އަދުގެ ޚާއްސަ

Print

އޭ މާލާ!

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އުންމީދު އެތަކެއް ކުރެވުނޭ، އެކުގާ އުޅެން ބުނުމުން މަލާ

    އުންމީދު ފުޑުފުޑުވީ މަގޭ، ދޫކޮށް އެދުހު ދިޔުމުން މަލާ

ގަހުގައި ތިމާ ފޮޅިފާވިއަސް، ފިޔަ މޯޅިވުން އަދިވޭ މިލާ

    ގަހުގައި ތިހެން އުމުރަށް އިނުން، ނުވެއޭ ތަބީޢަތުގާ މަލާ

ޖެހެމުންއެދާ ވައި ރޯޅިތައް، ގަދަވާނެކަން ވިސްނާ ބަލާ

     ޖެހުމުން ތަނޑީގާ ރޯޅިތައް، ފިޔަ ރޫޅިގެން ދާނޭ މަލާ

ވޭތުވެ ދުވަސްތައް ދާވަރުން، ފިޔަތަކުގެ ކުލަ ދާނޭ ފިލާ

     ވޭތުވެ ޒުވާންކަން ގެއްލުމުން، ތަނޑި ދޫވެ ވެއްޓޭނޭ މަލާ

ސިފަ ނަލަވިއަސް ބޭރުން މަލާ، މާބުރު ނުދާނޭ އުދުހިލާ

     ސިފަ ރީތި މަލުގެ ތެރޭވަނީ، ފޮނި ކަރުގަނޑެއް ވާނަމަ މަލާ

އަލަކުން ދެނެއް ދާކަށް ނެތިން، އާދޭސް ކުރަން ގައިމޭ ހިލާ

    މަލަކުން ދެނެއް ފޮނިބޯން ނެތިން، ހިތި ރަހަލުމުން ޢަރުގާ މަލާ

މިނިވަންވެގެން މުޅި ވެށިތެރޭ، ތިޔަހެން އުޅެންޏާއީ މަލާ

     މިނިވަންކަމުގެ ފޮނި ރަހަ ނުލާ، ބޭޒާރު އަދި ވާނޭ މަލާ

ބާޒާރުގާ ވިކުމެއް ނުވޭ، ދިއުމުން މަލުގަ ހުރިވަސް ފިލާ

      ބާޒާރުގާ ބެހިއަސް ހިލޭ، ބޭނުން އަލުން ނުވެޔޭ މަލާ

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ