މުލޭ ފިތުނައިގެ ލުހެލާން އަލުން ވީ އެކު މެ ގޮނޑިގޮނޑި
ޤައުމީ ދުވަހުގެ ޝުޢޫރު
މުޙަންމަދު ޝާހިދު ޙަލީމް
ހިނގާ ދާ ބީދައިން ދުނިޔެ ދޭ ހިނގަމުން އެ ގަޑިގަޑި
ދިގާ ހުރަހަށް އެ ފަތްފުށް ރިވެތި ކުރަމުން މެ ހަޑިހަޑި
ދިވެހި ޤައުމީ ޢިމާރާތް ތަޅައި ރޫޅާން ޢަދުއްވުން
ރިވެލިފަށް ފަހަނަޅައި ވަދެ ވަރަށް އަޅައޭ އެ ބޮނޑިބޮނޑި
ފޮޅޭ ވަސްމީރު މާތައް ގެނެސްދީފައި އަނބީންނަށް
ތޮޅޭން އާދޭ ހިފައިގެން ހަނގާ ކުރެވޭނެ ކަނޑި ބަޑި
ހަލުން ހެން އެން ހިފާ ނުހިފުނީމާ ދިވެހި ބަޠަލުން
އަލުން އާކުރެތެ އެނބުރުން އެ ހަނގުރާމައިގެ އުޑިއުޑި
އެކެއް ދެފަހަރު ވުމުން ބަލި އިތުރު ކުރަމުން އެ ލަޝްކަރު
ފުކެއް ވެސް ހަމަ ނުކޮށް ދޫ އަލުން ގިނަކުރިއެ އޮޑިއޮޑި
ފަނަރަ ފަންސާސް އަށެއްގައި އައޭ ގަދަފަދަ އެ ލަޝްކަރު
ބަނަވެ އުދަރެސް އަނދިރިވީ ޖަހަން ފެށުމުންނެ ބޮޑުބަޑި
އޮމާންކޮށް ދީބު އޮތުމަށް ނުދީ ފުރުޞަތު "ކަނޑުގެބާޒް"
އޮމާންކަން ދިވެހި ދީބުގެ މުޅިން ކޮށްލައިފި ބަނޑިބަނޑި
ޢަލީ ރަދުނާއި ލަޝްކަރު ޝަހީދުންނަށް ހަދައިފައި
ހަލީމަ، ދަލޭކައެއް ނެތި، އަބުރު ކޮށްލައިފި ކުނޑިކުނޑި
ވެ ބަލި، އަޅުވެތިވެގެން ދާން ޖެހުނު ގޮތަކީ ކޮބައިތޯ؟
ދެބަސްނުވަމާ! ފިތުނައޭ! ތިބީ ދެ ފުށަށް އެ ކެނޑިކެނޑި
ރެއިން ފެށިގެން މި ދީބަށް ފުށެތިކާލުން ބަނދަރުކުރި
ލެއިން ފެވި ރަތްވެ ދިޔައީ ނުހަނު ހުދު ސާފު ތުނޑިތުނޑި
އަމުރު މައުރޫފު ހިންގާށަ ފެށުމުން އަނދިރި އަނދިރިން
އަމުނު ނެތި ވެއްޖެ ފޭރާން މި ދީބުގެ ވީދި ކުނޑިކުނޑި
އެހެން އަނިޔާގެ ކޯވަރު ބޮމުން ދަނިކޮށްނެ އުތުރުން
ޖެހެން ފެށި ގަދަ ވައިން ރޫޅުނީ "ގެހެރީ"ގެ ދަނޑި މުޑި
ތަކުރުފާނާއި ލަޝްކަރު ލުމުން ކުރިމަތި ޖިހާދަށް
ފިކުރު ބޮޑުވެއްޖެ މޭގަނޑު އަނދިރި އަނދިރީންގެ ގުޑިގުޑި
ނުރެކެވޭނޭ ގޮތަށް ހަމަލަތައް ދެއްވައި، ތަކުރުފާން
ކުރެއްވީ ހުސް ފަރަންޖީން ބެޓުނު ތަޚުތާއި ގޮނޑިގޮނޑި
ދިވެހި ޤައުމީ އެ ބަޠަލުންގެ ޚިދްމަތްތައް ހަނދާންކޮށް
ރިވެތި ކުލަތައް ބަލައިގެން ފޮނުވަމޭ މަލުގެ ބޮނޑިބޮނޑި
މެލާމެލިމާ ފޮޅޭ ވަޠަނަކަށް، މިނިވަން، ހަދަންޏާ

---------------------
1.3.1433 - 24.1.2012