަށް މިއަދު ގެ ތަޢުލީމީ މުޤައްރަރު ބަދަކުރަން މަޖުބޫރު ވެއްޖެ އެވެ. މާޒީއަކީ މުސްތަޤުބަލު ބަލާ ލޯގަނޑު ކަމަށް ދެކިގެން ލިބުނު ފިލާވަޅުން ދިވެހިން ބޭނުންވާފަދަ މުޖުތަޢުއެއް ބިނާކުރުމަށް މިއަދުގެ ތަޢުލީމީ މުޅި ދާއިރާ އިސްލާހީ ދަތުރަށް ނުކުންނަށް ވެއްޖެއެވެ.
ދަންނަވަންތޯއެވެ؟ ވަޒީފާގެ ބާޒާރު އިންތިހާއަށް މިއަދު ވާދަވެރިއެވެ. ކިޔަވައިގެން ނުކުންނަ ތަޢުލީގޮތުން "ޝަރުތު" ހަމަވާ ކުދިން ކޮންމެ ވަޒީފާއަކަށް ވެސް ބައިވަރެވެ. އެހެންނަމަވެސް ކަމަށް ގާބިލް ޒިންމާ ދާރު ކުދިން އިންތިހާއަށް މަދެއެވެ. ލިބިފައިވާ ތަޢުލީ ސެޓްފިކެޓްތަކާ އެއްވަރަށް ފައިހަމަކުރެވޭ ކުދިން ނެތްކަމުގެ ޝަކުވާ ބޮޑެވެ. މިވަނީ ކީއްތޯއެވެ؟ ވަރަށް ބޮޑު ސުވާލެކެވެ. ދެވޭ ތައުލީމުގައި މައްސަލައެއް އުޅެނީ ނޫން ބާއެވެ؟ ކުއްޖެއް މީހެއްގެ ގޮތުގައި ބިނާކުރުމަށް ތައްޔާރުކުރެވިފައިވާ ތައްގަނޑާ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުގައި މައްސަލަތަކެއް ހުރީ ނޫން ތޯއެވެ؟
ރަހަތަފާތު ކޮށްލަމާތޯ އެވެ؟ ދުނިޔޭގެ އެހެން ގައުމުތަކަށް ފަނޑު ގޮތަކަށް ނަމަވެސް ނަޒަރު ހިންގައިލަމާތޯ އެވެ؟ އެންމެ ކައިން އަވަށްޓެރި ގައުމުތަކަށެވެ. އިންޑިއާ އާއި ލަންކާ ފަދަ ގައުމުތަކުގައި އެމީހުންގެ ތައުލީމީ ނިޒާމު ބިނާކޮށްފައިވަނީ އެ މީހުންގެ ތާރީޚާއި އެމީހުންގެ އާދަކާދައަށް އިންތިހާއަށް ލޯބިކުރާ ގޮތަށް ނޫންތޯއެވެ؟ ތަންކޮޅެއް ދުރަށްޖެހިލައި ޖަޕާނާއި އެފަދަ އެހެންގައުމުތަކެވެ. އެމީހުންގެ ތަޢުލީމީ އޮނިގަނޑު ބިނާކޮށްފައި ވަނީ އެމީހުންގެ ދިރިއުޅުމާއި މުޖުތަޢު އެދޭ ގޮތަށް ނޫންތޯއެވެ؟ އެކަން އެގައުމުތަކުން ފެނިގެން ނުދޭ ތޯއެވެ؟ އޭގެ ނަތީޖާ ރަނގަޅެއް ނޫންތޯއެވެ؟ އެއީ ކޮންމެ ސިފައެއްގައިވިއަސް ނޫންތޯއެވެ؟ އަޅުގަނޑުމެނަށް އަދި އެގޮތް ކަމު ނުގޮސްފާއެވެ. އެހެންނަމަވެސް އެމީހުންގެ ހާލަތާއި ގައުމަށް އެގޮތްތައް ބަރާބަރަށް ފެތޭ ނޫންތޯއެވެ؟
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެނަށް ވެސް ޒިންމާދާރު ދިވެހި ޒުވާނުންތަކެއް ބިނާކުރެވިދާނެ އެވެ. ޤައުމު އެދޭފަދަ ޤައުމަށް ބޭނުންވާފަދަ ޒުވާނުންތަކެއް އުފަންކުރެވިދާނެ އެވެ. އެހެންނަމަވެސް އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ "ދިވެއްސަކަށް"ވުން ލާޒިމެވެ. އޭގެފަހުގައި ދިވެހި ވެށްޓާއި، ދިވެހި ރަހަތަކާއި އަޑުތައް ވެސް އެނގެން އެބަޖެހެއެވެ. އެ ގޮތުގެ މަތިން ދިވެހި ތަޢުލީމީ އޮނިގަނޑު ބިނާކުރެވިއްޖެ ނަމަ، ދިވެހި ޒުވާނުން ވެސް ވާނީ ހަރުދަނާ ބަޔަކަށެވެ. ދިވެހި ޤައުމު އެދޭފަދަ ބަޔަކަށެވެ.

-------------
(ނިމުނީ)
މި ލިޔުން:(ނިމުނީ)
ފޮނުވުން: އަލްފާޟިލް ޙަސަން ޒަހީން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު