އަދުގެ ޚާއްސަ

Print

ފަލަސްތީނާ އެކު...

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

އެތަށް ޤަރުނެއްގެ ޖާހިލުކަން ، ދަނީ ވަކި ހިއްޕަމުން ބާރަށް

     ގެތަށް ރޯކޮށް ބިމަށް ތިރިކޮށްލަނީ ،ހެދުމަށްފަހުން އަޅިއަށް

ފަހެއް ނުޖެހޭ ޤަތުލު ކުރުމަށް، ކުށެއްނެތް ތުއްތު ޅަދަރިންތައް

    ލަހެއް ނުމެކޮށް ބަޑީގެ ވަޒަން، ޖަހާ ހަދަނީ އަޚުންގެ މެޔަށް

ލޮލުގެ ކަޅިވިދި ދެލޯބޮޑުވޭ ، ބިރުން ފުރިފައިވުމުން ހިތްތައް

    ލޮލަށް ހަމަނިދިފިޔެއް ނުޖެހޭ، އިވޭ ގަދަފަދަ ބަޑީގެ އަޑަށް

އަތުން އުފުލާ ހަދާއިރުގާ އަޚާގެ ފުރާނަނެތް މަސްގަނޑު

   އަތުން ލޭހިލި މެށެވިދާއިރު، ނެތޭ ނިމުމެއް އައުން އެކަމަށް

އެހެން ނޭވާލިއަސް ހަށިގަނޑު، ތެރޭ އެއްވެސް ނެތޭ ދިރުމެއް

     ފިހެން އަނިޔާގެ ދިލަ ހޫނުން، ޖެހިފަ ވާތީ އަދާ ހަމައަށް

ބޮނީ މުސްލިމު އަޚުންގެ ލެޔޭ، ޢަރަށްލާ ފެންފޮދުގެ ބަދަލަށް

    ރޮނީ ތިބެގެން އަޑުން އަޑުލާ، ދުޢާކުރަމުން އެދެވި ނަޞްރަށް

ބިރެއް އިޞްރާއިލުންގެ ނެތޭ، ކަލާންގެ ޢަޒާބު ދަނެ ވާކަން

    ބިރެއް ކުޑަވެސް ހުރީވިއްޔާ، ގަދަވެ ނުގަތީސް އެމާތްވި ބިމަށް

ހިތަށް ސިފަ ނުކުރެވޭ އަނިޔާ، ދެމުން އެދަނީ ފަލަޞްޠީނަށް

    މިތަން މިގޮތަށް ބަލަން ނުވެވޭ ކެތެއް އަމްދުން މަގޭ މިހިތަށް

ޢަދުއްވުން ބަލިކުރައްވާތޯ، ދުޢާއަށް އުފުލަމާ އަތްތައް

    ޢަދުއްވުން ގަދަވުމެއް ނުވެޔޭ، އެމާތް މުސްލިމް އަޚުން މައްޗަށް

ހަމަމިގަލަމުން

އިދާރާ