އަދުގެ ޚާއްސަ

Print

ވަބާއެއް ހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް (2020)

 

 

ދަރުސް ޙިކުމަތުގެ ޢިބްރަތްތައް މި ދޭހުން ބުނެ ނުދޭ ހެއްޔޭ؟ 

                   ދުވަސް  ވަގުތާ  ޒަމާނުގެ ދޫ  ބުނާ  ވާހަކަ  އެނގޭ ހެއްޔޭ؟ 

އެތައް މޭލެއް ދުރަށް ގޮސް ތިބި އެތައް ހިތަކަށް އަސަރުކޮށް ފިހި

                   ހިތަށް ކެތް ނުވެވި ގައުމު މަތިން ހަނދާންކޮށްދީފި ނޫން ހެއްޔޭ؟ 

ދަރިންނާ  އާއިލާ  އެކުގައި  ގުޅުންތައް  ބަދަހިވާނޭހެން 

                   ކުރިން ނުލިބޭ ރަނުގެ  ފުރުޞަތު  ހިލޭ ލިބިދީފި  ނޫން ހެއްޔޭ؟ 

ޔަތީމު ފަގީރު  އާބާދީ  އުޅޭ  ހައިހޫނު  ނިކަމެތި  ބިކަ- 

                   މަތީން ވިސްނާން މި ޙާލަތުގައި ހިތަށް ތަދުކޮށްފި  ނޫން ހެއްޔޭ؟ 

ތިމާވެށި ވިހަ ކުރާ ގޭހާ ދުމުން ވާން މިންޖު އެދި ތިބެގެން 

                   ތިމާމެން  ކަންކުރާންވީ  ގޮތް  މިއަދު  ބުނެދީފި ނޫން ހެއްޔޭ؟ 

ހަނދާ ޖައްވާ ފަތަޙަ ކުރުމަށް އަޅާ ފިޔަވަޅު އިހަށް މަޑުކޮށް  

                   ފިދާވާން  ސިއްޙަތަށް  އިންޒާރު ރަތް ދައްކައިފި  ނޫންހެއްޔޭ؟ 

ކުރާ މޮޔަ ހޭދަ ހަތިޔާރަށް ނުފޫޒާ ބާރު ގަނެވިއްކަން

                   ކުރާން  ނުޖެހޭނެކަން  ބުނެދީ  މަލާމާތްކޮށްފި  ނޫން ހެއްޔޭ؟ 

ތިމާމެން ޢިލްމުގައި އުނިކަން، އެއަށްވުރެ ބަލިކަށިވި މަށިކަން 

                   ތިމާމެން  ބާރު  ހަމަ  ނެތްކަން  ޔަޤީންކޮށްދީފި ނޫންހެއްޔޭ؟ 

މި ހުރިހާ ކަންކަމަށް ރުހިގެން ތިބޭ އިރު ގޭތެރޭ ތިޔަހެން 

                   ނުހަނު ވިސްނާ ނިކަން  މި ކަމަށް  ވަބާއެއްހޭ ބުނަންހެއްޔޭ؟ 

              __________________________

އިދާރާ

ވާހަކަ