އަދުގެ ޚާއްސަ

Print

އިސްލާމްދީން

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އެންމެ މަތިވެރި އެންމެ މާތް ދީނޭ މިއީ އިސްލާމްދީން

   އެންމެނަށް ހަމަހަމަކަމޭ ހޯދައިދިނީ އިސްލާމްދީން

އަޚުކަމެއް ޤާއިމްކުރެވި މާތް އުންމަތުގެ އަހުލުންތެރޭ

   ފަޚުރުވެރިވެރި އުންމަތް އެކަތިގަނޑަކަށް ހެދީ އިސްލާމްދީން

 

އަނދިރިކަން ޝިރުކާއި ޖާހިލުކަން ހިތުން ފުހެވޭ ގޮތުން

  މަދަދު ދެއްވާ މާތް ފޮތެއް އޮތް ދީނަކީ އިސްލާމްދީން

ހެޔޮނުބައި ވަކިކޮށް މިތާ ދުނިޔޭގެ އުނދަގޫ ދަތުރުގާ

   ހެޔޮމަގަށް ތަޢުފީޤު ދެއްވާ ދީނަކީ އިސްލާމްދީން

 

 

ހުއްދަވީ ހުރިހާ މަގުން ޙައްޤަށް އެދެވި ކުޅަ ޢަމަލަކުން

   ޙައްޤު އުނިނުވެދާގޮތުން ލިއްބައިދިނީ އިސްލާމްދީން

ހަސައިދައިން ފޭކޮށް ތިމާގެ ހިތާއި ވިސްނުން އަނެކުނަށް

   މަސަލަހުން އުޅުމަށް ނަސޭހަތްތެރިވަނީ އިސްލާމްދީން

 

އަދަބުވެރިކަން އަދި ސުލޫކާ ނެތަމައީ އަށަގެނުވިފައި

   ޤަދަރުނެތި ގިނަވާނެކަން އަންގައިދިނީ އިސްލާމްދީން

ވަޤުތުތައް ފުރުސަތުތަކާ ހެޔޮގޮތުގަ ބޭނުންކުރުމަށާ

  ވަޤުތު އަގުކުރުމަށް އުނގަންނައިދީ ހެދީ އިސްލާމްދީން

 

ދެންނެވުނު ކަންކަމުގެ ސަބަބުން އެހެނިހެން ދީނަށް ވުރެން

  ދަންނަވަންތޯ! މޮޅުވަނީ މަތިވެރި މިމާތް އިސްލާމްދީން

ހަމަމިގަލަމުން

އިދާރާ

ވާހަކަ