އަދުގެ ޚާއްސަ

Print

ކަށިމޭވާ ގަސް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

މޫސާ ޙަސަން- ނޫރަލީވިލާ ހދ.ކުމުންދޫ

ދެވުމާއެކީ އައްސޭރިއަށް ފެނުނޭ ނިކަން ރީތިވި އޮށެއް
     ހެވުމާއެކީ  ނެގުނީ   އަތަށް  ހުރުމާއެކީގައި  އޮފުކަމެއް

ގެނައީ ގެއަށް އުފަލާއެކީ  ދައްކާލުމަށް ގޭ މީހުނަށް
     ގިނައިރުތަކެއް ނުވަނީސް މިއޮށް އިންދާށެވީ ބެލުމަށްގޮތެއް



ފެޅިއޭ ދުވަސްކޮޅަކުން ގަހެއް ތާޒާކަމާއެކު ކޯދުލާ
     ނެޅިއޭ އެގަސް ކައިރިން ފަޅާތޮނަތައް ނިކަންދީ އިސްކަމެއް

ވަންހައިގެ ކުދިބޮޑު އެންމެހާ ފަރުދުން ގަހަށް ހޭހަންކުރަން
     މެންދަންވިޔަސް ޤުރުބާންކުރީ ނުބަލާ ތިމާގެ ޚަޞީލަތެއް

އުއްމީދުތައް ކުރިއޭ ސަފުން އެގަހުން ލިބޭނެ ނަފާތަކަށް
     ދުށް ހުވަފެނުން ކުލަޖެހިލުމުން ފަހިކަންލިބުން އެދި ރާޙަތެއް

ގަސްހެދި ބިޔަވެ ގޮފިތައް ފަޅާ ހެދުނީ ނުލާހިކު ރީތިކޮށް
     އަސްތާ! ގަހުން މާފޮޅިލުމުން އެ ދުވަން ފެށީއެ ނުބައިވަހެއް

ކަށިފަތްތަކުން މުޅިގޯތިތެރެ ފުރިގެންދަނީ ފަތްފޭބުމުން
     ކަށިތައް ހެރޭ އެކިވަރުވަރުން މީހުން  ފަޔަށް ނުވެ މާލަހެއް

ސަހަރޯ! ގަހުގެ މޭވާޔަކީ ކަށިތައް ވަށާހުރި މޭވައެއް
     ސަހަލެއްމެ ނޫން ދޭރަހަ ވަކިން ނުކެރޭ ދުލެއްޖައްސާކަށެއް

ރަށުގައި އުޅޭ ހަރުމީހުނަށް ފެނުމުން މިމަންޒަރު ހާމަކޮށް
     ކަމުގައި ވެޔޭ ބުނެދޭންފެށީ  ވިސްނަންޖެހޭ  ބިރުވެރިކަމެއް

ގަހު ގޮތް އެނގޭ އެކި މާހިރުން ވަގުތުން ދިނީ އިންޒާރެކޭ
     އަމުދުން މިގަސްނުކަނޑައިފިނަމަ ލިބުމެއްނެތޭ ދެންކުރިމަގެއް

ވިސްނާފިކުރު ކުރި ވަގުތުގައި ވައި ބާރު ތޫފާނެއް އައިސް
     ވިއްސާލިއޭ ލުހި ގަސް މުލުން ވާރޭގެކޮޅިގަނޑު ނުވެ މަޑެއް

މިކަމުން ނަޖާވީތީ ކަތުން ހެއްދެވި އިލާހަށް ޝުކުރުކޮށް
     މިކަމާމެދަށް ވިސްނާ ދަރުސް  ޙާޞިލުކުރޭ މީ  ޢިބްރަތެއް  

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ