އަދުގެ ޚާއްސަ

Print

ލޮބުވެތި ދިވެހި ޤައުމުގެ ޚިދުމަތުގައި ދެމިތިބޭށެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އިސްމާއީލް ޢަލީ، ރ.ކަދޮޅުދޫ

ދިވެހި ގައުމަކީ، ފަޚުރުވެރި، ކަރާމާތްތެރި ތަނެކެވެ. މި ގައުމުގައި ގުގުމަނީ ﷲގެ މަތިވެރި ކަލިމައެވެ. އަބަދާއި އަބަދު ﷲގެ މަތިވެރިކަން ހާމަކޮށްދެއެވެ. އެހެންފަރާތަކަށް އަޅުކަން ކުރާކަށް މި ގައުމުގައި ތަނެއް ނެތެވެ.

މި ގައުމުގައި ދިރި އުޅެނީ އަޚުންނާއި، އުޚުތުންނެވެ. ދީނުގެ ގޮތުން އަޅުގަނޑު މެންނަކީ އެއްބަޑު އެއްބަފާ ބަޔަކީމެވެ. ވަކި ކުލައެއްގެ ބަޔަކަށް ވާތީ ދަށްކޮށްލުމުގެ އެސޫލު އަޅުގަނޑު މެންގެ ތެރެއަކު އޮވެގެން ނުވާނެއެވެ. ތަފާތު ހިޔާލާއި، ފިކުރުގެ ތެރޭގައިވެސް އަޅުގަނޑުމެން ތަބާވާންޖެހޭ އުސޫލު ތަކެއް އެބަހުއްޓެވެ. ދީނުގައި އަންގަވާ ފައިވާ އުސޫލުތަކަށް އަޅުގަނޑުމެން ތަބާ ވާންޖެހޭ އުސޫލުތަކެއް އެބަހުއްޓެވެ.  ދީނުގެއި އަންގަވާފައިވާ އުސޫލުތަކަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެއެވެ. އިސްލާމް ދީނުގެ އުސޫލު ތަކާކީ، އެންމެ ފުރިހަމަ އުސޫލެތަކެވެ. އިސްލާމް ދީނުގެ ކުރިޔަކަށް އެހެންދީނުގެ ގޮތްތަކެއް ނުގެނެވޭނެއެވެ. އެެއީ ހުރިހާތަނަކަށާއި، ހުރިހާ ޒަމާނަކަށް ފެތޭ އުސޫލު ތަކަކަށް ވާތީ، ޒަމާން ކިތަންމެ ޒަމާނީ އުސޫލު ތަކެއް ދެއްކި ކަމުގައި ވިޔަސް އިސްލާމީ އުސޫލު ތަކަށް ޢަމަލު ކުރާކަށް އެއްވެސް ދަތިކަމެއް ނުއޮންނާނެއެވެ.
           
ދިވެހިނަނަކީ ރިވެތި އުސޫލު ތަކާއި، އާދަ ކާދައިގެ ބައެކެވެ. ޚާއްޞަ ގޮތެއްގައި މެހެމާނުންނަށް ކަމޭހިތުމާއި، އެކަކު އަނެކަކަށް އަޅާލުމުގެ ރީތި އުސޫލު ދިވެހިންގެ ތެރޭގައި އެބައޮތެވެ. ގާތްތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމާއި، އެކަކު އަނެކެއްގެ އުފަލާއި، ހިތާމައިގަ ބައިވެރިވުން ހިމެނެއެވެ.
           
ދިވެހިބަހަކީ، ދިވެހިންގެ އަގުބޮޑު ބަހާ އެކެވެ. ދިވެހިބަހުން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމަކަށް ހަދަންވާނެއެވެ. އެހެނިހެން ޤައުމުތަކުގެ މީހުން ދިވެހިބަހުން ވާހަކަދައްކާތީ އަޅުގަނޑުމެން ނުހަނު ބޮޑަށް އުފާވެއެވެ. ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބީރައްޓެހި ގޮތެއްހުރެއެވެ. އެގޮތަށް އަޅުގަނޑުމެން ވާހަކަ ދެއްކުމުގެ ބަދަލުގައި ސާފު ދިވެހިބަހުން ވާހަކަ ދައްކަން ދަސްކޮށް ދިނުމީ އަޅުގަނޑުމެން ކުރަންވެއްޖެ ކަމެކެވެ. ދިވެހިބަހުން ވާހަކަ ދައްކާއިރު ކުށްބަސް ބައެއް ފަރާތްތަކުން ބޭނުން ކުރެއެވެ. މިފަދަ ހާލަތް ތަކުގައި އެކުށްބަސް ރަގަޅު ކުރުމަކީ އެކަން ފާހަގަ ކުރެވުނު ކޮންމެ މީހެއްގެ ޒިންމާއެކެވެ.
           
ދިވެހި ޤައުމަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކު ދިރިއުޅެފައިވާ އަދި ދިރި އުޅެމުންދާ ޤައުމެކެވެ. މިކަމުގެ ހެކި ރާއްޖޭގައި ބިނާތަކުންނާއި، އޮޑިދޯނި ފަހަރާއި ގެވެހި ކަންވާރުން ފާހަގަ ކުރެވޭނެއެވެ. އަންނަން އޮތްޖީލުތަކަށް ކާބަފައިންގެ ހުނަރު ވެރިކަން ވާރުތަކޮށް ދުނުމަކީ އަޅުގަނޑު މެން ކޮޑުގައި އެޅިފައިވާ ނުހަނު ބޮޑު މަސްއޫލިއްޔަތެކެވެ.
           
ދިވެހިދިދަ ޖައްވުގައި މިނިވަންކަމާއި އެކު ވިހުރުވެމުން ދާއިރު ހަދާންވަނީ ދިވެހި ކާބަފައިން ޤައުމުގެ މިނިވަންކަމާއި އިސްތިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ކުރެއްވި އަގުނުކުރެވޭފަދަ ހިދުމަތްތަކެވެ. މިލޮބުވެތި ފަސްގަނޑަށްޓަކައި ޤުރުބާން ތަކެއް ވެލައްވާފައިވާ ކަމެވެ. އަޅުގަންޑުމެންވެސް ކާބަފައިން ފަދައިން ދީނާއި ޤައުމަށް ޓަކައި ޤުރްބާން ވާން ޖެހޭނެކަން ހަނދާން ކޮށްދެއެވެ.
           
ދިވެހި ޤައުމަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. އަޅުގަނޑުމެންގެ ވެށީގެ ކޮންމެ އެއްޗަކީ އަގުބޮޑު އެއްޗެކެވެ. އަދި އެހާމެ ނާޒުކު އެއްޗެއްވެސްމެއެވެ. ވުމާއި އެކު ޤައުމުގެ ވެށި ރައްކާތެރި ކޮށް ޙިމާޔަތް ކުރުމަކީ ކޮންމެ ދިވެއްސަކާއި ދިވެހި ފަސްގަނޑުގައި ފައިޖެހުނު ކޮންމެ މީހެއްގެ ވަރަށް ބޮޑުޒިންމާ އެކެވެ.

ދިވެހިން ދިވެހި ޤައުމް ދެކެލޯބިވާން ވާނެއެވެ. ވިކަމަށްޓަކައި މާތްވި އިސްލާމް ދީނުގައި ފައިތިލަސާބިތުކޮށްގެން ތިބެންވާނެއެވެ. މީހަކު ޖަހާހައި ބެރަކަށް ނަށައިގެންނުވާނެއެވެ. ދިވެހިބަހާއި، އާދަކާދައާއި ޡަޤާފަތް ދިރުވާ އާލާކުރަންވާނެއެވެ. ދިވެހި ޤައުމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުން ކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ރޫޙު އާލާކުރަން މަސައްކަތް ކުރަންވާނެއެވެ.
----------
(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ