އަދުގެ ޚާއްސަ

Print

ތިޔަ ހަނދާނޭ!

ޝާޢިއުކުރީ ނަޞްރުﷲ ޚަލީލް، ނޮޅިވަރަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ނަޞްރުﷲ ޚަލީލް، ނޮޅިވަރަން

 

ރާގު: ޔޭ މެރީ މަންޒިލް ބަތާ....

ދޭހުގާ ލިބުމެއް ނެތަސް އޭނާ ހަނދާނޭ އާވަނީ

   ރޭހުގާ ބާކީވިޔަސްވެސް ދުރު ހަނދާނާ ނުވެވެނީ

މިގޮތުގާ ހުންނަންވުމުން ކުރެވޭ ފިކުރު ކަރުނައިތެރޭ

   މިގޮތުގާ ވިރިހިތް ދިޔަސް ޔާރާ ހަނދާނޭ ދެމިވަނީ

މުޅި ހިތޭ ފުރިފާވަނީ އިޝްޤޭ ކަލާއަށް ޚާއްޞަވާ

   ގުޅިފައޭ މިފުރާނަވީ  ކިހިނެތް ހަނދާނާ ދުރުވަނީ

ދުވަހަކަށް އިރުނާރައޭ  އުއްމީދު ހިތުގާ އާ ނުވާ

   ހުވަފެނެއް ދުށްނަމަ އެއީ އެހަނދާންތަކޭ އާލާވަނީ

ތިޔަނަމޭ ލިޔެ ފެވިފަވާ ލޭނާރުގާ ދައުރާވެދާ

   ކިޔަމަނޭ މިހިތޭ ނުވީ ތިހަނދާންތަކޭ އާކުރުވަނީ

ކާހިތެއް ނުވެޔޭ ތެދޭ ބޯފެން ފޮދެއް ނުދިރޭމެޔޭ

   ވާހިތޭ  އުނގުގާވަނީ  ތިހަނދާންތަކޭ އާލާވަނީ

ފެނިލުމުން ވިރިދޭ މެޔޭ ހިމަނާރުތައް މިހަށީގަވާ

   ފެނިނުލާ ހުރެވޭނެތޯ އެހެނަސް ހަނދާނޭ އާވަނީ

ދުށުމަކަށް ނޭދެން އަލުން އަލިކަން އިރާހަނދުގާއެވާ

   މުށުތެރޭގާ ޔާރުވުން  އެދެވޭ ހަނދާނޭ ރޮއްވަނީ

ހެޔޮދުޢާ ތަކުރާރުކޮށް ދުށުމަށް އެދޭހިނދު މަޙްޝަރުން

   ހެޔޮ ނިމެންދެން ހާލުގާ ލެއްވުން އަދާ ނިމިގެންދަނީ

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ