އަދުގެ ޚާއްސަ

Print

ޖަމީލުދީދީގެ ޅެންތަކާމެދު ވިސްނުމަށްފަހު..

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ


ޖަމީލުގެ ޅެންތަކާމެދު ވިސްނެވިންތޯ؟
               ޖަމާލިއްޔާތު  ސިފަތައް  ބެއްލެވިންތޯ؟
ފިކުރު މަތިވެރި ޚިޔާލުތަކުން ބުގިސްކޮށް
              ހަކުރު  ހިންޏަށް އޮޅޭގޮތް   އެކުލެވޭތޯ؟
އެޅުވި ހެދުމާއި ގަހަނާ ރީތިކުރުމަށް
             ފެޅުވިގަސް ކަށިކުނބުރު  ކަމުގައި ވެދޭތޯ؟


ޒަމާނުން ފެންނަ އަސަރާ އޭގެ ކުލަތައް
             ޒަމާނަށް    ބަދަލުއައުމުން   ބަދަލުވޭތޯ؟
މުނާސަބު ވާގޮތަށް މަޢުލޫ ތެރޭގައި
            މުނާސަބު ނޫން    ލަފުޒުތައް  އެކުލެވޭތޯ؟
 ބުނާ ފަނޑުކަމުގެ ސިފަތައް ފަހެ ނުވޭތޯ
            ރަނާ  ރަންމުތުގެ   ކުލަތައް  އެކުނުވޭތޯ؟
ނިކަން ތިލަބަސްތަކުން އަމުނާ ގެތިޔަކަސް
           ވަކިން  އެކަމުން ތުރާލެއް   ފަހެ ލިބޭތޯ؟
މަލާ މާބުރުގެ ވާހަކަ ތަކުތެރޭގައި
          ބެލީމާ    ފެންނަ    އާކުލައެއް  ނުވޭތޯ؟
ބައެއްޅެމުގައި ކަމެއް އުނިހުއްޓަކަސްވެސް
         މޮޅެއްނޫނޭ  ބުނެފަ    ނިންމާ    ލެވޭތޯ؟
އުޖާލާ ރަންތަރިން ފެންނާނެ ކުލަތައް
         އަޖައިބެއްފަދަ    ގޮތެއްގައި   ސިފަނުވޭތޯ؟
ބަލާލީމާ ޖަމީލުގެ ޅެންތަކާމެދު
         އަލާކެނޑުމެއް   ހިތަށް    ލިބިގެންނުދޭތޯ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ