އަދުގެ ޚާއްސަ

Print

އާހް!!!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙުމަދު ރިޔާޒު
 
ފުރި ދެލޯ ދާހިނދުގާ ކަރުނައިން     
        ހުރި ހިތުގެޙާލު ކުރަމޭ ބަޔާން
                ކުރި އެތަކެއް އުއްމީދު ލީމާ އޮޔާ
                        ފުރިއުތުރެނީ އެތަކެއް ސަޒާ ގުޅިލެޔާ

ދުށް އެމަންޒަރު ގެއްލުމުން ހަމަ ލޯމަތިން
        ދުށް އެތަކެއް ހުވަފެން ކުލަނުވެ ބީވުމުން
                ފުސްކަމެއް ކަމުގައި މެނޫނީ ނުވާ ގޮތުން
                        ހުސްއަތާ ދާށެގެހުމުން މަންޒިލުން މޮޅިން
ހީކުރީމޭ ލިބުނުހެން ޢުމުރަށް މުޅީން
        ހީވިޔޭ ދެގޮތެއް ނުވާނެޔޭ އަމުދުން
                ދީފަޔޭ ލޯބިފޮނިކަން އޭގޭ ފުންމިނުން
                        ހީފަޔޭ އެކުއެކީ އުޅުމުން "އުލްފަތުން"

ފާލު ނެއްޓިއްޖެޔޭ ޖެހުމުން މިހާލު
        ޙާލު އަންގަމޭ ލާންޖެހުމުން މޮޅީގެސާލު
                ދާއިމަށް ވަކިވެދާށެ ދެންއޮތީ މިތަނުން
                        ޤާއިމް ވުމުން ނުފިލާނެހާ ވޭނާ ތަދުން
                   -----------
                   (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ