އަދުގެ ޚާއްސަ

Print

މައްކާ ފަތަޙަކުރެއްވުމުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް

 

 

އެ އަލިގަދަ ނޫރު  އިސްލާމީ  ހެމުން  ފެތުރިއްޖެ  މައްކާގައި  

         އެ އަގުހުރި ފަތަޙަ ރަން އަކުރުން ފަވައިފިޔެ އުންމަތުގެ ހިތުގައި 

ކުދާގެ  މަގަށް  އިތުރު ޝަރަފެއް ލިބެވި ތާރީޚު  ވެސް  ނުދެކޭ 

         ނުދާން ވަރުދެއްކި ހުރި ބިޔަ ތަދު ފިލައިފިޔެ  އުންމަތުގެ ބޮލުގައި 

ޝަހާދަތު  މާތްވި ކަލިމައިގައި  އެވާ ޢިއްޒަތް  އުފުލިގެން ގޮސް 

         ޖަހާލަތު އިސްޖަހައިފި  ރޮމުން  ބަލިވެ އުންމަތުގެ  ސިކުނޑީގައި 

ވެ  ބާތިލު ޝިރުކުތައް  ޢަރަބީން އެކީ ޢަޖަމީން  އިހަށް ބޮޑުކުރި

         އެ ބާބު  މަޅައި އަޅައިފިޔެ  މުތުގެ ތާޖެއް  އުންމަތުގެ  ނިތުގައި 

ހަޔާތުގެ ރުޅި، ހަސަދަ  ކިއްލާ  ބޮޑާ ގަނޑުވަރު  ބިމާ ހަމަކޮށް 

         ނަޔާ  ކުލުނާއި  ރަހުމާ  ދީފިޔޭ  ބޮސް  އުންމަތުގެ   ކޮލުގައި 

ހަގީގީ  އަސްލުތައް  ޙުކުމާ  ރަނގަޅު  ނުރަނގަޅު ގޮތާ  ޙައްޤާ

         ޔަގީންކޮށްދީފި  ނޫރެއް  މާތް  އުފެދިގެން  އުންމަތުގެ  ލޮލުގައި 

މަލާއިކަތުން  އުފާފުޅުކޮށް  ވިދާޅުވި  މާތްވި  ތަސްބީޙުން 

         ފަލާހުގެ  ރީތި  ގުލްހާރެއް  އަޅައިފިޔެ  އުންމަތުގެ   ކަރުގައި 

މަޅާލައި ފިޔަ ޝިރުކު އަނިޔާ  އަމާންދީ ބަލިވެ އިސްޖެހުމުން  

         އަޅައިފިޔެ ބޯ  ހެމުން ވަޙުދަތު ނަސީބުން  އުންމަތުގެ އުނގުގައި 

             ______________________

އިދާރާ

ވާހަކަ