އަދުގެ ޚާއްސަ

Print

މުވާޠިނެއްގެ ދުލުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އާދަމް ޢަބްދުއްރަޙުމާން (އުތީމު)

 

 

 

ނަންތަކުން ރީތި ޒީނަތް މި އުއްމަތް ކުރޭ

               ކަންތަކުން  ވާނެ  ފައިދާ  ޢަމަލު  ގިނަކުރޭ

ތިމަތިމާމެންގެ މަޞްލަޙަތުގައި ބަގުޑިލައި

       ދިމަދިމާއިން  ދަމައި  ހޯދުމަށް  ފާރަލައި

              ނިމަތަކުން ތިޔަ ނަގާ  އަތްތަކަށް ބާރުލައި

                    ހިމެނުމުން  މިލްކުތައް  ސާފު ޠާހިރުކުރޭ

ވަޢުދަކުން  ޙައްޤުކުޅަހައި  ޖިޒީ ކައިހަދައި

        ޢަހުދުގައި އަތްނުލައި ބަސްތަކުން ދޮގުހަދައި

               ދައުރަކީ  އޮތް  ޣަނީމާއެކޭ  ބުނެ  ހަދައި

                     ޤައުމުގައި  ޙުއްޖަތުން  ލާ ހެދުން ކޮށިކުރޭ

މާކުރިއްސުރެ  ހުރަސްތައް  ގިރާކޮށް  މިތާ 

        ތާކު  ނެތް  ފަދަ  އަމާނާއި  ޙުއްރިއްޔަތާ

               ކާބައިން  ހޯއްދަވައި ރައްދުކުރި ގޮތް  ހިތައި

                     ވާރުތައިން  އަދު  ލިބުނު  ބައި  ޚަޒާނާކުރޭ

މާތްވި  ދީނާއި  މުއްސަނދި  ސަގާފަތުގެ މޭ

        ޣައިރު  މުސްލިމް ވަކިން ކޮށް ޚިޔާނަތުގެ  ފޭ

               ލާރިއަށް   ބާއްޖަވެރިކަން  ނުދޫކޮށް  ހިލޭ

                     ޚައިރު  ފިޔަވަޅު މަތީ  ރާއްޖެ   ސާބިތުކުރޭ

                 __________________________

އިދާރާ

ވާހަކަ