Print

ވިސްނާލުމަށް

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ކޮންމެ ނަފްސެއްވެސް ފަނާވެ، ދިޔުން ވެޔޭ ހަމަ މިބިމުގާ

   ދޮންވިއަސް އަދި ކަޅުވިއަސް، ފަރަޤެއް ނުވާނޭ މިކަމުގާ

އޮންނަ ގޮތް ޤުރުޢާނުގައި، ދޮގުކޮށް ހަދާފާ މިތަނުގާ

    ކޮންމެ ގޮތަކަށް އުޅުނަކަސް، ނުލައޭ އަޅާ މިޒަމާނުގާ

ކޮންމެހެން މޮޅު މީހަކަށް، ނުމެވާނެޔޭ މަޙްޝަރު ބިމަކު

    ބޮންތިއަށް ރުކުގާވި، ވާޞިލްވެވުނަކަސް އަދި މިތަނުގާ

 

ދޮންވިޔަސް ހަމަ ދުނބުރިއެއް، އަނބަކަށް ނުވޭ ގަހުގާއަޅާ

        އޮންނަ ގޮތްނޫން ގޮތްގޮތަށް، ކަންދެއްކުމުން މިޙަޔާތުގާ

ގޮންޖެހުންތައް ގިނަވަމުން، ދިޔަޔަސް މިތާ ދުނިޔޭތެރޭ

        ކޮންމެ ޙައްލެއް ކަމުވިއަސް، ހޯދާށެ ދީނުގެ ހިޔަލުގާ

ކޮންޓުރޯލުން ނެއްޓިގެން، ދާނަމަ ތިބާގެ އުޅުން މިތާ

       ކޮންމެހެން ހޯދަންޖެހޭ، ޙައްލެއް އެއަށް ހެޔޮ ނިޔަތުގާ

ކޮން ގޮތެއްތޯއޭ ވަނީ، މިންވަރުފުޅުން ހަމަ އެތަނުގާ

       ކޮންމެ މީހެއް ކަމުވިއަސް، ލިބެއޭ ޝަޒާ ހަމަ އެބިމުގާ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ